The CSA Gazette
CSA GazetteVolume 2 · Number 630 Aug 2026CSA/G2-6

Circular · SSC(CIR)/02/PLC/05

ސްކޫލް ނިންމާ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ އާއި ތަޢުލީމް ފޯރުކޮށްދޭ ޕްރޮގްރާމްގެ އުސޫލު

ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ (ސީ.އެސް.އޭ)ގެ ތަޢުލީމީ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާ އާއި މި ކައުންސިލާއި ގުޅިގެން، ސްކޫލް ނިންމާ ދަރިވަރުންނާއި ޒުވާނުންނަށް ޢަމަލީ ތަޖުރިބާ އާއި ތަޢުލީމު ފޯރުކޮށްދޭ ޕްރޮގްރާމްއެއް އިފްތިތާޙު ކުރުމަށް ނިންމާ، މި ޕްރޮގްރާމް އަށް މަލްދީފް ތަޢުލީމް ނަމުން ނަންދީ މި އުސޫލުން މި ޕްރޮގްރާމް އިފްތިތާާޙުކުރެވިގެންދާނެއެވެ.

މި އުސޫލާއި ގުޅޭ ލިޔެކިޔުންތަކާއި މި ލިޔެކިޔުން ނަންބަރު: SSC(CIR)/02/PLC/05 ވާނީ ސީއެސްއޭގެ ގެޒެޓުގައި ޤާނޫނީ ގޮތުން ގެޒެޓު ކުރެވިފައެވެ. އެހެންކަމުން، ގެޒެޓު ކުރުމާއި ގުޅިގެން މި ލިޔެކިޔުމަށް ޤާނޫނީ ގޮތުން ބާރު ލިބިގެންދާނީ ސީއެސްއޭގެ ޤާނޫނު އަސާސީންނެވެ.

މި ލިޔުން ޤާނޫނީ ގޮތުން ގެޒެޓު ކުރެވިފައިވާނީ ސީއެސްއޭގެ އުސޫލުތަކާއި ބެހޭ ދަފްތަރުގައެވެ.

ސަލާދީބު ސަލާމަތީ ކައުންސިލުގެ ދަފްތަރު ⁦registrar@ssc.mv.csa⁩ ⁦(960) 330 1232⁩

ސަލާދީބު ސަލާމަތީ ކައުންސިލް ސާކިއުލާ ދަފްތަރު: 02 އާންމު އިޢުލާންތަކާއި އުސޫލުތައް އަދަދު: 05

16 ރަބީޢުލް އައްވަލް 1448 29 އޮގަސްޓު 2026

ސްކޫލް ނިންމާ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ އުސޫލު

ތަޢާރުފާއި ނަން

1.

(ހ)

މިއީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ޢަލީ، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި އެދިލެއްވުން ނަންބަރު SC/2026-90867 ގެ ފުރަތަމަ ރިވިއު ނިންމާ، ސީއެސްއޭގެ ކެބިނެޓުން މި އެދިލެއްވުން ފާސްކޮށް ގެޒެޓު ކުރުމުން އިފްތިތާޙު ކުރެވިގެންދާ ޕްރޮގްރާމެކެވެ. މި އުސޫލުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އެދިލެވިފައިވާ ނުވަތަ ޕްރޮޕޯޒްކޮށްފައިވާ ކަންކަމާއި، ބައެއް ކަންކަމަށް އިސްލާޙުގެނެސް އުސޫލު ހަދައި ގެޒެޓުކޮށްފައިވާނެއެވެ.

(ށ)

މި ޕްރޮގްރާމަކީ މި ކައުންސިލުގެ ފަރާތުން ސްކޫލް ނިންމާ ދަރިވަރުންނަށާއި، ތަފާތު ކެޓަގަރީތަކަށް ފެތޭ ޒުވާނުންނަށް ޙާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މިދެންނެވި ފަރާތްތައް ބާރުވެރިކުރުވުމަށާއި ހިތްވަރުދިނުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ބޭއްވުމަކީ މި އުސޫލުން މި ކައުންސިލަށް ހުއްދަ ދެވިފައިވާ ކަމެކެވެ. މި ޕްރޮގްރާމް އަށް ދަރިވަރުން ވައްދާނީ މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. އަދި މި އުސޫލުން އެކުލަވައިލެވިގެންދާ ޕްރޮގްރާމާއި ބެހޭ ކޮމިޓީއިން މިކަންތައް ކަނޑައަޅުއްވާނެއެވެ. މި ޕްރޮގްރާމަށް ދަރިވަރުން ނަގާނީ ނުވަތަ ނޮމިނޭޓު ކުރާނީ ދިވެހިރާއްޖޭގެ ތަޢުލީމީ ކެލެންޑަރުގައިވާ ގޮތައް، ކޮންމެ (ތަޢުލީމީ) އަހަރެއްގެ ދެވަނަ ޓާމު ނިމި އެ އަހަރެއްގައި ބާއްވާ މޮކް އިމްތިހާނު ނިމޭ ދުވަހުން ފަށައިގެން 14 ދުވަސްވުމުންނެވެ.

(ނ)

މި އުސޫލަށް ކިޔާނީ "ސްކޫލް ނިންމާ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ އުސޫލް" އެވެ.

(ރ)

މި ޕްރޮގްރާމަށް ކިޔާނީ "މަލްދީފް ތަޢުލީމް" އެވެ.

ޕްރޮގްރާމް

2.

(ހ)

މި ޕްރޮގްރާމަށް ދަރިވަރުން ނޮމިނޭޓްވެފައިވާކަން އިޢުލާންކުރާނީ ސިޓީއަކުން ނުވަތަ އާންމުންެގެ ޖަލްސާ ނުވަތަ ރަސްމިއްޔާތެއްގައެވެ. ޕްރޮގްރާމަށް ދަރިވަރުން ނޮމިނޭޓުވިކަމުގެ ރަސީދެއްގެ ގޮތުގައި ސެޓުފިކެޓެއް ނުވަތަ ޗިޓެއް ފޮނުވިދާނެއެެވެ. މި ރަސީދު ނުވަތަ ޗިޓުގައި ސީއެސްއޭގެ ނިޝާނާއި ދިވެހި ދައުލަތުގެ ނިޝާން ހުންނަންޖެހޭނެއެވެ. އަދި، މުއައްސަސާއެއްގެ ގޮތުގައި ލިޔެފައި ހުންނަންވާނީ ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ އާއި/ނުވަތަ ދިވެހިރާއްޖޭގެ ދައުލަތް އާއި ސަލާދީބު ސަލާމަތީ ކައުންސިލުގެނަމެވެ. މި ދެންނެވި ރަސީދުގެ ނަމޫނާއެއް މި އުސޫލުގެ ޖަދުވަލު 1ގައި ވާނެއެވެ. އިޢުލާން ކުރައްވާ ސިޓީ އާއި ނޮމިނޭޓުވިކަމުގެ ރަސީދު ހަވާލް ކުރައްވަން ޖެހޭނީ ލިޔުމުންނެވެ.

(ށ)

މި ޕްރޮގްރާމު ނިންމާ ދަރިވަރުންނަށް ހަވާލް ކުރައްވަންޖެހޭ އިނާމުތަކާއި ލިޔެކިޔުންތައް މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެއެވެ.

އަސާސީ ޝަރުތު

3.

މި ޕްރޮގްރާމަށް ދަރިވަރުން ނޮމިނޭޓު ވެގެންދާނީ، ތިރީގައި ބަޔާންކޮށްގައިވާ ޝަރުތުތައް ފުރިހަމަވާނަމައެވެ.

(ހ)

ސާނަވީ ތަމްރީން ނިންމާ އިމްތިޙާނުގައި ބައިވެރިވެ ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ނަތީޖާ ލިބިފައިވުން.

(1)

ދިވެހިރާއްޖެއިން އެ އަހަރެއްގައި ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ބޯޑް އިމްތިޙާނުން 5 މާއްދާއިން އެންމެ ދަށްވެގެން ސީ ގްރޭޑާއި އެކު 2 މާއްދާއިން ބީ ގްރޭޑް ޙާސިލުކޮށްފައި ވުން.

(2)

ދިވެހިރާއްޖޭގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންއިން ބާއްވާ ޤައުމީ ބޯޑް އިމްތިޙާނުން (އެސް.އެސް.ސީން) 1 މާއްދާއިން އެންމެ ދަށްވެގެން ބީ ގްރޭޑް ޙާސިލުކޮށްފައިވުން.

(3)

ސްކޫލުން ބާއްވާ މޮކް އިމްތިޙާނުން އެއްވެސް މާއްދާއަކުން (ތްރެޝްހޯލްޑްއަށް ނުބަލާ) އެފް ގްރޭޑްއެއް ލިބިފައި ނުވުން. މި ނުކުތާގައި ތްރެޝްހޯލްޑްކަމަށް ބެލެވޭނެ މިންގަނޑު މި އުސޫލުގެ ޖަދުވަލު 2ގައި ވާނެ.

(ށ)

ނޮމިނޭޓުކުރެވޭ ތާރީޚަށް އުމުރުން 18 އަހަރުވެފައި ނުވުން.

(ނ)

ޤާނޫނީ ގޮތުންނަާއި ޖިނާއި އެއްވެސް ކުުށެއް ކުރިކަަށް ޝަރީޢަތައް ސާބިތުވެ ތަންފީޒުކޮށްފައި ނުވަތަ ހުކުން ތަންފީޒުކުރަމުންދާ ނުވަތަ ހުކުން ތަންފީޒުކުރަން ޖެހިފައިވާ މީހެއް ކަމުގައި ނުވުން.

