The CSA Gazette
CSA GazetteVolume 2 · Number 1010 Oct 2026CSA/G2-10

Announcement · SSC-CGR(IUL)/01/IDR/01

މި އިދާރާގެ ގަވަރނިންގ ބޮޑީ އާއި އިސް-ކޮމީޓީތަކުގެ ހިންގާ ކޮމީޓީއަށް ކޮންގްރެސްގެ މަންދޫބުން އައްޔަނުކޮށް ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާގައި އިއްވި ނަންތަކާއި ނިންމި ނިންމުންތައް ޢާންމު ކުރުމާއި ގުޅޭ

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 11 (ސަލާދީބު ކޮންގްރެސް އެކުލަވާލުމާއި ހިންގުމުގެ އުސޫލު) އާއި އެއްގޮތްވާ ގޮތުގެ މަތިން، ސަލާދީބު ކޮންގްރެސްގެ ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާ 10 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވިއެވެ. މި ޖަލްސާގައި ވަނީ މި ކޮންގްރެސްގެ ޢުމުރުގެ ގަވަރނިންގ ބޮޑީ އާއި ކޮންގްރެސްގެ އިސް-ކޮމިޓީތަކުގެ ހިންގާ ކޮމިޓީއަށް މަންދޫބުން އައްޔަންކޮށްފައެވެ. ހަމަމިއާއެކު، މި ޖަލްސާގައި ވަނީ ކޮންގްރެސްގެ ދެވަނަ ޖަލްސާއާއި އެހެނިހެން ކަންކަމުގައި ނިންމުންތައް ނިންމާފައެވެ.

މި އިޢުލާނަކީ މި ޖަލްސާގެ ޔައުމިއްޔާ އާންމުންނަށް ޙިއްސާ ކުރުމުގެ ގޮތުން ޢާންމުންނަށް ގުޅުވައިގެން އިޢުލާންކުރާ ތަފްސީލީ ރިޕޯޓެކެވެ.

ރިޕޯޓުގެ ލިޔެކިޔުންތަކުގެ މަޢުލޫމާތު

ރިޕޯޓުގެ ނަން:ކޮންގްރެސްގެ ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާގެ ޔައުމިއްޔާގެ ތަފްސީލީ ރިޕޯޓު
ރިޕޯޓުގެ ނަންބަރު:⁦CGR(IDR)/2026/01⁩
ރިޕޯޓުގެ ޑިވިޜަނާއި ދަފްތަރު:ރެޖިސްޓްރީ ފޯ ޕަބްލިކް ރިލޭޓެޑް ޑޮކިޔުމަންޓްސް (ޢާންމު ލިޔެކިޔުންތަކުގެ ދަފްތަރު) ޕަބްލިކް ރިލޭޝަންސް ޑިވިޜަން، ސަލާދީބު ކޮންގްރެސްގެ އިދާރާ
ރިޕޯޓުގެ ސިއްރުކަމުގެ ދަރަޖަ:ޢާންމު
ތާރީޚު:29 ރަބީޢުލްއާޚިރު 144810 އޮކްޓޫބަރު 2026

ޖަލްސާ ކުރިޔަށްދިޔަ ގޮތް

ޙަމްދާއި ޘަނާ ދެންނެވުން

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ، الْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللَّهِ، وَعَلَىٰ آلِهِ وَصَحْبِهِ وَمَنْ وَالَاهُ ސަލާދީބު ކޮންގްރެސްގެ ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާ ފެށުނީ

ޖަލްސާގެ ރިޔާސަތުގެ ޕެނަލްގައި އެކުލެވިގެންވާ މެންބަރުންގެ ނަންތައް ހުރިހާ މަންދޫބުންނަށް އިއްވުން (ފދ ފޖ އެކަނި)

ރިޔާސަތާއި ޙަވާލުވެ ހުންނެވިޑރ. ފާޠިމަތު ޖަލާލް، ސެކްރެޓަރީ ޖެނެރަލް
ޕެނަލްގެ މެންބަރުއާމިނަތު މަސްޢޫދާ، އެގްޒެކެޓިވް ޑިރެކްޓަރު
ޕެނަލްގެ މެންބަރުޝިހާބު ސައީދު، ޑިރެކްޓަރު

