President’s Order · President’s Order Number 04/2026
ސީ.އެސް.އޭގެ ޕަބްލިކް ކޮމްޕެނީސް އޮތޯރިޓީގެ ދަށަށް އީތޯސް ގްރޫޕް އޮފް ކޮމްޕެނީސް އެލް.އެލް.ސީ ގެނައުމާއި ގުޅޭ
ރައީސުލްވަކާލާގެ ޤަރާރު ނަންބަރު 04/2026
ސީ.އެސް.އޭގެ ޕަބްލިކް ކޮމްޕެނީސް އޮތޯރިޓީގެ ދަށަށް އީތޯސް ގްރޫޕް އޮފް ކޮމްޕެނީސް އެލް.އެލް.ސީ ގެނައުމާއި ގުޅޭ
ރައީސުލްވަކާލާގެ ޤަރާރު
بِسْمِ اللَّهِ الرَّحْمٰنِ الرَّحِيْمِ
اَلْحَمْدُ لِلَّهِ مَالِكِ الْمُلْكِ، ذِى الْجَلاَلِ وَالإِكْرَامِ؛ وَالصَّلاَةُ وَالسَّلاَمُ عَلَى سَيِّدِنَا مُحَمَّدٍ، وَآلِهِ وَصَحْبِهِ الْكِرَامِ.
އަހުރެން، އެންޒޯ ހަރްނާންޑޭޒް، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ރަޢީސުލްވަކާލާ ބުނެ އަންގަމެވެ.
ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ ދަށުން ސީ.އެސް.އޭގެ ޕަބްލިކް ކޮމްޕެނީސް އޮތޯރިޓީ ޤާއިމުކުރެވި، އެ އޮތޯރިޓީގެ ދަށަށް ކުންފުންޏެއް ގެނެވޭނީ ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ރަޢީސުލްވަކާލާ ސޮއިކުރައްވާ ޤަރާރަކުން ކަމަށް، ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިނދު؛
އަދި އީތޯސް ގުރޫޕް އޮފް ކޮމްޕެނީސް އެލް.އެލް.ސީ (މީގެފަހުން "އީތޯސް ގްރޫޕް") އަކީ، އެމެރިކާގެ ކެލިފޯނިއާ ދައުލަތުގެ ޤާނޫނުތަކުގެ ދަށުން އުފެދިފައިވާ، އެކި ދާޢިރާތަކަށް ޚިދުމަތްދޭ ކުންފުންޏަކަށް ކަމުގައިވުމާއެކު، މި ކުންފުނީގެ މެންބަރު ކުންފުނިތަކަކީ އެމެރިކާ، ދިވެހިރާއްޖެ އާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ރެޖިސްޓަރ ކުރެވިފައިވާ ކުންފުނިތައް ކަމުގައިވީ ހިނދު؛
އަދި އީތޯސް ގްރޫޕަކީ މި އޭޖެންސީގެ މައިގަނޑު އާންމު މަންފާއަށް މަސައްކަތް ކުރާ ކުންފުނިއަށް ވާންޖެހޭ ހިނދު؛
އަދި ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، އީތޮސް ގްރޫޕާއި، އެ ކުންފުނީގެ މެންބަރު ކުންފުނިތަކުގެ މިނިވަންކަން ބާޠިލުވެ، އެ ކުންފުނިތަކާއި، އެ ކުންފުނިތަކުގެ ހުރިހާ ޑިރެކްޓަރުންނާއި، މުވައްޒަފުންނާއި، މެންބަރުން، ސީއެސްއޭ ޕަބްލިކް ކޮމްޕެނީސް އޮތޯރިޓީގެ ބާރުގެ ދާއިރާއާއި، ޤާނޫނީ ބާރުތަކާއި، ތަންފީޛީ ބާރުތަކުގެ ދަށަށް ދާނެ ކަމަށް ކަނޑައަޅައި،
އަދި އީތޮސް ގްރޫޕުގެ ނަން "Ethos Group of Companies LLC" އިން "Ethos Group of Companies CPbc. LLC" އަށް ބަދަލުކޮށް، އެ ކުންފުނި ހިމެނޭނީ ބިޒްނަސް ޑިވެލޮޕްމަންޓްގެ އިންޑަސްޓްރީއާއި، އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސެކްޓަރގެ ދަށުގައި ކަމަށް ކަނޑައަޅައި،