(ރ)

އަމިއްލަގޮތުން ނުވަތަ ސްކޫލް ނުވަތަ ރަށް ނުވަތަ އަތޮޅު ނުވަތަ ޤައުމު ތަމްސީލު ކުރުމުގެ ގޮތުން އަތޮޅުފެންވަރުގެ ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ މުބާރާތެއްގައި ފާއިތުވެދިޔަ 12 އަހަރުގެ ތެރޭގައި ބައިވެރިވެފައިވުން.

(ބ)

ޔުނިފޯމް ބޮޑީ ޙަރަކާތެއްގައި ބައިވެރިވެފައިވުން.

(ޅ)

އިތުރު ޙަރަކާތްތަކުގައި ބައިވެރިވެފައިވުން.

(ކ)

މި ޕްރޮގްރާމުގައި ކުރިން ތަޢުލީމު ޙާސިލުކޮށްފައިވާ ދަރިވަރަކަށް ނުވުން.

(އ)

ދިވެހި ރައްޔިތަކަށްވުން.

ޕްރޮގްރާމަށް ހޮވޭ ތަޢުލީމީ ދާއިރާތައް

4.

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ދަރިވަރުން ހޮވޭނީ ތިރީގައިވާ 12 ދާއިރާ ތަކާއި 3 ޙާއްސަ ދާއިރާތަކަށެވެ. އެއީ؛

•

ދާއިރާ 1: ވިޔަފާރިއާއި މެނޭޖްމަންޓު (Business Management)

•

ދާއިރާ 2: ތަޢުލީމް / ޓީޗިންގ (Education / Teaching)

•

ދާއިރާ 3: ނަރުސްކަަން / ސިއްޙީ (Nursing / Healthcare Studies)

•

ދާއިރާ 4: އިންފޮމޭޝަން ޓެކްނޮލޮޖީ (Information Technology / Computer Science)

•

ދާއިރާ 5: އެކައުންޓިންގ އާއި މާލީ (Accounting & Finance Studies)

•

ދާއިރާ 6: އަސްޓްރޯބަޔޮލޮޖީ / ފަލަކީ ސައިންސް (Astrobiology / Astrophysics)

•

ދާއިރާ 7: އާސާރީ ޢިލްމު (Archaeology)

•

ދާއިރާ 8: ޕައިލެޓުކަން / އޭވިއޭޝަން (Aviation / Pilot Studies)

•

ދާއިރާ 9: ބޭސްވެރިކަން / ޚާއްޞަ ޑޮކްޓަރުކަން (Specialised Medicine & Surgery)

•

ދާއިރާ 10: މެރިން ބަޔޮލޮޖީ / ކަނޑާއި ބެހޭ ތަމްރީން (Marine Biology / Oceanography)

•

ދާއިރާ 11: އިންޖިނިއަރިންގ (Engineering)

•

ދާއިރާ 12: ސިނެމަޓޯގްރަފީ / ފިލްމު މޭކިންގ (Cinematography & Visual Effects)

•

ޚާއްސަ ދާއިރާ 1: ދިވެހި ތާރީޚާއި ސަޤާފީ ތަރިކައާގުޅޭ ތަމްރީނާއި ދިރާސާކުރުން

•

ޚާއްސަ ދާއިރާ 2: ދިވެހި ވިސާނިއްޔަތާއި އެވޭލާ/ދިވެސް އަކުރުގެ އިލްމު

•

ޚާއްސަ ދާއިރާ 3: ދިވެހި އިހުގެ ބޭސްވެރިކަމާއި ފަތްޕިލާވެލީގެ އިލްމު

މަތީގައި ބަޔާންކޮށްފައިވާ ދާއިރާ ތަކުން ދާއިރާ 12-8 އާއި ޚާއްސަ ދާއިރާތަކަށް އިސްކަންދެވިގެންދާނެއެވެ.

ދަރިވަރުން ނޮމިނޭޓު ކުރުން

5.

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ދަރިވަރުން ނޮމިނޭޓު ކުރުމުގައި ތިރީގައިވާ ފިޔަވަޅުތަކަށް ޢަމަލުކުރަންޖެހޭނެއެވެ. މި ފިޔަވަޅުތަކަށް އަމަލުކުރަންޖެހޭނީ މި ޕްރޮގްރާމު ބެލެހެއްޓުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާ ކޮމިޓީންނެވެ. ފިޔަވަޅުތަކަކީ؛

(ހ)

ދިވެހިރާއްޖޭގެ ތަޢުލީމީ އަހަރު ނިމި އެ އަހަރެއްގައި ބޭއްވިގެންދާ ބޯޑު އިމްތިޙާނުތަކުގެ ދާއިމީ ނަތީޖާ ލިބި، ދިވެހިރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ޑިޕާޓުމެންޓް އޮފް ޕަބްލިކް އެގްޒޭޭމިނޭޝަނުގެ އިމްތިޙާނުތަކާއި ބެހޭ ސެކްޜަނުގެ އިސްވެރީންގެ ތެރެއިން 5 ބޭފުޅުންގެ ބޮޑީއެއް އެކުލަވާލުމަށްފަހު، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންގެ ނަންތައް ސަލާދީބު ސަލާމަތީ ކައުންސިލުގެ މި ޕްރޮގްރާމް ހިންގާ ކޮމިޓީއަށް، ޖަދުވަލު 3 ގައިވާ ފޯމެޓައް ފައްތައިގެން އެކްސެލް، ސީއެެސްވީ ނުވަތަ ޕީޑީއެފް ފޯމެޓުގައި education@ssc.mv.csa އަށް މެއިލް ކުރުން. ޝަރުތުތައް ހަމަވާ ދަރިވަރުންގެ ލިސްޓުތައް ހުށަހަޅަންޖެހޭނީ އެ ތަޢުލީމީ އަހަރެއްގައި ބޭއްވިގެންދާ ބޯޑު އިމްތިޙާނުތަކުގެ ދާއިމީ ނަތީޖައި ލިބި 14 ދުވަހުގެ ތެރޭގައި.

(1)

ބޯޑު އިމްތިހާނުގެ ވަގުތީ ނަތީޖާ ލިބުމުން ދަރިވަރުންގެ ނަންތައް ޝޯޓުލިސްޓު ކުރެވިދާނެ. ޝޯޓުލިސްޓުވެސް ޝަރުތުހަމަވާ ދަރިވަރުންގެ ނަންތަކާއި އެކު ހުށަހަޅަން ޖެހޭނެ.

(2)

ސްކޫލުން ބާއްވާ މޮކް އިމްތިހާނުގެ އާންމު ނަތީޖާ ދާއިމީ ވުމުން، ސްކޫލް ތަކުން ޑީޕީއީއަށް މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ)ގެ 1 އަދި 2 ވަނަ ނުކުތާ ފިޔަވާ އެހެން ނުކުތާތަކަށް ބަލާ ނަންތައް ހުށަހެޅޭނެ. ނަންތައް ހުށަހަޅާއިރު ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންވާނީ ރައްކާތެރި ނިޒާމުތަކުން.

(ށ)

ޑީޕީއީގެ އިމްތިހާނުތަކާއި ބެހޭ ސެކްޜަނުން ކޮމިޓީއަށް ނަންތައް މެއިލް ކުރުމުން، މި ނަންތައް ބަލާ، ލިބިފައިވާ ހުރިހާ ލިޔެކިޔުމެއް ދިރާސާކުރުން. މި ދިރާސާކުރުމުގައި ތިރީގައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކުރަން ޖެހޭނެ.

(1)

ކޮމިޓީގެ ހުރިހާ މެމްބަރުންނަށް ބަހާލައިގެން ދިރާސާކުރެވިދާނެ.

(2)

ދިރާސާ ކުރުމުގެ ހެއްކެއްގެ ގޮތުގައި ލިޔެކިޔުން އުފައްދަން ޖެހޭނެ.

(3)

ދަރިވަރުންގެ ނަންތައް ކަނޑއަޅުއްވާފައިވަނީ ކޮމިޓީގެ އަަޣުލަބިއްޔަތުން ކަމުގައިވުން.

(4)

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުރިހާ ލިޔެކިޔުމެއް ހުށަހެޅުމަކީ އެ ދަރިވަރަކާއި ނުވަތަ އެދަރިވަރުގެ ބެލެނިވެރިޔަކާއި، ސްކޫލާއި، ޑީޕީއީގެ ޒިންމާއެކެވެ.

(ނ)

ދިރާސާކޮށް ނިމުމުން ޕްރޮގްރާމުގެ ކޮމިޓީން ދަރިވަރުން ނޮމިނޭޓު ކުރުން. ދަރިވަރުން ނޮމިނޭޓު ކުރާއިރު ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ޤަވާއިދުތަކަށް ބަލާ ޕޮއިންޓުތައް ދޭންޖެހޭނެ. މި ޕޮއިންޓުތައް ދީ ނިމުމުން ދަރިވަރުން ނަގަންވާނީ މި މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ އަދަދަށް، އެންމެ މަތިން ލިބިފައިވާ އެ އަދަދެއްގެ ދަރިވަރުންނެވެ. މިސާލު: ދާއިރާ 18 އަށް ދަރިވަރުން ނަގަން ހަމަޖެހިފައިވަނީ 21 ދަރިވަރުން ނަމަ، ޕޮއިންޓު ޝީޓުގައި އެ ދާއިރާއަކަށް އެންމެ މަތިން ޕޮއިންޓު ލިބިފައިވާ 21 ދަރިވަރުން، ޕޮއިންޓު ލިބުނު ތަރުތީބުން ނަންތައް ކަނޑައަޅުއްވަން ޖެހޭނެއެވެ. ނުވަތަ އެ ދާއިރާ އަކަށް ދަރިވަރުން ހަމަނުވެއްޖެ ހާލަތެއްގައި ދާއިރާއަށް ދަރިވަރުން ނަގަން ހަމަޖެހިފައިވާ އަަދަދުގެ 2 ބައިކުޅަ އެއްބައި ނުވަތަ 4 ބައިކުޅަ އެއްބަޔަށް ދަރިވަރުންގެ ނަންތައް ކަނޑައަޅުއްވަންޖެހޭނެއެވެ.

