Circular · SSC(CIR)/02/INT/07
ކައުންސިލުގެ އުސޫލުތަކާއި ޤަވާއިދު
ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ގޮފިއެއްގެ ގޮތުގައި ސަލާދީބު ސަލާމަތީ ކައުންސިލުގެ "ވަޒީރުންގެ ލަފާދޭ ބޯޑު" ނުވަތަ "ބޯޑް އޮފް މިނިސްޓޭރިއަލް އެޑްވައިޒާރސް" ނުވަތަ "މިނިސްޓޭރިއަލް އެޑްވައިޒަރީ ބޯޑު" ހެދުމާއި ގުޅޭ އުސޫލު
ދިވެހިރާާއްޖޭގެ ޖުމްޙޫރިއްޔާގެ ވަޒީރުންގެ މަޖިލީސް ނުވަތަ ސަރުކާރުގެ ކެބިނެޓާއި ބެހޭ ބިލެއް ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ 3 ސެޕްޓެމްބަރު 2026 ވަނަ ދުވަހު ވަނީ ތަސްދީޤުކުރައްވާ ޤަވާއިދަކަށް ހަދާފައެވެ. މި ޤަވާއިދުން ލާޒިމު ކުރާ ފަދައިން، ސަލާދީބު ސަލާމަތީ ކައުންސިލު ވެގެން ދާނީ ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ގޮއްޕެއްގެ ގޮތުގައެވެ. މި ދެންނެވި ގޮތައް ގޮފި ފާސްކުރައްވާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ ކޮމިޓީން ކަމަށް ވަނީ މި ޤަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައެވެ. އެހެންކަމުން، 4 ސެޕްޓެމްބަރު 2026 ވަނަ ދުވަހު ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ ކޮމިޓީ ނުވަތަ މަހަލްތީ ކޮމިޓީ ބައްދަލުވެ، މި ކައުންސިލުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި މި ދެންނެވި ފަދައިން މި ކައުންސިލް ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ގޮއްޕެއްގެ ގޮތުގައި ހަދައި، ވަޒީރުންގެ ލަފާދޭ ބޯޑު (Board of Ministerial Advisors / Ministerial Advisory Board)ގެ ހިންގުމުގެ އުސޫލު ފާސްކޮށް، މި ކޮމިޓީގެ އަޣުލަބިއްޔަތަކުން ތިރީގައިވާ އުސޫލުތައް ވަނީ ފާސްކުރެވިފައެވެ.
މި ކައުންސިލު ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ގޮއްޕެއްގެ ގޮތުގައި ވެގެން ދިޔަ ނަމަވެސް، ސީއެސްއޭގެ ކެބިނެޓުގެ ޢަމުރުފުޅަކުން މި ކައުންސިލަކީ މިނިވަން ހުކޫމަތެއް ނުވަތަ ވެރިކަމެއް ހިންގުމުގެ ބާރު އޮތް ކައުންސިލެކެވެ. އެެހެންކަމުން، ގޮފި ތަންފީޒު ކުރެވިގެން ދިޔަ ނަމަވެސް، ކައުންސިލުގެ ވެރިކަން ހިންގާނީ މި ކައުންސިލުގެ ހިންގާ ކޮމިޓީންވެެ. މިދެންނެވި ފަދައިން ހުކޫމަތް ނުގެއްލޭނެ ގޮތައް، މި ކައުންސިލުގެ އިދާރީ އޮނިގަނޑުގައި "ވަޒީރުންގެ ލަފާދޭ ބޯޑު" އުފެދިގެންދާނީ ހިންގާ ކޮމިޓީގެ ދަށުން ލަފާދޭ ބޭފުޅުންގެ ގޮތުގައެވެ. އަދި މި ލަފަޔަށް ޢަމަލުކުރުން ނިންމާނީ ހިންގާ ކޮމިޓީންެވެ.
ވަޒީރުންގެ ލަފާދޭ ބޯޑު (Board of Ministerial Advisors / Ministerial Advisory Board)ގެ އޮނިގަނޑު އެކުލަވާލާނީ ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުންނެވެ. އަދި މި ބޯޑުގެ އިސް މަޤާމުތަކުގައި "އިސް މުޝީރު"، "އިސް މުޝީރުގެ ނައިބު" އަދި "މުޝީރު" ހިމަނަންޖެހޭނެއެވެ. މުޝީރަކީ ލަފާދޭ މެމްބަރަކަށް ދެވިދާނެ ނަމެކެވެ. ނުވަތަ އެހެންނަމެއްވެސް ދިނުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
މި އުސޫލުގައި އެއްވެސް މައްސަލައެއް ނުވަތަ ތިޔަ ފަރާތުގެ އެއްވެސް ޝަކުވާއެއްވާނަމަ policy@ssc.mv.csa އަށް މެއިލް ކުރައްވާ ޝަކުވާ ހުށަހެޅެއްވުމަށް ދަންނަވަމެވެ.
22 ރަބީޢުލް އައްވަލް 1448 4 ސެޕްޓެމްބަރު 2026

