The CSA Gazette
CSA GazetteVolume 2 · Number 421 Aug 2026CSA/G2-4

Announcement · SSC(IUL)/01/EXEC/03

ސަލާދީބު ސަލާމަތީ ކައުންސިލުގެ މާލީ ސިޔާސަތު

ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ (ސީ.އެސް.އޭ) އާއި ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާ އާއި ގުޅިގެން އިފްތިތާޙުކޮށްފައިވާ ސަލާދީބު ސަލާމަތީ ކައުންސިލުގެ މާލީ ޤަވާޢިދާއި ސިޔާސަތު މިބަޔާނުން ތަންފީޒު ކުރެވިގެންދާނެއެވެ. މި ބަޔާން "ސަލާދީބު ސަލާމަތީ ކައުންސިލްގެ މާލީ ސިޔާސަތު" ޝާޢިރު ކުރެވިފައިވަނީ، ސީ.އެސް.އޭގެ ޑިރެކްޓަރުގެ އޮފީހުންނެވެ. މި ބަޔާނުގައި ޤާނޫނީ ބާރު ލިބިގެންދާނީ ސީ.އެސް.އޭގެ ޤާނޫނީ އަސާސީިންނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިންނެވެ. މި ބަޔާނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަކީ ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު ޤާނޫނު ނަންބަރު 7/2023ގެ މައްޗައް އެކުލަވާލެވިގެން ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކެވެ.

މި ކައުންސިލުގެ ބޯޑް އޮފް ޑިރެކްޓާރސް ނުވަތަ ޑިރެކްޓަރުންގެ ބޯޑަކީ ސަލާދީބު ކައުންސިލުގެ ހިންގާ ކޮމީޓީ ނުވަތަ މަހަލްތީ ކޮމިޓީއެވެ. މި ކައުންސިލުގެ އެންމެ އިސް ހިއްސާދާރަކީ ސީ.އެސް.އޭއެވެ. މިއީ %50 ގެ ހިއްސާދާރެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހިއްސާއަކީ 25% އެވެ. ސަލާދީބުގެ ބަޖެޓަށް މި ކައުންސިލުގެެ %15 ހިއްސާވާނީ ކަނޑަ އަޅުއްވާފައެވެ. ސަލާދީބުގެ ޕަބްލިކް ހިއްސާ އަކީ %10 އެވެ. މިއީ ދިވެހި ދައުލަތުގެ ހިއްސާއެކެވެ. މިދެންނެވި ހިއްސާތަކުގެ ޗާޓެއް ތިރީގައި އެވަނީއެވެ.

ސަލާދީބު ސަލާމަތި ކައުންސިލުގެ ޙިއްސާ ދައްކުވާދޭ ޗާޓު

  • •

    ސީ.އެސް.އޭ

  • •

    ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާ

  • •

    ސަލާދީބު ސަލާމަތީ ކައުންސިލް

  • •

    ދިވެހިރާއްޖޭގެ ދައުލަތް

ސަލާދިބު ސަލާމަތީ ކައުންސިލުގެ ޙިއްސާއެއްގެ އަގަކީ 15،000،000 ރުފިޔާ ނުވަތަ 972,762.65އެމެރިކާގެ ޑޮލަރެވެ. ސީ.އެސް.އޭގެ ޑިރެކްޓާރ ޖެނެރަލްގެ ޢަމުރުފުޅަކުން މި ޙިއްސާގެ އަގު ވަނީ 20 އޮގަސްޓު 2026 ގައި ބަދަލުވެފައެވެ. ސަލާދީބުގެ ކުރީގެ ޙިއްސާގެ އަގަކީ 150،000 ދިވެހި ރުފިޔާއެވެ.

ތިރީގައިވާ ތާވަލުން ދައްކުވާދޭނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ބަޖެޓުގެ ރިޒާވުގައި ކެޕިޓަލް ނުވަތަ އެކުއިޓީ ގޮތުގައި ޖުމްލަކޮށް ހުންނަންޖެހޭނެ އަދަދުތަކެވެ.