(ރ)

ދާއިރާތަކަށް ބަލާ ދަރިވަރުން ނޮމިނޭޓު ކުރެވޭނޭ އެންމެ މަތީ ނަންބަރު ނުވަތަ އަދަދު ކޮންމެ ދާއިރާ އަކަށް ކަނޑައަޅުއްވާނީ ކޮމީޓީންނެވެ. އަދި މި އަދަދު ފާސް ކުރަންޖެހޭނީ ސީއެސްއޭގެ ތައުލީމީ ވަޒީރެވެ. މި އަދަދުތަކަށް ދަރިވަރުން ނޮމިނޭޓު ކުރުން.

(ބ)

މި މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަރިވަރުން ނޮމިނޭޓުކޮށް ނިމުމުން، ދަރިވަރުންގެ ނަންތައް ފާސްކުރުމުގެ ގޮތުން ހުށަހެޅުން. ދަރިވަރުންގެ ނަންތައް ހުށަހަޅާނީ:

•

ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ތައުލީމީ ވަޒީރާއި؛

•

ދިވެހިރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވަޒީރާއި؛

•

ތަޢުލީމާއިބެހޭ ބައިނަލްއަޤުވާމީ ކޮމިޝަނުގެ ކޮމިޝަނަރާއި؛

•

ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެެޓަރީ ޖެނެރަލަށް

ސީސީކޮށް president@po.gov.mv އަށެވެ.

(ޅ)

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ނަންތައް ފާސްކުރެއްވުން.

(ކ)

މި އުސޫލުގެ 2 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން މި ޕްރޮގްރާމަށް ނޮމިނޭޓުވެފައިވާ ދަރިވަރުންނަށް ނޮމިނޭޓުވިކަން އެންގުން. މި އެންގުމާއި އެކު ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ އާއި ދިވެހިރާއްޖޭގެ ދައުލަތުގެ ނިޝާނާއި ސަލާދީބު ސަލާމަތީ ކައުންސިލުގެ ތައްގަނޑު ޖަހާފައިވާ އިޢުލާނަކުން އާންމުންނަށް އިޢުލާންކުރުން.

(އ)

ނޮމިނޭޓުވެފައިވާ ދަރިވަރުން ނޮމިނޭޝަން ޤަބޫލުކުރުމުން (ދަރިވަރާއި ދަރިވަރުގެ ޤާނޫނީ ބަލަދުވެރިޔާގެ ސޮޔާއެކު ސަލާދީބު ސަލާމަތީ ކައުންސިލުގެ މަލްދީފް ތަޢުލީމް ޕްރޮގްރާމްގެ ހިންގާ ކޮމިޓީއަށް ސިޓީއަކުން ބަޔާންކުރުމުން) އެ ދަރިވަރެއްގެ "ނޮމިނޭޓޭޑް" ސްޓޭޓަސް "މެމްބަރ" އަކަށް ބަދަލުކުރުން.

ދަރިވަރުން ކިޔެވުމަށް ފޮނުވުން

6.

މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަރިވަރުން މި ޕްރޮގްރާމްގެ މެމްބަރަކަށްވުމުން، އެ ދަރިވަރެއް އައްޔަންކުރެެވިފައިވާ ދާއިރާއަކުން ކިޔެވުމަށް ފޮނުވުމުގެ މަސައްކަތް ފަށަންޖެހޭނެއެވެ. ދަރިވަރުންގެ އިޚްތިޔާރުގައި ޔުނިވާސިޓީއެއް އޮތްނަމަ، އެ ޔުނިވާސިޓީއަކަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެއެވެ. އަދި، ދަރިވަރުންގެ އިޚްތިޔާރުގައި ޔުނިވާސިޓީއެއް ނެތްނަމަ، މި ކައުންސިލުން އެ ދަރިވަރަކަށް އެ ދާއިރާގައި ކިޔެވުމަށް ސްޕެޝަލައިޒް ވެފައި، ތަޢުލީމާއި ބެހޭ ބައިނަލްއަޤުވާމީ ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ޔުނިވާސިޓީއަކަށް ޕްލޭސްމެންޓު ލެޓާ ހޯދުމުގެ ހުރިހާ ކަންތަކެއް ކުރަންޖެހޭނެއެވެ.

ދަރިވަރުންނަށް ކިޔެވޭނެ ލެވެލްތައް

7.

މި ޕްރޮގްރާމުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ފައުންޑޭޝަންއިން ފެށިގެން ޕީއެޗްޑީ ނުވަތަ ޕޯސްޓް ގުރެޖުއޭޓު ޕްރޮގްރާމްތަކާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުން ލިބޭ އުޖޫރައާއި އިނާޔަތްތައް

8.

(ހ)

މި ޕްރޮގްރާމުގައި ޕްލޭސްމެންޓު ލެޓާ ލިބި ކިޔެވުން ފެށިފައިވާ ކޮންމެ ދިވެހި ދަރިވަރަކަށް އެ ދަރިވަރެއްގެ ޓިއުޝަން ފީގެ %25 ކޮންމެ މަހަކު ސްޓިޕެންޑްގެ ގޮތުގައި ލިބިގެންދާނެއެވެ.

(ށ)

ދަރިވަރު ކިޔަވާ ދާއިރާގެ ކޯހުގެ ޓިއުޝަން ފީ، ލިވިންގ އެކްސްޕެންސެސް، ޔުނިވާސިޓީގެ ފީތައް، އެޑްމިނިސްޓްރޭޓިވް އަދި ރިކަރިންގ ފީތަކާއި އެކު ކިޔެވުމާއި ގުޅޭ އެހެނިހެން ފީތައް މި ޕްރޮގްރާމުން ދައްކާދޭނެއެވެ.

މި ޕްރޮގްރާމް ނިމުމުން ނުވަތަ ކިޔެވުމަށް ކަނޑައަޅުއްވާފައިވާ ދުވަސް ނިމުމުން ލިބޭ އިނާމުތައް

9.

(ހ)

މި ޕްރޮގްރާމު ފުރިހަމަކުރުމުން ނުވަތަ ދަރިވަރު ކިޔެވުމަށް ކަނޑައަޅުއްވާފައިވާ ދުވަސް ނިމުމުން ކޮންމެ ދަރިވަރަކަށް ސެޓުފިކެޓެއް ލިބިގެންދާނެއެވެ.

(ށ)

މި ސެޓުފިކެޓު ހަވާލް ކުރުމަށް 5 އަހަރުން 5 އަހަރުން މި ޕްރޮގްރާމުގެ ކޮންމެ ބެޗަކަށް ސެޓުފިކެޓު ހަވާލް ކުރުމުގެ ޖަލްސާ ބޭއްވިދާނެއެވެ.

(ނ)

ސެޓުފިކެޓާއި އެކު ތިރީގައިވާ އިނާމުތައް ދޭންޖެހޭނެއެވެ.

•

ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ އާއި ދިވެހި ދައުލަތުގެ ނިޝާނާއި އެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ ސޮއި އެކުލެވިގެންވާ ސިޓީ ("ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ތަޢުލީމީ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާ އާއި ސަލާދީބު ސަލާމަތީ ކައުންސިލާއި ގުޅިގެން ބޭއްވި މަލްދީފް ތަޢުލީމް ޕްރޮގްރާމުގައި ބައިވެރިވިކަމުގެ ލިޔުން")

•

8 އިންޗި އާއި 10 އިންޗިއާ ދެމެދުގެ ޓްރޮފީ އެއް (މި ޓްރޮފީގެ ނަމޫނާ ކުރެހުމެއް މި އުސޫލުގެ ޖަދުވަލު 5ގައި ވާނެ)

•

5 އިންޗި އާއި 8 އިންޗިއާ ދެމެދުގެ ހަދާނީ ފިލާއެއް (މި ފިލާގެ ނަމޫނާ ކުރެހުމެއް މި އުސޫލުގެ ޖަދުވަލު 5ގައި ވާނެ)

•

5 އިންޗި އާއި 8 އިންޗިއާ ދެމެދުގެ ޝީލްޑެއް (މި ޝީލްޑުގެ ނަމޫނާ ކުރެހުމެއް މި އުސޫލުގެ ޖަދުވަލު 5ގައި ވާނެ)

(ރ)

އެ ދަރިވަރަކު ކިޔެވި ދާއިރާއިން ނުވަތަ ޔުނިވާސިޓީން ޔުނިވާސިޓީގެ ފެންވަރުގައި ނުވަތަ ޤައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި ވަނައެއް ލިބިއްޖެނަމަ، މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) އަދި (ނ)ގައިވާ އިނާމުތަކާއި އެކު ތިރީގައިވާ އިނާމުތައް ދޭންޖެހޭނެއެވެ.

