Announcement · SSC(IUL)/01/EXEC/02
މަހަލްތީ ކޮމިޓީ އިފްތިތާޙު ކުރުމުގެ ބަޔާން
ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ (ސީ.އެސް.އޭ) އާއި ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާ އާއި ގުޅިގެން އިފްތިތާޙުކޮށްފައިވާ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ ކޮމިޓީ ނުވަތަ މަހަލްތީ ކޮމިޓީ މި ބަޔާނުން އިފްތިތާޙު ކުރެވިގެންދާނެއެވެ. މި ބަޔާން "ސަލާދީބު ސަލާމަތީ ކައުންސިލްގެ ހިންގާ ކޮމިޓީ ނުވަތަ މަހަލްތީ ކޮމިޓީ އާއި ސަލާދިބުގެ އިސްވާރުންގެ ތަފާތު ޜިވިޝަންތައް އިފްތިތާޙު ކުރުމުގެ ބަޔާން" ޝާޢިރު ކުރެވިފައިވަނީ، ސީ.އެސް.އޭގެ ޑިރެކްޓަރުގެ އޮފީހުންނެވެ. މި ބަޔާނުގައި ޤާނޫނީ ބާރު ލިބިގެންދާނީ ސީ.އެސް.އޭގެ ޤާނޫނީ އަސާސީިންނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިންނެވެ.
ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާ އާއި މުޅި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ސީ.އެސް.އޭގެ ސަލާމަތީ ކައުންސިލާއި، ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓާއި ގުޅިގެން އިފްތިތާޙު ކޮށްފައިވާ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ ކޮމިޓީ ނުވަތަ މަހަލްތީ ކޮމިޓީގެ އެންމެ އިސްބޭފުޅުން ދަންނަވާ، އިޢުލާން ކުރަމުއެވެ.
- 1.
ސަލާދީބު ސަލާމަތީ ކައުންސިލުގެ އެންމެ އިސްވެރިޔާ އަކަށް މަސައްކަތް ކުރައްވާނީ ސީ.އެސް.އޭގެ ސެކިއުރިޓީ ކައުންސިލާއި ދިވެހި ސަރުކާރުން އެއްބަސްވެ އައްޔަން ކުރައްވާ ސެކްރެޓަރީ ޖެނެރަލެކެވެ. ސަލާދީބުގެ އެސް.ޖީ އައްޔަން ކުރުމަށް އެއްބަސްވާ ލިޔުމުގައި ސީ.އެސް.އޭގެ ޚާރިޖީ ވަޒީރާއި، ސީ.އެސް.އޭގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ޑިޕާޓުމަންޓުގެ ރައީސާ އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރާއި، ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓުގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ވަޒީރު ނުވަތަ ދިވެހިރާއްޖޭގެ ރައީސްގެ އޮފީހުގެ ޗީފް އޮފް ސްޓާފް ނުވަތަ ދިވެހިރާއްޖޭގެ ރައީސްގެ އޮފީހުގެ އެންމެ އިސް ތަޙުޤީޤުތަކާއި ބެހޭ އޮފިސަރު ނުވަތަ އެ ގިންތީގެ ބޭފުޅަކު ސޮއި ކުރައްވަން ޖެހޭނެއެވެ.
- 2.