ހިއްސާދާރުހިއްސާހިއްސާގެ އަގު (ރުފިޔާ)ހިއްސާގެ އަގު (އެމެރިކާގެ ޑޮލަރު)
ސީ.އެސް.އޭ⁦50%⁩⁦750,000,000⁩⁦48,638,132.30⁩
ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާ⁦25%⁩⁦375,000,000⁩⁦24,319,066.15⁩
ސަލާދީބު ސަލާމަތީ ކައުންސިލް⁦15%⁩⁦225,000,000⁩⁦14,591,439.69⁩
ދިވެހިރާއްޖޭގެ ދައުލަތް⁦10%⁩⁦150,000,000⁩⁦9,727,626.46⁩
އެކުއިޓީގެ ޖުމްލަ އަދަދު ނުވަތަ ހިއްސާގެ ޖުމްލަ އަދަދު⁦1,500,000,000⁩⁦97,276,264.60⁩

ސަލާދީބު ސަލާމަތީ ކައުންސިލުގެ ބަޖެޓު ކަނޑައަޅުއްވާނީ ސީ.އެސް.އޭގެ އިޤުތިސާދާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި މަހަލްތީ ކޮމީޓީގެ މަންދޫބެއްގެ ޙާޒިރީގައި އެކުލަވާލާ ކޮމިޓީއަކުންނެވެ.

  • 1.

    ސަލާދީބު ސަލާމަތީ ކައުންސިލުގެ ބަޖެޓު ކޮންމެ ކުއާރޓާއެއްގައި ހަމަޖައްސަވަން ޖެހޭނެއެވެ. މި ނުކުތާގައި "ކުއާރޓާ"ގެ މާނަޔަކީ ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ 01 އިން ފެށިގެން 3 މަހަށް ކިޔާނަމެކެވެ. މިގޮތުން، ޖަނަވަރީ 1 އިން ފެށިގެން އޭޕްރިލް 1 އާހަމައަށް އެއީ އަހަރުގެ ފުރަތަމަ ކުއާރޓަރެވެ. އޭޕްރިލް 1 އިން ޖުލައި 1 އާހަމައަށް އެއީ އަހަރުގެ ދެވަނަ ކުއާރޓަރެވެ. ޖުލައި 1 އިން އޮކްޓޫބަރު 1 އާހަމައަށް އެއީ އަހަރުގެ ތިންވަނަ ކުއާރޓަރެވެ. އޮކްޓޫބަރު 1 އިން ފެށިގެން ޖެހިގެން އަންނަ އަހަރެއްގެ ޖަނަވަރީ 1 އާހަމައަށް އެއީ އެ އަހަރެއްގެ ހަތަރުވަނަ ކުއާރޓަރެވެ.

  • 2.