•

ދިވެހިރާއްޖޭގެ ދައުލަތުން އެ ދަރިވަރަކަށް ލިބުނު ވަނަޔަށް ފަޚުރުވެރިވާކަން ފާޅު ކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ދެއްވާ ޙާއްސަ އިނާމު (މި އިނާމް ކަނޑައަޅުއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ)

•

ދިވެހި ދައުލަތުން ދެއްވާ ހަނދާނީ ލިޔުން

•

ދިވެހި ދައުލަތުން ދެއްވާ 8 އިންޗި އާއި 13.5 އިންޗިއާ ދެމެދުގެ ޓްރޮފީ (މި ޓްރޮފީގެ ނަމޫނާ ކުރެހުމެއް މި އުސޫލުގެ ޖަދުވަލު 5ގައި ވާނެ)

•

ދިވެހި ދައުލަތުން ދެއްވާ 8 އިންޗި އާއި 10 އިންޗިއާ ދެމެދުގެ ހަދާނީ ފިލާއެއް ނުވަތަ ޝީލްޑެއް (މި ފިލާ ނުވަތަ ޝީލްޑުގެ ނަމޫނާ ކުރެހުމެއް މި އުސޫލުގެ ޖަދުވަލު 5ގައި ވާނެ)

•

ދިވެހި ދައުލަތުން ދެއްވާ ފައިސާގެ އިނާމު (ފައިސާގެ އިނާމުގެ މިންގަނޑުތައް މި އުސޫލުގެ ޖަދުވަލު 5ގައި ވާނެ)

•

ސީއެސްއޭގެ ތަޢުލީމާއި ބެހޭ ވަޒީރު ދެއްވާ އިނާމު

•

ސީއެސްއޭ އިން ދެއްވާ ހަދާނީ ލިޔުން

(ބ)

އެ ދަރިވަރު ކިޔެވި ދާއިރާގެ ފެންވަރުގައި ވަނައެެއް ނުވަތަ އެ ދާއިރާއަށް ކުރިއެރުން ލިބޭނެ ފަދައިން ތީސިސް ނުވަތަ ޑިސާޓޭޝަން ބައްޓަންކޮށް، އެ ޔުނިވާސީޓީއެއްގެ "މާސްޓާސް" ނުވަަތަ "ޑޮކްޓާރ އޮފް ފިލޮސޮފީ"ގެ ތީސީސްތައް ނުވަތަ ޑިސާޓޭޝަންތައް ބަލާ ފާސް ކުރާ ޕެނަލް ނުވަތަ ކޮމިޓީ ނުވަތަ ބޯޑުން މިފަދަ ގޮތައް ނިންމި ޙާލަތެއްގައި ތިރީގައިވާ އިނާމުތައް އެ ދަރިވަރަކަށް ދޭން ޖެހޭނެއެވެ.

•

ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ދެއްވާ އިނާމު

•

ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ޑިރެކްޓަރު ދެއްވާ ޙާއްސަ އިނާމު

•

ތަޢުލީމާއި ބެހޭ ބައިނަލްއަޤުވާމީ ކޮމިޝަނުގެ ކޮމިޝަނަރު ދެއްވާ އިނާމު

•

އެ ދަރިވަރަކު ކިޔެވި ޔުނިވާސިޓީއެއްގެ ޗާންސެލަރު، ޗެއާރޕާސަން، ޑިރެކްޓަރު ނުވަތަ ޔުނިވާސިޓީގެ އެންމެ މަތީ ބޭފުޅާ ދެއްވާ އިނާމު

•

ތަޢުލީމާއި ބެހޭ ބައިނަލްއަޤުވާމީ ކޮމިޝަނުން ދެއްވާ ޙާއްސަ ގްރާންޓް

•

ތަޢުލީމާއި ބެހޭ ބައިނަލްއަޤުވާމީ ކޮމިޝަނުން ދެއްވާ ފައިސާގެ އިނާމު

•

ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ މަޖިލީހުގެ އުއްތަމަ ރައީސް ދެއްވާ އިނާމު

•

ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ އިން ދެެއްވާ 10 އިންޗިއާއި 13.5 އިންޗިއާ ދެމެދުގެ ޝީލްޑް (މި ޝީލްޑުގެ ނަމޫނާ ކުރެހުމެއް މި އުސޫލުގެ ޖަދުވަލު 5ގައި ވާނެ)

•

ތަޢުލީމާއި ބެހޭ ބައިނަލްއަޤުވާމީ ކޮމިޝަނުން އެ ދަރިވަރެއްގެ ކުރިއެރުން ފާހަގަ ކުރުމަށް ދެއްވާ ހަނދާނީ ލިޔުން

•

ދިވެހި ދައުލަތުން ދެއްވާ ހަނދާނީ ލިޔުން

•

ކޮންޓިނެންޓަލް ސެކިއުރިޓީ އެޖެންސީ އިން ދެއްވާ ހަނދާނީ ލިޔުން

•

ސަލާދީބު ސަލާމަތީ ކައުންސިލުން ދެއްވާ ހަނދާނީ ލިޔުން

(ޅ)

މަތީގައި ބަޔާންކުރެވިފައިވާ އިނާމުތަކުގެ އިތުރުން ދިވެހި އާންމުންނަށާއި، ދިވެހިރާއްޖޭގެ މުއައްސަސާތަކަށް އެ ދަރިވަރުންނަށް އިނާމުތައް ހުށަހެޅޭނެއެވެ.

ޕްރޮގްރާމަށް ހުށަހެޅޭ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުން

10.

ޕްރޮގްރާމަށް ހުށަހެޅޭ ހުރިހާ ލިޔެކިޔުންތަކަކީ، ތިރީގައި ބަޔާންކޮށްފައިވާ ކޮންމެވެސް އެއްގޮތަކުން، އެ ލިޔުމެއްގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ލިޔުންތަކަކަށް ވާންވާނެއެވެ.

(ހ)

ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއްގައި (ދެފުށުގައި ލިޔެފައިވާ ނަމަ ނުވަތަ ނަންބަރެއް ނުވަތަ ނިޝާނެއް ނުވަތަ ކޯޑެއް ޖަހައިފައިވާ ނަމަ، އެ ލިޔުމުގެ ދެފުށުގައި) އަސްލާ އެއްގޮތްކަމަށް، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަދައިފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު R-1067/2019) ގައިވާ ގޮތުގެ މަތިން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައި ވުން، ނުވަތަ؛

(ށ)

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 72 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ރަސްމީ އިދާރާއަކުން ނުވަތަ ރަޖިސްޓަރ ކޮށްފައިވާ ކިޔަވައިދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއް ނުވަތަ ލިޔުމެއް ނަމަ، ސަނަދު ދޫކޮށްފައިވާ އިދާރާއިން ނުވަތަ މަރުކަޒުން، އެ ލިޔުމުގައި ނުވަތަ ސަނަދުގައި (އެ ލިޔުމުގެ ދެފުށުގައި ލިޔެފައިވާ ނަމަ ނުވަތަ ނަންބަރެއް ނުވަތަ ނިޝާނެއް ނުވަތަ ކޯޑެއް ޖަހައިފައިވާ ނަމަ، އެ ލިޔުމުގެ ދެފުށުގައި) އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވުން؛ ނުވަތަ

(ނ)

ބައިނަލްއަޤުވާމީ ފެންވަރުގައި ދެވިފައިވާ ލިޔުމެއްނަމަ އެ ލިޔުމުގައި، އެ އިދާރާއެއް ނުވަތަ މުއައްސަސާއެއްގެ ފުރިހަމަ ޤާނޫނީ ނަމާއި، އެޑްރެހާއި އެކު އެ މުއައްސަސާގެ ތައްގަނޑު ނުވަތަ ކޯޑު ނުވަތަ އެ މުއައްސަސާއެއް ތަމްސީލު ކުރާ މުވައްޒަފެއް ނުވަތަ މަންދޫބެއްގެ ސޮއި އެ ލިޔުމެއްގައި އޮތުން؛ ނުވަތަ

(ރ)

މި ޕްރޮގްރާމްގެ ކޮމިޓީން ލިޔުން ބަލާ ދިރާސާކޮށް އެ ލިޔުމުގައި ކުށެއް ނުވަތަ ޞައްޙަނޫން ކަމެއް އޮތްކަމަށް ނުނިންމާ ލިޔުމަކަށް ވާންޖެހޭނެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ގޮތަކުން އެއްވެސް ގޮތަކަށް ލިޔުމުގެ ޞައްޙަކަން ކަށަވަރުނުވެއްޖެ ޙާލަތެއްގައި މެއިލުން އެ ލިޔުން ކޮމިޓީއަށް ހުށަހެޅި މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް އެކަން އަންގައި، 48 ގަޑިއިރުގެ ތެރޭގައި އައު ލިޔުމެއް ނުވަތަ ޞައްޙަ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މި ދެންނެވި ފަދައިން ހުށަނޭޅިއްޖެ ޙާލަތެއްގައި އެ ދަރިވަރެއްގެ ނޮމިނޭޝަން އުވާލާ އެ ދަރިވަރަކު ޑިސްކޮލިފައި ވެގެންދާނެއެވެ.

ޕްރޮގްރާމުގެ މެމްބާޝިޕް ނިގުޅައިގަތުން

11.

ޕްރޮގްރާމުގައި ބައިވެރިވެ، މެމްބަރަކަށްވުމަށްފަހު، ޤާނޫނު ނަންބަރު 2020/24 (ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނު) ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވެ ކުށެއް ކުރެެވިއްްޖެ ހާލަތުގައި މި ޕްރޮގްރާމުގެ ކޮމިޓީއަށް ލިޔުމުން ހުށަހަޅަންޖެހޭނެއެވެ. މި ލިޔުން އިތުރަށް ދިރާސާކޮށް، އެ މައްސަލަ ބަލައި، އެ ކަމަކީ މި ޕްރޮގްރާމުގައި މެމްބަރެއްގެ ޙައިސިއްޔަތުން ބައިވެރި ނުވެވޭނޭ ފަދަ ކަމެއްކަމަށް ކޮމިޓީއަށް ފެނިއްޖެ ނަމަ، ޕްރޮގްރަމުގެ މެމްބާޝިޕް ރިވޯކުކުރަންޖެހޭ ސަބަބު ތަފްސީލުކޮށް ބަޔާންކޮށްފައި؛

•

ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށް؛ ނުވަތަ

•

ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އަށް

ހުށަހެޅުމުގެ ބާރު މި ޕްރޮގްރާމްގެ ކޮމިޓީއަށް ލިބިގެންވެއެވެ.