އަދި ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ށ) ގެ ދަށުން އީތޮސް ގްރޫޕުގެ ކޮންމެ މެންބަރު ކުންފުންޏަކީވެސް ޕަބްލިކް ބޮންޑްސް ކުންފުންޏެއް ކަމުގައިވާތީ، މި އަމުރު ހިނގަން ފަށާ ތާރީޚުން ފެށިގެން، އެ ކުންފުނިތަކަށް ކިޔާނެ ނަންތަކާއި، އެ ކުންފުނިތައް ހިމެނޭނެ އިންޑަސްޓްރީތަކާއި ސެކްޓަރ ވުޒާރާތައް ތިރީގައިވާ ތާވަލުގައިވާ ގޮތަށް ކަނޑައަޅައި،
| ކުންފުނީގެ ނަން | ރަޖިސްޓަރީކުރެވުނު ޤާނޫނީ އިޚްތިޞާޞް | އިންޑަސްޓްރީ | ސެކްޓަރ ވުޒާރާ |
|---|---|---|---|
| އީތޯސް އެޑިއުކޭޝަން ކޯޕަރޭޝަން ސީޕީބީސީ. | ކެލިފޯނިއާގެ ދައުލަތް، އެމެރިކާ | ތަޢުލީމު | ތަޢުލީމާއި ބެހޭ ވުޒާރާ |
| އީތޯސް އެއަރލައިންސް ސީޕީބީސީ. | ކެލިފޯނިއާގެ ދައުލަތް، އެމެރިކާ | އުދުހުމާއި އެއަރޕޯޓު ހިންގުން | ބިނާރާއާއި ބެހޭ ވުޒާރާ |
| އީތޯސް މެޑިސިން އެންޑް ފާމަސޫޓިކަލްސް ކޯޕަރޭޝަން ސީޕީބީސީ. | ކެލިފޯނިއާގެ ދައުލަތް، އެމެރިކާ | ބޭހާއި ބޭސް ފަރުވާގެ ސާމާނު | ޞިއްޙަތާއި ރައްކާތެރިކަމާއި ބެހޭ ވުޒާރާ |
| އީތޯސް ކޮންސްޓްރަކްޝަންސް ސީޕީބީސީ. ލިމިޓެޑް. | ކެލިފޯނިއާގެ ދައުލަތް، އެމެރިކާ | ދަތުރުފަތުރާއި ކޮންޓްރެކްޓުކުރުން؛ ބިމާއި އިމާރާތުގެ ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީ | ބިނާރާއާއި ބެހޭ ވުޒާރާ |
| އީތޯސް ޓެކްނޮލޮޖީސް ސީޕީބީސީ. | ކެލެފޯނިއާގެ ދައުލަތް، އެމެރިކާ | ޓެލެކޮމިއުނިކޭޝަން | ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާ |
| ދިވެހިރާއްޖޭގެ އީތޯސް ކޯޕަރޭޝަން ސީޕީބީސީ. | ދިވެހިރާއްޖެ | ވިޔަފާރި ތަރައްޤީކުރުން؛ އާންމު ވިޔަފާރި | އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވުޒާރާ |
| އަތޮޅު ސިޓީ އީތޯސް އިންކޯޕަރޭޝަން ސީޕީބީސީ. | ދިވެހިރާއްޖެ | ވިޔަފާރި ތަރައްޤީކުރުން؛ އާންމު ވިޔަފާރި | އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވުޒާރާ |
| ޔޫއޭއީ އީތޯސް ކޯޕަރޭޝަން ސީޕީބީސީ. | ޔުނައިޓެޑް ޢަރަބް އެމިރޭޓްސް | ވިޔަފާރި ތަރައްޤީކުރުން؛ އާންމު ވިޔަފާރި | އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވުޒާރާ |
އަދި ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިން، އީތޮސް ގްރޫޕުގެ ހިއްސާގެ 50% އާއި، އެ ކުންފުނީގެ ކޮންމެ މެންބަރު ކުންފުންޏެއްގެ ހިއްސާގެ 50%، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީއަށް ބަދަލުކޮށް، އެ ކުންފުނިތަކުގެ މައި ހިއްސާދާރަކީ ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ ކަމަށް ކަނޑައަޅައި،
އަދި ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ ދަށުން ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ހިއްސާއާ ގުޅިފައިވާ ޙައްޤުތަކާއި ބާރުތައް، މި އަމުރު ހިނގަން ފަށާ ތާރީޚުން ފެށިގެން ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީއަށް ބަދަލުކޮށް، އެ ޙައްޤުތަކާއި ބާރުތައް ބޭނުންކުރާނީ، ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ ދަށުން، ކޮންމެ ކުންފުންޏަކަށް އައްޔަނު ކުރާ ނުވަތަ ކުރެވިފައިވާ ޙިއްސާތަކުގެ މަންދޫބު ކަމަށް ކަނޑައަޅައި،