    މި ކައުންސިލުގެ ބަޖެޓު ހަމަޖައްސަވާނީ "ބަޖެޓާއި މާލީ ސިޔާސަތާއި ބެހޭ ކޮމިޓީ" ނަމަކަށް ނަންދެވިފައިވާ ކޮމިޓީ އަކުންެނެވެ. މި ކޮމިޓީގެ ހުރިހާ ޖަލްސާތައް ލިޔުމުން ރެކޯޑު ކުރެވިފައި ހުންނަން ޖެހޭނެއެވެ. މި ކޮމިޓީގެ މެމްބަރުން އައްޔަން ކުރާނީ ސީ.އެސް.އޭގެ ކެބިނެޓުންނެވެ. ކުރިން ދެންްނެވި ފަދައިން މެމްބަރުންނަށް ތިބެންވާނީ – ސީ.އެސް.އޭގެ އިޤުތިސާދާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ގިނަވެގެން 3 މަންދޫބުން، (މީގެތެރެއިން ސީ.އެސް.އޭގެ އޮނިގަނޑުން އެންމެ އިސް ބޭފުޅާވެގެންދާނީ ކޮމިޓީގެ ރައީސް ކަމަށެވެ.) ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ގިނަވެގެން 2 މަންދޫބުން، މަހަލްތީ ކޮމިޓީގެ ތެރެއިންނާއި ނުވަތަ ސަލާދީބުގެ އިސްވެރިންގެ ތެރެއިން ގިނަވެގެން 5 މަންދޫބުންނެވެ. މީގެއިތުރުން، މި ކޮމީޓީގެ ޖަލްސާތަކުގެ ޓްރާންސްކްރިޕްޓާރ ނުވަތަ ހެކިވެރިޔެއްގެ ގޮތުގައި ސީ.އެސް.އޭގެ ކެބިނެޓުން އައްޔަން ކުރައްވާ ބޭފުޅަކު ހުންނަންޖެހޭނެއެވެ. ކޮމިޓީގެ ކޯރަމް (Quorum) އަކީ 4 ބޭފުޅުންނެވެ. މި ކޮމިޓީ އަށް އައްޔަންކުރެވިގެންދާ މެންބަރުންނަކީ މުޅި އަހަރަށް ކޮމިޓީއަށް އައްޔަން ކުރެވިގެންދާ މެންބަރުނެވެ. އެ މެންބަރެއްގެ އަމިއްލަ އުޒުރަކުން ކޮމިޓީއިން އިސްތިއުފާ ދެވިދާނެެއެވެ. އިސްތިއުފާ ނުދެއްވާ، ސީ.އެސް.އޭ އިން ނުވަތަ ދިވެހިރާއްޖޭގެ ސަރުކާރުން ނުވަތަ ސަލާދީބުގެ މަހަލްތީ ކޮމިޓީއިން އެ މެންބަރަކު ކަނޑާނުލާ ހާލަތްތަކުގައި އެ މެންބަރަކު ކޮމީޓީގައި ދެމިހުންނާނެއެވެ.

  • 3.

    ބަޖެޓު ކަނޑައަޅުއްވާއިރު ކައުންސިލުގެ އެކުއިޓީއަށް ވުރެ ގިނަ ބަޖެޓެއް ކަނޑައަޅުއްވޭނެއެވެ. ނަމަވެސް، އެ އެކުލަވާލާ ބަޖެޓު މި ކައުންސިލުގެ އެކުއިޓީއަށް ވުރެ %350 ގިނަ ވެއްޖެ ހިނދަކު ބަޖެޓު ފާހެއްނުވާނެއެވެ. އެކުއިޓީގެ %350 އަކީ 5,250,000,000 ދިވެހި ރުފިޔާ ނުވަތަ 340,466,926.07 އެމެރިކާގެ ޑޮލަރެވެ. ބަޖެޓު ކަނޑައަޅުއްވާއިރު ކައުންސިލާއި ކައުންސިލުގެ ޑިވިޜަން ތަކާއި ސެކްޝަންތަކުން ކުރަން ރާވާފައި ހުރި މަޝްރޫޢުތަކަށް ތަންދޭވަރަށް ކަނޑަ އަޅުއްވަން ޖެހޭނެއެވެ.

  • 4.

    ކައުންސިލުގެ ބަޖެޓު ފާސް ކުރައްވާނީ ސީ.އެސް.އޭގެ ބައިނަލްއަޤުވާމީ މަޖިލީހުންނެވެ.

  • 5.

    ކައުންސިލަށް ބަޖެޓު ޙިއްސާކޮށް ފޯރު ކޮށްދޭނީ ބައިނަލްއަޤުވާމީ މޮނެޓަރީ އޮތޯރިޓީންނެވެ.

މި ބަޔާނުގައި އެއްވެސް މައްސަލައެއްވާނަމަ ނުވަތަ ތިޔަ ފަރާތުގެ އެއްވެސް ޝަކުވާއެއްވާނަމަ regulations@ssc.mv.csa އަށް މެއިލް ކުރައްވާ ޝަކުވާ ހުށަހެޅެއްވުމަށް ދަންނަވަމެވެ.

7 ރަބީޢުލް އައްވަލް 1447 21 އޮގަސްޓު 2026

ފާޠިމަތު ޒަޙާ ރަޝީދު

ސީ.އެސް.އޭގެ ޗީފް އޮފް ސްޓާފް ސަލާދީބުގެ ޢާންމު ގުޅުންތަކާއި ބެހޭ ޑިޕާޓުމަންޓުގެ ވަގުތީ ޑިރެކްޓަރ