ޕްރޮގްރާމުގެ އުސޫލާއި ޕްރޮގްރާމާއި ގުޅިގެން އުފެދޭ ޤަވާއިދު ތަކަކީ އުސޫލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާއި މި އުސޫލަށް ބަދަލު ގެނައުން

12.

(ހ)

މި ޕްރޮގްރާމާއި ބެހޭ އުސޫލާއި މި ޕްރޮގްރާމާއި ގުޅިގެން އުފެދޭ ހުރިހާ ޤަވާއިދު ތަކަކީ މި އުސޫލުގެ ބައެކެވެ.

(ށ)

މި އުސޫލަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ނުވަތަ ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އެކުލަވައިލައްވައިފައިވާ މި ޕްރޮގްރާމުގެ ހިންގާ ކޮމިޓީއަށެވެ.

ފޯމުތައް ހުށަހެޅުމާއި، މައުލޫމާތު ހޯދުން

13.

(ހ)

މި ޕްރޮގްރާމަށް ނަން ހުށަހެޅޭނީ މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ)ގައިވާ ގޮތައް އެ ނިޒާމުންނެވެ. އަމިއްލަ ފަރާތްތަކުން ނުވަތަ އާންމުންގެ ފަރާތްތަކުން education@ssc.mv.csa އަށް ހުށަހަޅާ އެއްވެސް ނަމެއް ނުވަތަ ފޯމެއްބަލައި ނުގަންނާނެއެވެ. ނަންތައް ބަލައިގަނަނާނީ ދިވެހިރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒަރާގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންއިން މި މެއިލްއަށް ހުށަހަޅާ މެއިލްތަކުން އެކަންޏެވެ. މި ޕްރޮގްރާމަށް ނަން ހުށަހެޅުމުގެ މުއްދަތުހަމަވާނީ މި ޕްރޮގްރާމުގެ ކޮމީޓީން އެ އަހަރެއްގައި ބާއްވާ އެންމެ ފުރަތަމަ އަޑުއެހުން ނުވަތަ މީޓިންގްއަށް ފަހު 5 މަސްވުމުންނެވެ. މި މުއްދަތު އިތުރު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ށ)

ހުށަހަޅަންޖެހޭ ލިޔެކިޔުމުގައި އެެއްވެސް މައްސަލައެއްވާނަމަ އެ މައްސަލަ އިޞްލާޙުކުރުމަށް 1 ފުރުސަތު ކޮންމެ ދަރިވަރަކަށް ލިބިގެންދާނެއެވެ. މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށެއް ފެނިއްޖެ ނަމަ، މި އިޞްލާޙުކުރުމުގެ ފުރުސަތަކަށް އަސަރު ނުކުރާނެއެވެ.

(ނ)

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަށްވަން maldheef@ssc.mv.csa އަށް މެއިލްކުރެވިދާނެއެވެ. ނުވަތަ މަޢުލޫމާތު ހޯދަން ގުޅާނީ، 3301231 ނަންބަރު ފޯނަށް ނުވަތަ 3301240 ނަންބަރު ފޯނަށެވެ.

ޖަދުވަލަކީ އުސޫލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން

14.

މި އުސޫލުގައިވާ ޖަދުވަލުތަކަކީ، މި އުސޫލުގެ ބައެއްކަމުގައި ބެލެވޭނެއެވެ. އަދި ވަކި ކަމެއްގައި ޢަމަލު ކުރައްވަން ޖެހޭ ގޮތް ޖަދުވަލުގައި ބަޔާންކޮށްފައިވާނަމަ އެ ގޮތަށް ޢަމަލުކުރަންޖެހޭނެއެވެ.

މި އުސޫލަށް ޢަމަލުކުރަން ފެށުން

15.

މި އުސޫލަށް ޢަމަލު ކުރަން ފަށާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ދަފްތަރަށް މި އުސޫލު ގެޒެޓުކުރެވިގެން ދިޔުމުންނެވެ.

މި އުސޫލުގައި އެއްވެސް މައްސަލައެއްވާނަމަ ނުވަތަ ތިޔަ ފަރާތުގެ އެއްވެސް ޝަކުވާއެއްވާނަމަ policy@ssc.mv.csa އަށް މެއިލް ކުރައްވާ، ޝަކުވާ ހުށަހެޅެއްވުމަށް ދަންނަވަމެވެ.

17 ރަބީޢުލް އައްވަލް 1448 30 އޮގަސްޓު 2026

ޑރ. ފާޠިމަތު ޖަލާލް

ސެކްރެޓަރީ ޖެނެރަލް ސަލާދީބު ސަލާމަތީ ކައުންސިލް

ޖަދުވަލު 1

މަލްދީފް ތަޢްލީމް ޕްރޮގްރާމަށް ހޮވުނުކަމުގެ ސިޓީ⁦Letter of Nomination to the Maldheef Thauleem Programme⁩
މިއީ⁦This letter is issued to⁩
ދަރިވަރުގެ ނަން⁦STUDENT’S NAME⁩
(ދަރިވަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު)⁦(STUDENT’S NATIONAL IDENTITY CARD NUMBER OR PASSPORT NUMBER)⁩
ދަރިވަރުގެ ގޭގެ ނަމާއި، އަވަށާއި، އަތޮޅާއި ރަށް⁦STUDENT’S HOUSE NAME, WARD, ATOLL & ISLAND⁩
މަލްދީފް ތަޢްލީމް ޕްރޮގްރާމުގެ ތިރީގައި ބަޔާންކޮށްފައިވާ ދާއިރާ އާއި ލެވެލަށް ކިޔެވުމަށް ހޮވުނުކަން އަންގައިދިނުމަށް ދަރިވަރަށް ދެވިގެންދާ ސިޓީއެެކެވެ.⁦to certify their nomination to the Maldheef Thauleem Programme, in the field of study and to the level specified below.⁩
ދާއިރާ⁦Field of Study⁩
ދާއިރާ #⁦Field #⁩
ދާއިރާ ފުރިހަމަ ނަން⁦Field Name⁩
ލެވެލް⁦Level⁩
ފައުންޑޭޝަން / ބެޗެލާސް / މާސްޓާސް / ޕީއެޗްޑީ / ޕޯސްޓްގްރެޖުއޭޓް⁦Foundation / Bachelor’s / Master’s / PhD / Postgraduate⁩
ވީމާ، މި ނޮމިނޭޝަން ޤަބޫލުކުރައްވާނަމަ، ދަރިވަރާއި ދަރިވަރުގެ ޤާނޫނީ ބަލަދުވެރިޔާގެ ސޮޔާއެކު ސިޓީއެއް، މި ސިޓީ ލިބޭ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި maldheef@ssc.mv.csa އަށް ފޮނުއްވުން އެދެމެވެ.⁦Accordingly, should you wish to accept this nomination, kindly send a letter bearing the signatures of the student and the student's legal guardian to maldheef@ssc.mv.csa within 7 (seven) days from the date of receipt of this letter.⁩
ޝުކުރިއްޔާ.⁦Thank you.⁩
(ސޮއި)
ޑރ. ފާޠިމަތު ޖަލާލް⁦Dr. Fathimath Jalaal⁩
ސެކްރެޓަރީ ޖެނެރަލް⁦Secretary General⁩
⁦SSC—26/425 29082026 STDIDNMBR⁩

ޖަދުވަލު 2

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 5ގެ 3 ވަނަ މާއްދައިގެ (ހ)ގެ (3)ވަނަ ނުކުތާގައި ބަޔާންކޮށްފައިވާގޮތައް މޮކް އިމްތިޙާނުގައި މި ކައުންސިލުން ބަލައިގަންނާނެ ތްރެޝްހޯލްޑްގެ ތަާވަލާއި ތަފްސީލު

ތިރީގައިވާ ތާވަލަކީ މި ކައުންސިލުން މަލްދީފް ތަޢުލީމް ޕްރޮގްރާމަށް ދަރިވަރުން ހޮވުމުގައި މޮކް އިމްތިޙާނުގެ ނަތީޖާއަށް ބަލާނެ މިންގަނޑެވެ.

ތާވަލު 1
މާކްސް / 100ގުރޭޑު
⁦90-100⁩⁦A*⁩
⁦80-89⁩⁦A⁩
⁦70-79⁩⁦B⁩
⁦60-69⁩⁦C⁩
⁦50-59⁩⁦D⁩
⁦40-49⁩⁦E⁩
39 އާއި ދަށްއަންގްރޭޑޭޑް ނުވަތަ U

ތާވަލު 1 ނޫން އެހެން މިންގަނޑަކުން ބަލާ ގުރޭޑު ހުށަހަޅައިފައިވާ ދަރިވަރެއްގެ ނަތީޖާއެއް ނަމަ، އެއީ އިސްލާޙުކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަނޑައެޅި އުސޫލުގެ 13 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން އިސްލާޙުކުރުމަށް ކޮމިޓީން އެދިލައްވާނެއެވެ.

17 ރަބީޢުލްއައްވަލް 1448 29 އޮގަސްޓު 2026

ޖަދުވަލު 3

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 5ގެ 5 ވަނަ މާއްދައިގެ (ހ)ގައި ބަޔާންކޮށްފައިވާގޮތައް ދަރިވަރުންގެ ނަންތައް ހުށަހެޅުމުގެ ފޯމެޓު

މި ޖަދުވަލުގައި ވާނީ ދިވެހިރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންގެ އިމްތިޙާނުތަކާއި ބެހޭ ސެކްޜަނުން މަލްދީފް ޕްރޮގްރާމްގެ ހިންގާ ކޮމިޓީއަށް ނަންތައް ފޮނުވާއިރު ޢަމަލުކުރަން ޖެހޭ ޤަވާއިދެވެ.