އަދި އީތޮސް ގްރޫޕާއި އެ ކުންފުނީގެ ކޮންމެ މެންބަރު ކުންފުންޏެއްގެ ބާކީ 50%ގެ ހިއްސާ ބެހުމަކީ އެ ކުންފުންޏެއްގެ އިޚްތިޔާރެއް ކަމަށާއި، ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ހިއްސާ ހިފަހައްޓާ ފަރާތްތަކުގެ އަދާއި ހަމަ އެ ކުންފުންޏަކުން ސީއެސްއޭ ޕަބްލިކް ކޮމްޕެނީސް އޮތޯރިޓީއަށް އަންގަންވާނެ ކަމަށް ކަނޑައަޅައި،
އަދި ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) ގެ ދަށުން އީތޮސް ގްރޫޕަށް ޗެއަރޕަރސަނެއް ހުރުމަށް ހުއްދަދީ، އީތޮސް ގްރޫޕުގެ ބޯޑު ޢައްޔަނުކުރައްވާނީ ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ރަޢީސުލްވަކާލާ ކަމަށާއި، ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 46 ވަނަ މާއްދާގެ ދަށުން އީތޮސް ގްރޫޕަށް އަމިއްލައަށް ބޯޑެއް ޢައްޔަނެއް ނުކުރެވޭނެ ކަމަށާއި، އީތޮސް ގްރޫޕުގެ ބޯޑު ޑިރެކްޓަރުންނަކީ އެ ކުންފުނީގެ މެންބަރު ކުންފުނިތަކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުންނާއި ޢައްޔަނުކުރެވޭ އެހެން ޑިރެކްޓަރުން ކަމަށް ކަނޑައަޅައި،
އަދި މި އަމުރު ހިނގަން ފަށާ ތާރީޚުން ފެށިގެން، އީތޮސް ގްރޫޕުގެ ބޯޑަށް ތިރީގައިވާ ފަރާތްތައް ޢައްޔަނުކޮށް،
| ނަން | މަޤާމު |
|---|---|
| އޮނޮރަބަލް ޑރ. އެންޒޯ ހަރްނާންޑޭޒް، ޔޫއެފްއެޗްއެމްޖީ. | ގްރޫޕްގެ ޗެއަރޕާސަން |
| އޮނޮރަބަލް ޑރ. ޖަނާ މުޙައްމަދު، ޔޫއެފްއެމްޖީ. | މެނޭޖިންގ ޑިރެކްޓަރު |
| ޑރ. ޒެއިނާރ މެނާރ، ހ.ކލ. | ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު |
| ޑރ. މުޙައްމަދު އަލްވަރާޒް ނަސީމް | ޗީފް އެގްޒެކެޓިވް އޮފިސާ |
| ޑރ. ކާރލޯސް ރޮބިންސަން | ބޯޑު ޑިރެކްޓަރ؛ އީތޯސް އެޑިއުކޭޝަން ކޯޕަރޭޝަން ސީޕީބީސީ.ގެ ސީއީއޯ |
| ޖޭސަން ހެރެލް | ބޯޑު ޑިރެކްޓަރ؛ އީތޯސް އެއަރލައިންސް ސީޕީބީސީ.ގެ ސީއީއޯ |
| ޑރ. މޭރީ ވައިލްސް، އެމްޑީ.، އެފްއޭސީއެސް.، އެފްޔޫއެމްބީއެސް. (ފެލޯ އޮފް ދަ އެމެރިކަން ކޮލެޖް އޮފް ސާޖަންސް؛ ފެލޯ އޮފް ދަ ޔުނިވަރސަލް މެޑިކަލް ބޯޑް އޮފް ސާޖަރީ) | ބޯޑު ޑިރެކްޓަރ؛ އީތޯސް މެޑިސިން އެންޑް ފާމަސޫޓިކަލްސް ކޯޕަރޭޝަން ސީޕީބީސީ.ގެ ސީއީއޯ |
| އޭޑާ ހިކްސް | ބޯޑު ޑިރެކްޓަރ؛ އީތޯސް ކޮންސްޓްރަކްޝަންސް ސީޕީބީސީ. ލިމިޓެޑް.ގެ ސީއީއޯ |
| ޑރ. ކޭތެރިން ޖެންޓްރީ | ބޯޑު ޑިރެކްޓަރ؛ އީތޯސް ޓެކްނޮލޮޖީސް ސީޕީބީސީ.ގެ ސީއީއޯ |