ސަލާދީބު ސަލާމަތީ ކައުންސިލުގެ އެންމެ އިސްވެރިޔާގެ ނައިބަކަށް މަސައްކަތް ކުރައްވާނީ ސީ.އެސް.އޭގެ ސެކިއުރިޓީ ކައުންސިލުންނާއި ދިވެހި ސަރުކާރުން އެއްބަސްވެ އައްޔަން ކުރައްވާ ސެކްރެޓަރީ ޖެނެރަލްގެ ނައިބެކެވެ. ނުވަތަ މިދެންނެވި ދެ ޜިވިޝަންތަކުން ހުއްދަ ދީފި ހިނދެއްގައި އެސް.ޖީ އައްޔަން ކުރުމަށްފަހު، އެސް.ޖީ އަށް ޑީ.އެސް.ޖީ އައްޔަން ކުރުމުގެ ބާރު ލިބިގެންދާނެއެވެ. ޑީ.އެސް.ޖީ އައްޔަން ކުރުމަށް އެއްބަސްވާ ލިޔުމުގައި ސީ.އެސް.އޭގެ ޚާރިޖީ ވަޒީރާއި ނުވަތަ ސީ.އެސް.އޭގެ ދައުލަތުގެ ޚާރިޖީ ވަޒީރަކާއި ނުވަތަ ސީ.އެސް.އޭގެ ޚާރިޖީ ވަޒީރުގެ ނައިބަކާއި، ސީ.އެސް.އޭގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ޑިޕާޓުމަންޓުގެ ރައީސާ ނުވަތަ ސީ.އެސް.އޭގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ޑިޕާޓުމަންޓުގެ ނާއިބު ރައީސް ނުވަތަ ސީ.އެސް.އޭގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ޑިޕާޓުމަންޓުގެ ޑިރެކްޓަރެއްް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރާއި ނުވަތަ ދިވެހިރާއްޖޭގެ ދައުލަތުގެ ޚާރިޖީ ވަޒީރަކާއި ނުވަތަ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ނައިބަކާއި، ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓުގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ވަޒީރު ނުވަތަ ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓުގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ދައުލަތުގެ ވަޒީރަކާއި ނުވަތަ ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓުގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ވަޒީރުގެ ނައިބަކާއި ނުވަތަ ދިވެހިރާއްޖޭގެ ރައީސްގެ އޮފީހުގެ ޗީފް އޮފް ސްޓާފް ނުވަތަ ދިވެހިރާއްޖޭގެ ރައީސްގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ ނައިބު ނުވަތަ ދިވެހިރާއްޖޭގެ ރައީސްގެ އޮފީހުގެ އެންމެ އިސް ތަޙުޤީޤުތަކާއި ބެހޭ އޮފިސަރު ނުވަތަ ދިވެހިރާއްޖޭގެ ރައީސްގެ އޮފީހުގެ ދެވަނަޔަށް އެންމެ އިސް ތަޙުޤީޤުތަކާއި ބެހޭ އޮފިސަރު ނުވަތަ މިދެންނެވި ގިންތި ތަކުގެ ބޭފުޅަކު ސޮއި ކުރައްވަން ޖެހޭނެއެވެ. ކުރިންދެންނެވި ޙާލަތެއްގައި، ސަލާދީބުގެ ޑީ.އެސް.ޖީ އައްޔަން ކޮށްފައިވަނީ ސަލާދީބުގެ އެސް.ޖީ ކަމަށްވާނަމަ ސަލާދީބުގެ އެސް.ޖީ ވެސް މި ބަޔާނުގައި ސޮއި ކުރައްވަން ޖެހޭނެއެވެ.
- 3.
ސަލާދީބު ސަލާމަތީ ކައުންސިލުގެ އެސް.ޖީ އަދި ޑީ.އެސް.ޖީ އައްޔަން ކުރުމަށްފަހު، މަހަލްތީ ކޮމިޓީގެ ޑިރެކްޓަރުން އައްޔަން ކުރެއްވުމުގެ ބާރު އެސް.ޖީއަށާއި ޑީ.އެސް.ޖީއަށް ލިބިގެންދާނެއެވެ. މަހަލްތީ ކޮމީޓީގެ ޑިރެކްޓަރުންގެ ތެރޭގައި މިދަންނަވާ ގިންތިތައް ހިމެނިގެން ދާނެއެވެ. (އެކަމަކު މި ދަންނަވާ ގިންތިތައް ހިމެނުން މަޖުބޫރެއް ނޫނެވެ. އަދި މި ގިންތިތަކުން ނިމުނީއެއް ނޫނެވެ.)