މި ކޮމިޓީއަށް ނަންތައް ފޮނުވާއިރު އެކްސެލް، ސީއެސްވީ އަދި ޕީޑީއެފް ފޯމެޓުން މެއިލްކުރެވިދާނެއެވެ. މި ޖަދުވަލުގައި ބަޔާންކޮށްފައިވާނީ އެކްސެލް އަދި ސީއެސްވީގެ އެޑިޓަރެއް (އެމްއެސް އެކްސެލް) ބޭނުންކޮށްގެން، މި ޖަދުވަލުން ލާޒިމުކުރާ ފޯމެޓަށް އެކްސެލްކޮށް ނުވަތަ ސީއެސްވީކޮށް ނުވަތަ ޕީޑީއެފްކޮށް އެކްސްޕޯޓްކޮށްގެން ފޮނުވާނެގޮތެވެ. މި ކޮމިޓީން އެދެނީ، މި ފޯމެޓު ހައްދަވާނީ އައިޓީ އޮފިސަރެއް ނުވަތަ އެފަދަ ތަމްރީނެއް ޙާސިލުކޮށްފައިވާމީހެއްކަމަށެވެ.

  • 1.

    އެކްސެލް ޝީޓުގައި ޑީޕީއީގެ ލެޓާހެޑް ހެޑާގައި ނުވަތަ އެންމެ މަތީ ސެލްތަކުގެ ރޯގައި ނުވަތަ A1 ގައި ބެހެއްޓުން

  • 2.

    ޝީޓުގެ ހެޑާތައް ތިރީގައިވާ ހެޑާތަކުގެ ނަންތަކާއި އެއްގޮތްވާގޮތުގެ މަތިން އިނގިރޭސިން ލިޔަންޖެހޭ ކޮލަމް އިނގިރޭސިން އަދި ދިވެހިން ލިޔަންޖެހޭ ކޮލަމް ދިވެހިން ލިޔެފައިވުން.

  • i.

    ⁦Student National Identity Card Number / STD ID No.⁩

  • ii.

    ⁦Passport Number / PST No.⁩

  • iii.

    ⁦Student Full Name (As in ID Card in English)⁩

  • iv.

    ދަރިވަރުގެ ފުރިހަމަ ނަން (އައިޑީ ކާޑުގައިވާގޮތަށް ދިވެހިން)

  • v.

    ⁦Address (in the format; House name, Ward, Atoll. Island)⁩

  • vi.

    އެޑްރެސް (ގޭގެނަން، އަވަށް، އަތޮޅު. ރަށް)

  • vii.

    ⁦Date of Birth (dd/mm/yyyy)⁩

  • viii.

    ⁦Is a Maldivian Citizen (Y/N)⁩

  • ix.

    ⁦Is not 18 years old to the time of the submission of this list (Y/N)⁩

  • x.

    ⁦Student Contact (in the format; Mobile No. / Email)⁩

  • xi.

    ⁦Legal Guardian Full Name / ID Card No. / Relationship (this cell MUST be in this format for all entries)⁩

  • xii.

    ⁦Legal Guardian Contact (in the format; Mobile No. / Email)⁩

  • xiii.

    ⁦Academic Documents (School Issued Statement of Results for Mock Examinations, Board(s) Issued Certificate Indicating Results for Board Examinations (SoR submitted for Mock Exams MUST have values of marks)⁩

  • xiv.

    ⁦School Name / Atoll. Island (this cell MUST be in this format for all entries)⁩

  • xv.

    ⁦Has no criminal record (Y/N)⁩

  • xvi.

    ⁦Participated in Atoll/National/International Competition (this cell entries must be in the format; Y/N + A/N/I + # (# being no. of competitions))⁩

  • a)

    ⁦If the student has participated in different types it should say eg: Y + AAAANNI + 7 where student participated in 4 Atoll, 2 National and 1 International⁩

  • xvii.

    ⁦Date of Participation(s)⁩

  • xviii.

    ⁦Uniform Body Name(s)⁩

  • xix.

    ⁦Other extracurricular activities⁩

  • xx.

    ⁦Preferred field of study⁩

  • xxi.

    ⁦Preferred level to study⁩

⁦If any cell entries contain a list or multiple information in one cell, they must be separated by commas.⁩

  • 3.

    ޝީޓު ވެރިފައި ކުރި ފަރާތުގެ ސޮޔާއި ނަން

  • 4.

    ސެކްޜަނުގައި އުފެދުނު ބޮޑީގައި އެކުލެވިގެންތިބި މެންބަރުންގެ ސޮޔާއި ނަން އަދި ދިރާސާކުރަން ބޭނުން ކުރި ހުރިހާ ލިޔެކިޔުންތައް އެއްކަރުދާަސް ކޮށްފައިވުން

  • 5.

    މާކިންގ ޝީޓާއި އެހެނިހެން ލިޔެކިޔުންތައް

ދަރިވަރުން ނޮމިނޭޓު ކުރުމަށްޓަކައި ބޭނުންކުރި ހުރިހާ ލިޔެލިޔުމެއް އެއްކަރުދާސް ކޮށްފައިވުމަކީ މަޖުބޫރުކަމެކެވެ.

މަތީގައި ދެންނެވިފައިވާ ހުރިހާ ލިޔެކިޔުން ތަކެއްގައި މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުރިހާ ސަފްޙާ އެއްގައި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންގެ ލެޓާހެޑް ނުވަތަ ތައްގަނޑު ނުވަތަ ނިޝާން ހުރުމަކީ މަޖުބޫރުވެގެންވާ ކަމެކެވެ.

17 ރަބީޢުލްއައްވަލް 1448 30 އޮގަސްޓު 2026

ޖަދުވަލު 4

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 5ގެ 5 ވަނަ މާއްދައިގެ (ނ)ގައި ބަޔާންކޮށްފައިވާގޮތައް ދަރިވަރުން ނޮމިނޭޓު ކުރާއިރު ކޮމިޓީން ޕޮއިންޓު ދޭންޖެހޭ ޤަވާއިދާއި މިންގަނޑުތައް

މި ޖަދުވަލުގައި ވާނީ މި ކައުންސިލުގެ އުސޫލު ނަންބަރު 5ގެ 5 ވަނަ މާއްދައިގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަލްދީފް ތަޢުލީމް ޕްރޮގްރާމަށް ދަރިވަރުން ނޮމިނޭޓު ކުރުމުގައި މި ޕްރޮގްރާމުގެ ހިންގާ ކޮމިޓީން ދަރިވަރުންނަށް ޕޮއިންޓު ދިނުމުގައި ޢަމަލު ކުރަންޖެހޭ ޤަވާއިދާއި މިންތަކެވެ.

ދަރިވަރަކަށް ޖުމްލަކޮށް ލިބޭ ޕޮއިންޓު – 100 ޕޓ

(ހ) ކިޔެވެލި

  • 1.

    ބައިނަލްއަޤުވާމީ ބޯޑު އިމްތިޙާނު – 30 ޕޓ

މި ނުކުތާއަށް ޕޮއިންޓު ދެވިގެންދާނީ މި އިމްތިޙާނުގައި އެ ދަރިވަރެއްގެ އެންމެ ރަނގަޅު 5 މާއްދާގެ ނަތީޖާއަށް އަޅާބަލާއެވެ. (މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނުކުތާ)

ތާވަލު 1
ދަރިވަރަށް ލިބުނު ގުރޭޑުޕޮއިންޓު
⁦A*⁩⁦6⁩
⁦A⁩⁦5⁩
⁦B⁩⁦4⁩
⁦C⁩⁦3⁩
D އާއި ދަށުން⁦0⁩
  • 2.

    ޤައުމީ ބޯޑު އިމްތިޙާނު (އެސްއެސްސީ) – 15 ޕޓ

މި ނުކުތާއަށް ޕޮއިންޓު ދެވިގެންދާނީ މި އިމްތިޙާނުގައި އެ ދަރިވަރެއްގެ އެންމެ ރަނގަޅު 3 މާއްދާގެ ނަތީޖާއަށް އަޅާބަލާއެވެ.

ތާވަލު 2
ދަރިވަރަށް ލިބުނު ގުރޭޑުޕޮއިންޓު
⁦A*⁩⁦5⁩
⁦A⁩⁦4⁩
⁦B⁩⁦3⁩
⁦C⁩⁦2⁩
D އާއި ދަށުން⁦1⁩
  • 3.

    ސްކޫލުގެ މޮކް އިމްތިޙާނު – 15 ޕޓ

މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނުކުތާއަށް ބަލާ އެ ނުކުތާގައިވާ ޝަރުތާއި ތިރީގައިވާ ޗާޓަށް ބަލައިގެން ދެވޭ ޕޮއިންޓުތަކަށް ފުށު ނާރާނެއެވެ.

ތާވަލު 3
މޮކް އިމްތިޙާނުގެ އެވްރޭޖްޕޮއިންޓު
85% އާއި މަތި⁦15⁩
⁦75-84.9%⁩⁦12⁩
⁦65-74.9%⁩⁦9⁩
⁦55-64.9%⁩⁦6⁩
⁦45-54.9%⁩⁦3⁩
45% އާއި ދަށް⁦0⁩

މަތީގައިޥާ ތާވަލުގައި ބަޔާންކޮށްފައިވާ ގޮތަށް އެވްރޭޖް ހޯދާނީ މި ޕްރޮގްރާމުގެ ކޮމިޓީންނެވެ. އެހެނިހެން ފަރާތްތަކުން ހުށަހަޅާ މޮކް އެވްރެޖްއެއް މި ކޮމީޓީން ޤަބޫލު ނުކުރައްވާނެއެވެ.