| އުސްތާޛާ ފާޠިމަތު ނަޖުލާ ޢަލީ، ބަންޑާރަ ނައިބު (ރޓޑ.) | ބޯޑު ޑިރެކްޓަރ؛ ދިވެހިރާއްޖޭގެ އީތޯސް ކޯޕަރޭޝަން ސީޕީބީސީ.ގެ ސީއީއޯ |
| ޑރ. ތައުހީދު މުޙައްމަދު | ބޯޑު ޑިރެކްޓަރ؛ އަތޮޅު ސިޓީ އީތޯސް އިންކޯޕަރޭޝަން ސީޕީބީސީ.ގެ ސީއީއޯ |
| ހާރ އެކްސެލެންސީ. ޑރ. މަވާހިބު ސުމައިރާ ނާއިފީ | ބޯޑު ޑިރެކްޓަރ؛ ޔޫއޭއީ އީތޯސް ކޯޕަރޭޝަން ސީޕީބީސީ.ގެ ސީއީއޯ |
| އަޙްމަދު އަޒްލާން ޝަރީފް | ބޯޑު ޑިރެކްޓަރ؛ ސަރަޙައްދީ ހިންގުން |
| ޙައްވާ ނޫރު ޝަރީފް | ބޯޑު ޑިރެކްޓަރ؛ ސިޔާސަތުތައް ތަންފީޛުކުރުން |
| އާމިނަތު އިރްމާ ބިންތި ޙުސައިން ޒަހަރީ | ކުންފުނީގެ ސެކްރެޓަރީ |
އަދި، އީތޮސް ގްރޫޕުގެ މެންބަރު ކުންފުނިތަކުގެ ބޯޑުތައް ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ރަޢީސުލްވަކާލާ ޢައްޔަނުކުރައްވަންދެން، ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ މެންބަރު ކުންފުންޏެއްގެ މިހާރުގެ ޑިރެކްޓަރުން އެ މަޤާމުތަކުގައި ތިބެ، އެ ކުންފުނި ބަދަލުވުމަށް ތައްޔާރުކުރަންވާނެ ކަމަށް ކަނޑައަޅައި،
އަދި، ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ ދަށުން، އީތޮސް ގްރޫޕާއި އެ ކުންފުނީގެ ކޮންމެ މެންބަރު ކުންފުންޏަކުން ޕަބްލިކް ބޮންޑްސް ކުންފުނީގެ ލައިސަންސަށް ސީއެސްއޭ ޕަބްލިކް ކޮމްޕެނީސް އޮތޯރިޓީއަށް އެދެންވާނެ ކަމަށް ކަނޑައަޅައި،
ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)، 38 ވަނަ މާއްދާގެ (ހ)، 39 ވަނަ މާއްދާގެ (ށ)، 40 ވަނަ މާއްދާގެ (ހ)، 43 ވަނަ މާއްދާގެ (ހ) ގެ (1) އަދި 45 ވަނަ މާއްދާގެ (ހ) އިން އަހުރެންނަށް ލިބިދީފައިވާ ބާރުގެ ދަށުން، އީތޮސް ގްރޫޕާއި އެ ކުންފުނީގެ މެންބަރު ކުންފުނިތައް، މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި އަމުރު ހިނގަން ފަށާ ތާރީޚުން ފެށިގެން، ޕަބްލިކް ބޮންޑްސް ކުންފުނިތަކެއްގެ ގޮތުގައި ސީއެސްއޭ ޕަބްލިކް ކޮމްޕެނީސް އޮތޯރިޓީގެ ބާރުގެ ދާއިރާގެ ދަށަށް ގެނެސްފީމެވެ. މި އަމުރަކީ، ޤާނޫނު ނަންބަރު 2/2026 (ޕަބްލިކް ބޮންޑްސް ކުންފުނިތަކާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައިވާ މެންޑޭޓެވެ.
وَصَلَّى اللَّهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ؛ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
މި ޤަރާރު ލިޔެ ސޮއިކޮށްފައިވަނީ، ހިޖުރީ ސަނަތުން އެއްހާސް ހަތަރުސަތޭކަ ސާޅީސް އަށް ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ އެއް ވަނަ ދުވަސްކަމުގައިވީ، މީލާދީ ސަނަތުން ދެހާސް ސައްބީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު، ބުދަ ދުވަހު، އެމެރިކާގެ ވޮޝިންގޓަން ޑީ.ސީ.ގައި ހުންނަ ސީއެސްއޭގެ ރަޢީސުލްވަކާލާގެ އޮފީހުގައެވެ.
ޑރ. އެންޒޯ ހަރްނާންޑޭޒް
ރަޢީސުލްވަކާލާ