- *
އެގްޒެކެޓިވް ގިންތި: ސީނިއާރ އެގްޒެކެޓިވް ޑިރެކްޓަރު، އެގްޒެކެޓިވް ޑިރެކްޓަރު، ޗީފް އެގްޒެކެޓިވް ޑިރެކްޓަރު، ޗީފް ޑިރެކްޓަރު، އިސް ޑިރެކްޓަރު، ސީނިއާރ ޑިރެކްޓަރު
- *
އާންމު ގިންތި: ޑިރެކްޓަރު، މެމްބަރު، އޮފިސަރު، ސެކްރެޓަރީ، އެގްޒެކެޓިވް
- *
އެހެނިހެން ގިންތި: ލިއޭޒޯނުން، އެޑްވައިޒަރުން، ތަރުޖަމާނުން، ނޫސް އޮފިސަރު، ނޫސް ސެކްރެޓަރީ
މަހަލްތީ ކޮމިޓީ ނުވަތަ ސަލާދީބު ސަލާމަތި ކައުންސިލުގެ ހިންގާ ކޮމިޓީއަށް ހުރިހާ ޑިރެކްޓަރުން އައްޔަންކޮށް ނިމުމުން، ސަލާދީބުގެ ސީނިއަރ މެނޭޖުމަންޓު ޓީމް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ. އަދި ދެންނެވީމެވެ، ސަލާދީބުގެ އެސް.އެމް.ޓީ ވެގެން ދާނީ ރަސްމީކޮށް ސަލާދީބު ރަމްޒުކޮށްދޭ އިސްވާރުންގެ ޓީމަށެވެ.
ސަލާދީބު އޯވަސީ ކުރެވިގެންދާނީ ސީ.އެސް.އޭގެ ސެކިއުރިޓީ ކައުންސިލް ނުވަތަ ސީ.އެސް.އޭގެ ކެބިނެޓުންނެވެ. ސަލާދީބުގެ ހުރިހާ މެމްބަރުން މުވައްޒަފުކުރެވިފައިވާނީ ސީ.އެސް.އޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ސީ.އެސް.އޭގެ ދަފްތަރުގައެވެެ.
- 1.
ސަލާދީބު ސަލާމަތީ ކައުންސިލުގެ ސީނިއަރ މެނޭޖުމަންޓު ޓީމުގައި މިދަންނަވާ މަޤާމުތައް ހިމެނުމަކީ މަޖުބޫރުވެގެންވާކަމެކެވެ.
- *
މަހަލްތީ ކޮމިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު
- *
ޗީފް އެގްޒެކެޓިވް އޮފިސާ (ސީ.އީ.އޯ)
- *
ޗީފް އޮޕަރޭޓިންގ އޮފިސާ (ސީ.އޯ.އޯ)
- *
ޗީފް ފިނޭންސް އޮފިސާ (ސީ.އެފް.އޯ)
- *
ޗީފް ލީގަލް އޮފިސާ (ސީ.އެލް.އޯ)
- *
ސީނިއާރ ކައުންސިލް އެގްޒެކެޓިވުން
- *
ކައުންސިލުގެ އެގްޒެކެޓިވް ސެކްރެޓަރީ
- *
ކައުންސިލުގެ އެގްޒެކެޓިވް ކޮމިއުނިކޭޝަން ޑިރެކްޓަރު
ސަލާދީބު ސަލާމަތީ ކައުންސިލުގެ އެންމެ އިސްވެރިއަކަށް މަސައްކަތް ކުރައްވާނީ، ސަލާދީބުގެ ސެކްރެޓަރީ ޖެނެރަލެވެ. އެސް.ޖީގެ ދަށުން މަސައްކަތް ކުރައްވާނީ ސަލާދީބުގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބެވެ. ޑީ.އެސް.ޖީގެ ދަށުން މަސައްކަތް ކުރަށްވާނީ މަހަލްތީ ކޮމިޓީގެ ހުރިހާ ގިންތީގެ ޑިރެކްޓަރުންނެވެ. މި ދެންނެވި ހުރިހާ ބޭފުޅުން އެކީ އެކުލެވިގެންދަނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ ކޮމިޓީ ނުވަތަ މަހަލްތީ ކޮމިޓީއެވެ.