(ށ) ބައިވެރިވެފައިވާ މުބާރާތްތައް 20 ޕޓ

މި ކެޓެގަރީއަށް ޕޮއިންޓުދޭއިރު ބަލާނީ ތިރީގައިވާ ޗާޓާއި އެއްގޮތްވާ ގޮތުގެ މަތިން އެ ދަރިވަރަކު ބައިވެރިވެފައިވާ އެންމެ ރަނގަޅު މުބާރާތަކަށެވެ.

ތާވަލު 4
ބާވަތްޕޮއިންޓު
ބައިނަލްއަޤުވާމީ⁦8⁩
ޤައުމީ⁦5⁩
އަތޮޅު ފެންވަރު⁦3⁩

މުބާރާތުގައި ބައިވެރިވެފައިވަނީ ކިތައް އަހަރު ކުރިންކަމަށްބަލާ ތިރީގައިވާ ޗާޓާއި އެއްގޮތައް އެ ދަރިވަރަކަށް މަތިން ލިބޭ ޕޮއިންޓުތައް ގުނަވެގެންދާނެއެވެ.

ތާވަލު 5
ކިތައް އަހަރު ކުރިންގުނަވެގެންދާ އަދަދު
0-3 އަހަރު⁦x1.0⁩
4-7 އަހަރު⁦x0.6⁩
8-12 އަހަރު⁦x0.3⁩

މި ކެޓެގަރީން 20 ޕޮއިންޓަށްވުރެ ގިނައިން ޕޮއިންޓު ލިބިއްޖެ ހާލަތެއްގައި އެ ދަރިވަރަކަށް މި ކެޓެގަރީން ލިބޭނެ ޕޮއިންޓަކީ 20 ޕޮއިންޓެވެ.

(ނ) ބައިވެރިވެފައިވާ ޔުނިފޯމް ބޮޑީގެ ޙަރަކާތްތައް 10 ޕޓ

މި ކެޓެގަރީއަށް ޕޮއިންޓުދޭއިރު ބަލާނީ ތިރީގައިވާ ޗާޓާއި އެއްގޮތްވާ ގޮތުގެ މަތިން އެ ދަރިވަރަކު ބައިވެރިވެފައިވާ ޔުނިފޯމް ބޮޑީ ޙަރަކާތައް ބަލާއެވެ.

ތާވަލު 6
ޕޮއިންޓު
ބައިވެރިވެފައިވާނަމަ⁦4⁩
ކޮންމެ އިތުރު ބޮޑީއަކަށް+2 (ގިނަވެގެން 4)
މަޤާމަށް ބަލާ⁦+2⁩

މި ކެޓެގަރީން 10 ޕޮއިންޓަށްވުރެ ގިނައިން ޕޮއިންޓު ލިބިއްޖެ ހާލަތެއްގައި އެ ދަރިވަރަކަށް މި ކެޓެގަރީން ލިބޭނެ ޕޮއިންޓަކީ 10 ޕޮއިންޓެވެ.

(ރ) އެހެނިހެން އިތުރު ޙަރަކާތްތައް 10 ޕޓ

މި ކެޓެގަރީއަށް ޕޮއިންޓުދޭއިރު ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ދަރިވަރަކު ބައިވެރިވެފައިވާ އިތުރު ޙަރަކާތްތަކަށް ބަލާއެވެ.

ކޮންމެ އިތުރު ޙަރަކާތަކަށް 2 ޕޮއިންޓު.

މި ކެޓެގަރީން 10 ޕޮއިންޓަށްވުރެ ގިނައިން ޕޮއިންޓު ލިބިއްޖެ ހާލަތެއްގައި އެ ދަރިވަރަކަށް މި ކެޓެގަރީން ލިބޭނެ ޕޮއިންޓަކީ 10 ޕޮއިންޓެވެ.

ދެ ދަރިވަރަކާއި ނުވަތަ އެއައްވުރެ ގިނަ ދަރިވަރުންނަށް އެއްވަރަކަށް ޕޮއިންޓު ލިބިއްޖެ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ގޮތް

ދެ ދަރިވަރަކާއި ނުވަތަ ދެ ދަރިވަރަށްވުރެ ގިނަ ދަރިވަރުންނަށް އެއްވަރަކަށް ޕޮއިންޓު ލިބިއްޖެ ޙާލަތުގައި ތިރީގައިވާ ނުކުތާތަކާއި އެއްގޮތްވާގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްކަންދެވޭނީ:

  • 1.

    (ހ) 1. އިން މަތިން ޕޮއިންޓު ލިބިފައިވުން

  • 2.

    (ހ) 2. އިން މަތިން ޕޮއިންޓު ލިބިފައިވުން

  • 3.

    އެ ދަރިވަރަކު ބައިވެރިވެފައިވާ މުބާރާތުގެ ބާވަތައް ބަލާ (ބައިނަލްއަޤުވާމީ > ޤައުމީ > އަތޮޅު ފެންވަރު)

  • 4.

    (ހ) 3. އިން މަތިން އެވްރޭޖް ލިބިފައިވުން

  • 5.

    އުސޫލުގެ 5 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނުކުތާގައިވާ ގޮތުގެ މަތިން ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާ ނިންމުން (މި ނިންމުން މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިޔުމުން ރެކޯޑު ކުރެވިފައިވާން ޖެހޭނެއެވެ.)

މިސާލު ހިސާބު ކުރުމެއް

މި ބައިގައި ބަޔާންކޮށްފައިވާ މިސާލަކީ، މި ޖަދުވަލުގައި ބަޔާންކޮށްފައިވާ ތާވަލުތަކަށް ޢަމަލުކުރާނެ ގޮތް ދެއްކުމަށް ހިމަނާފައިވާ މިސާލެކެވެ. މި މިސާލުގައި ބޭނުންކޮށްފައިވާ ނަންތަކާއި ނަތީޖާތަކަކީ ޙަޤީޤީ އެއްޗެއް ނޫނެވެ.

  • 1.

    ދަރިވަރުގެ މަޢުލޫމާތު

މަޢުލޫމާތު
ދަރިވަރުގެ ނަންއަޙްމަދު ޝާއިރު ނަޞީރު
ނޮމިނޭޓު ކުރެވޭ އަހަރު⁦2026⁩
އުމުރު17 އަހަރު
ދިވެހި ރައްޔިތެއްއާދެ
ކުށުގެ ރެކޯޑުނެތް
އިޚްތިޔާރު ކުރި ދާއިރާދާއިރާ 4 – އިންފޮމޭޝަން ޓެކްނޮލޮޖީ
އިޚްތިޔާރު ކުރި ލެވެލްބެޗެލާސް

ޝަރުޠު ބެލުން: މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ)، (ނ) އަދި (އ)ގެ ޝަރުޠުތައް ފުރިހަމަވޭ. މި ޝަރުޠުތަކަށް ޕޮއިންޓު ނުދޭ.

  • 2.

    (ހ)ގެ ބައި – ތަޢުލީމީ ބައި

  • 2.1

    ބައިނަލްއަޤުވާމީ ބޯޑު އިމްތިޙާނު (ތާވަލު 1)

މާއްދާގުރޭޑުޕޮއިންޓު
މެތެމެޓިކްސް⁦A*⁩⁦6⁩
ފިޒިކްސް⁦A⁩⁦5⁩
ކެމިސްޓްރީ⁦A⁩⁦5⁩
ބަޔޮލޮޖީ⁦B⁩⁦4⁩
އިނގިރޭސި⁦B⁩⁦4⁩
ދިވެހި⁦C⁩⁦-⁩
ބިޒްނަސް ސްޓަޑީސް⁦C⁩⁦-⁩

ދަރިވަރު 7 މާއްދާ ހަދާފައިވީ ނަމަވެސް، ތާވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގުނާނީ އެންމެ މަތިން ޕޮއިންޓު ލިބޭ 5 މަާއްދާ އެވެ.

ހިސާބު: 6 + 5 + 5 + 4 + 4 = 24 ޕޮއިންޓު – 30/24 ޕޓ

  • 2.2

    ޤައުމީ ބޯޑު އިމްތިޙާނު (ތާވަލު 2)

މާއްދާގުރޭޑުޕޮއިންޓު
ދިވެހި⁦A*⁩⁦5⁩
އިސްލާމް⁦A⁩⁦4⁩
އިޖުތިމާޢީ ދިރާސާ⁦B⁩⁦3⁩
އެކައުންޓިންގ⁦C⁩⁦-⁩

ދަރިވަރަށް އެންމެ މަތިން ޕޮއިންޓު ލިބިފައިވާ 3 މާއްދާ.

ހިސާބު: 5 + 4 + 3 = 12 ޕޮއިންޓު – 15/12 ޕޓ

  • 2.3

    މޮކް އިމްތިޙާން (ތާވަލު 3)

މާއްދާމާކްސް
މެތެމެޓިކްސް⁦88⁩
ފިޒިކްސް⁦79⁩
ކެމިސްޓްރީ⁦82⁩
ބަޔޮލޮޖީ⁦71⁩
އިނގިރޭސި⁦68⁩
ދިވެހި⁦75⁩
ބިޒްނަސް ސްޓަޑީސް⁦63⁩

ޖުމުލަ = 526 މާއްދާގެ އަދަދު = 7

އެވްރެޖްގެ ހިސާބު: 526 ÷ 7 = 75.14%

75.14% ފެތެނީ %84.9-75 ގެ ގިންތިއަށެވެ. އެއީ 12 ޕޮއިންޓު. 15/12 ޕޓ

އެއްވެސް މާއްދާއަކުން F ގްރޭޑް ލިބިފައި ނުވާތީ، މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނުކުތާގެ ޝަރުޠު ފުރިހަމަވެއެވެ.