މި ކޮމިޓީ އަކީ ދިވެހިރާއްޖޭގެ ކުންފުނީގެ ޤާނޫނުން ބައްލަވާނަމަ، މި ކައުންސިލުގެ ބޯޑް އޮފް ޑިރެކްޓާރސް ނުވަތަ ޑިރެކްޓަރުންގެ ބޯޑެވެ. މި ކައުންސިލުގެ އެންމެ އިސް ހިއްސާދާރަކީ ސީ.އެސް.އޭއެވެ. މިއީ %50 ގެ ހިއްސާދާރެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ހިއްސާއަކީ 25% އެވެ. ސަލާދީބުގެ ބަޖެޓަށް މި ކައުންސިލުގެެ %15 ހިއްސާވާނީ ކަނޑަ އަޅުއްވާފައެވެ. ސަލާދީބުގެ ޕަބްލިކް ހިއްސާ އަކީ %10 އެވެ. މިއީ ދިވެހި ދައުލަތުގެ ހިއްސާއެކެވެ. މިދެންނެވި ހިއްސާތަކުގެ ޗާޓެއް ތިރީގައި އެވަނީއެވެ.
ސަލާދީބު ސަލާމަތި ކައުންސިލުގެ ޙިއްސާ ދައްކުވާދޭ ޗާޓު
- •
ސީ.އެސް.އޭ
- •
ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާ
- •
ސަލާދީބު ސަލާމަތީ ކައުންސިލް
- •
ދިވެހިރާއްޖޭގެ ދައުލަތް
ސަލާދިބު ސަލާމަތީ ކައުންސިލުގެ ޙިއްސާއެއްގެ އަގަކީ 150،000 ރުފިޔާ ނުވަތަ 9،727.63 އެމެރިކާގެ ޑޮލަރެވެ. ތިރީގައިވާ ތާވަލުން ދައްކުވާދޭނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ބަޖެޓުގެ ރިޒާވުގައި ކެޕިޓަލް ނުވަތަ އެކުއިޓީ ގޮތުގައި ޖުމްލަކޮށް ހުންނަންޖެހޭނެ އަދަދުތަކެވެ.
| ހިއްސާދާރު | ހިއްސާ | ހިއްސާގެ އަގު (ރުފިޔާ) | ހިއްސާގެ އަގު (އެމެރިކާގެ ޑޮލަރު) |
|---|---|---|---|
| ސީ.އެސް.އޭ | 50% | 7،500،000 | 486,381.32 |
| ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާ | 25% | 3،750،000 | 243,190.66 |
| ސަލާދީބު ސަލާމަތީ ކައުންސިލް | 15% | 2،250،000 | 145,914.40 |
| ދިވެހިރާއްޖޭގެ ދައުލަތް | 10% | 1،500،000 | 97,276.30 |
| އެކުއިޓީގެ ޖުމްލަ އަދަދު ނުވަތަ ހިއްސާގެ ޖުމްލަ އަދަދު | 15,000,000 | 972,762.65 |
ސަލާދީބު ސަލާމަތީ ކައުންސިލުގެ ބަޖެޓު ކަނޑައަޅުއްވާނީ ސީ.އެސް.އޭގެ އިޤުތިސާދާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި މަހަލްތީ ކޮމީޓީގެ މަންދޫބެއްގެ ޙާޒިރީގައި އެކުލަވާލާ ކޮމިޓީއަކުންނެވެ.
މި ބަޔާނުގައި އެއްވެސް މައްސަލައެއްވާނަމަ ނުވަތަ ތިޔަ ފަރާތުގެ އެއްވެސް ޝަކުވާއެއްވާނަމަ regulations@ssc.mv.csa އަށް މެއިލް ކުރައްވާ ޝަކުވާ ހުށަހެޅެއްވުމަށް ދަންނަވަމެވެ.
4 ރަބީޢުލް އައްވަލް 1447 18 އޮގަސްޓު 2026
ފާޠިމަތު ޒަޙާ ރަޝީދު
ސީ.އެސް.އޭގެ ޗީފް އޮފް ސްޓާފް ސަލާދީބުގެ ޢާންމު ގުޅުންތަކާއި ބެހޭ ޑިޕާޓުމަންޓުގެ ވަގުތީ ޑިރެކްޓަރ