(ހ)ގެ ބައިގެ ޖުމުލަ ޕޮއިންޓު: 24 + 12 + 12 = 48 ޕޮއިންޓު. 60/48 ޕޓ

  • 3.

    (ށ)ގެ ބައި – ބައިވެރިވެފައިވާ މުބާރާތްތައް

⁦#⁩މުބާރާތްފެންވަރުއަހަރުފާއިތުވި އަހަރުތައްއަސާސީ ޕޮއިންޓު (ތާވަލު 4)ގުނަ (ތާވަލު 5)ޖުމުލަ ޕޮއިންޓު
⁦1⁩ބައިނަލްއަޤުވާމި މެތެމެޓިކްސް އޮލިމްޕިއަޑްބައިނަލްއަޤުވާމީ⁦2025⁩⁦1⁩⁦8⁩⁦1.0⁩⁦8.0⁩
⁦2⁩ޤައުމީ ސައިންސް ފެއަރޤައުމީ⁦2024⁩⁦2⁩⁦5⁩⁦1.0⁩⁦5.0⁩
⁦3⁩އަތޮޅު އާޓް މުބާރާތްއަތޮޅު⁦2023⁩⁦3⁩⁦3⁩⁦1.0⁩⁦3.0⁩
⁦4⁩ޤައުމީ ޤުރުއާން މުބާރާތްޤައުމީ⁦2021⁩⁦5⁩⁦5⁩⁦0.6⁩⁦3.0⁩
⁦5⁩އިންޓަރ-ސްކޫލް ބަހުސް މުބާރާތްއަތޮޅު⁦2019⁩⁦7⁩⁦3⁩⁦0.6⁩⁦1.8⁩
⁦6⁩އަތޮޅު ކުޅިވަރު މުބާރާތްއަތޮޅު⁦2017⁩⁦9⁩⁦3⁩⁦0.3⁩⁦0.9⁩

ޖުމުލަ = 8.0 + 5.0 + 3.0 + 3.0 + 1.8 + 0.9 = 21.7 ޕޓ

21.7 އަކީ 20 އަށްވުރެ މަތީ އަދަދެއް ކަމުން، މި ޖަދުވަލުގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕޮއިންޓު ކަނޑައެޅޭނީ 20 ޕޮއިންޓެވެ.

(ށ)ގެ ބައިގެ ޖުމުލަ ޕޮއިންޓު: 20 ޕޮއިންޓު. 20/20 ޕޓ

  • 4.

    (ނ)ގެ ބައި – ޔުނިފޯމު ބޮޑީ ޙަރަކާތްތައް

ތަފްޞީލްޕޮއިންޓު
އެއް ޔުނިފޯމު ބޮޑީގައި ބައިވެރިވުންކެޑޭޓް ކޯ⁦4⁩
އިތުރު ބޮޑީއެއްސްކައުޓް⁦+2⁩
މަޤާމަށް ނުވަތަ ރޭންކްކެޑޭޓް ސާޖަންޓު⁦+2⁩

(ނ)ގެ ބައިގެ ޖުމުލަ ޕޮއިންޓު: 8 ޕޮއިންޓު. 10/08 ޕޓ

  • 5.

    (ރ)ގެ ބައި – އިތުރު ޙަރަކާތްތަައް

⁦#⁩ޙަރަކާތްޕޮއިންޓު
⁦1⁩ސްކޫލު ޕްރިފެކްޓު⁦2⁩
⁦2⁩ސްޓޫޑަންޓް ކައުންސިލް⁦2⁩
⁦3⁩ތިމާވެއްޓާއި ބެހޭ ކްލަބް⁦2⁩
⁦4⁩ޑްރާމާ ކްލަބް⁦2⁩
⁦5⁩ޗެސް ކްލަބް⁦2⁩
⁦6⁩ރެޑް ކްރެެސެންޓްގެ ވޮލަންޓިއަރ⁦2⁩

ޖުމުލަ = 12 ޕޓ.

10 ޕޮއިންޓަށްވުރެ ގިނަ ވާނަމަ ކަނޑައެޅޭނީ 10 ޕޮއިންޓެވެ.

(ރ)ގެ ބައިގެ ޖުމުލަ ޕޮއިންޓު: 10 ޕޮއިންޓު. 10/10 ޕޓ

  • 6.

    ޖުމުލަ ޕޮއިންޓު

ބައިލިބުނު ޕޮއިންޓުޖުމުލަ ޕޮއިންޓު
(ހ)⁦48⁩⁦60⁩
(ށ)⁦20⁩⁦20⁩
(ނ)⁦8⁩⁦10⁩
(ރ)⁦10⁩⁦10⁩
ޖުމުލަ⁦86⁩⁦100⁩
  • 7.

    ހަމަހަމަވުމުގެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ މިސާލު

ބައިދަރިވަރު 1ދަރިވަރު 2
1(ހ)⁦24⁩⁦22⁩
2(ހ)⁦12⁩⁦13⁩
3(ހ)⁦12⁩⁦12⁩
(ށ)⁦20⁩⁦20⁩
(ނ)⁦8⁩⁦9⁩
(ރ)⁦10⁩⁦10⁩
ޖުމުލަ⁦86⁩⁦86⁩

މި ޖަދުވަލުގައި ބަޔާންކޮށްފައިވާ " ދެ ދަރިވަރަކާއި ނުވަތަ އެއައްވުރެ ގިނަ ދަރިވަރުންނަށް އެއްވަރަކަށް ޕޮއިންޓު ލިބިއްޖެ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ގޮތް"ގެ ތަރުތީބުގެ 1 ވަނަ ނުކުތާ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 1(ހ) އިން އެންމެ ގިނައިން ޕޮއިންޓު ލިބިފައިވަނީ ދަރިވަރު 1 އަށެވެ. ވީމާ، ދަރިވަރު 1 ދަރިވަރު 2 ގެ ކުރިއަށް ތަރުތީބު ކުރެވިގެންދާނެއެވެ. ފަހަތުގައިވާ ނުކުތާތަކަށް ބަލަން ނުޖެހެއެވެ.

މި ޖަދުވަލުގައި ބަޔާންކޮށްފައިވާ ތާވަލުތަކާއި މިންގަނޑުތަކަކީ، މި އުސޫލުގެ 5 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ޕޮއިންޓު ދިނުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކެވެ. މި ޖަދުވަލުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތް ކަނޑައަޅާނީ މި ޕްރޮގްރާމުގެ ހިންގާ ކޮމިޓީންނެވެ. އަދި އެ ނިންމުމެއް ލިޔުމުން ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލަށް ބަޔާންކުރަންވާނެއެވެ.

17 ރަބީޢުލްއައްވަލް 1448 30 އޮގަސްޓު 2026

ޖަދުވަލު 5

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 5ގެ 9 ވަނަ މާއްދާގަައި ބަޔާންކޮށްފައި ތިިިބި ނަމޫނާތަކާއި މިންތައް

މި ޖަދުވަލުގައި ވާނީ މި ކައުންސިލުގެ އުސޫލު ނަންބަރު 5ގެ 9 ވަނަ މާއްދާގައި މި ޖަދުވަލަށް ރިފަރ ކޮށްފައިވާ ހުރިހާ އިނާމު ތަކެއްގެ ނަމޫނާތަކާއި މިންތަކެވެ.

  • 1.

    ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ދަރިވަރަކަށް ދެވޭ 10-8 އިންޗީގެ ޓްރޮފީގެ ނަމޫނާ

  • 2.

    ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ދަރިވަރަކަށް ދެވޭ 8-5 އިންޗީގެ ހަނދާނީ ފިލާގެ ނަމޫނާ\

  • 3.

    ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ދަރިވަރަކަށް ދެވޭ 8-5 އިންޗީގެ ޝީލްޑުގެ ނަމޫނާ

  • 4.

    މި އުސޫލުގެ 9 ވަނަ މާއްދާގެ (ރ)ގައި ވާ ގޮތުގެ މަތިން ދައުލަތުން ދެއްވާ 13.5-8 އިންޗީގެ ޓްރޮފީގެ ނަމޫނާ

  • 5.

    މި އުސޫލުގެ 9 ވަނަ މާއްދާގެ (ރ)ގައި ވާ ގޮތުގެ މަތިން ދައުލަތުން ދެއްވާ 10-8 އިންޗީގެ ހަދާނީ ފިލާ ނުވަތަ ޝީލްޑުގެ ނަމޫނާ

  • 6.

    މި އުސޫލުގެ 9 ވަނަ މާއްދާގެ (ރ)ގައި ވާ ގޮތުގެ މަތިން ދައުލަތުން ދެއްވާ ފައިސާގެ އިނާމުގެ މިންތައް

މި މިންތައް ކަނޑައެޅުމުގެ ޙައްޤު ލިބިގެންވާނީ އެ އަހަރެއްގައި އެކުލެވޭ މި ޕްރޮގްރާމް ހިންގުމުގެ ކޮމިޓީއަށާއި، ދިވެހިރާއްޖޭގެ ދައުލަތުގެ ވަޒީރުންގެ މަޖިލީހަށާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާއަށެވެ.

  • 7.

    މި އުސޫލުގެ 9 ވަނަ މާއްދާގެ (ބ)ގައި ވާ ގޮތުގެ މަތިން ސީއެސްއޭ އިން ދެއްވާ 13.5-10 އިންޗީގެ ޝީލްޑުގެ ނަމޫނާ

މި ޖަދުވަލުގައިވާ ފޮޓޯތަކަކީ ނަމޫނާ ތަކެވެ. އެ އަހަރެއްގައި ޑިޒައިން ތަފާތުކޮށްވެސް ހެދޭނެއެވެ.

ޝުކުރިއްޔާ.

17 ރަބީޢުލްއައްވަލް 1448 30 އޮގަސްޓު 2026