ރިޔާސަތުގެ ޕެނަލް އިންތިޚާބު ކުރުން

1 (އެއް) ވަނަ ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލް އިންތިޚާާބު ކުރުމުގެ ގޮތުން 1 ވަނަ ކޮންގްރެސް އަށް ހޮވިގެން ދިޔަ މަންދޫބުންގެ މެދުގައި ސިއްރު ވޯޓެއް ނެގުނެވެ. ރިޔާސަތުގެ ޕެނަލްގެ މަޤާމުތަކަށް އިންތިޚާބު ކުރީ: ގަވަރުނަރު، ޑެޕިއުޓީ ގަވަރުނަރު އަދި ވައިސް ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށެވެ. އެންމެ ފުރަތަމަ ނެގުނު ވޯޓަކީ ގަވަރުނަރުގެ މަޤާމުގެ ވޯޓެވެ.

ގަވަރުނަރުގެ މަޤާމަށް ކުރިމަތިލި މަންދޫބުން

  • •

    ޢަލީ ރިޟްވާން ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ މާލެ ސިޓީ ކޮންގްެރެސް މަންދޫބު

  • •

    ފާތިމަތު ޝިފާނާ ދިވެހިރާއްޖޭގެ ދެކުނު އަންހެނުންނަށް ޚާއްޞަ ކޮންގްެރެސް މަންދޫބު

  • •

    މުޙައްމަދު އަޒްމީލް މިނިވަން ކޮންގްެރެސް މަންދޫބު

ރިޔާސަތުގެ ޕެނަލްގެ ގަވަރުނަރުގެ މަޤާމުގެ އިންތިޚާބު ނިމުމުން، ދެން ކުރިޔަށް ގެންދިޔައީ 2 ޑެޕިއުޓީ ގަވަރުނަރުންނާއި 3 ވައިސް ޑެޕިއުޓީ ގަވަރުނަރުންގެ މަޤާމަށް މެންބަރުން ކުރިމަތިލާ އެ މަޤާމުތަކަށް ވޯޓުލުމުގެ ކަންތަކެވެ. ގަވަރުނަރުގެ މަޤާމަށް ކުރިމަތިލި އެއްވެސް މަންދޫބަކަށް މި މަޤާމުތަކަށް ކުރިމަތިލުމުގެ ހުއްދަ މި ޖަލްސާގެ ރިޔާސަތުގެ ޕެނަލުން ނުދެއެވެ.

1 ވަނަ ކޮންގްރެސްއަށް ގަވަރނިންގ ބޮޑީގެ މެންބަރުން އިންތިޚާބު ކުރަން ފާސްކުރެވުނު އުސޫލުގައިވާ ގޮތުގެ މަތީން، މި މަޤާމުތަކުގެ ކޮންމެ ގޮނޑިއަކަށް ވަކިން ވާދަކުރުމުގެ ބަދަލުގައި، މަޤާމަށް ވާދަކޮށް ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އެންމެ މަތިން ވޯޓު ލިބުނު 2 މެންބަރުން އެ މަޤާމަށާއި، ވައިސް ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އެންމެ މަތިން ވޯޓު ލިބުނު 3 މެންބަރުން އެ މަޤާމަށް ހޮވުނެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ކުރިމަތިލި މަންދޫބުން

  • •

    އިބްރާހީމް ފައިސަލް ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ކޮންގްރެސް މަންދޫބު

  • •

    ޢާއިޝަތު ނަޝްވާ ދިވެހިރާއްޖޭގެ އުތުރު ކުޅުދުއްފުށި ސިޓީ ކޮންގްެރެސް މަންދޫބު

  • •

    ޙުސައިން ޝާކިރު ވަޒީރުންގެ މަޖިލީހުގެ ކޮންގްރެސް މަންދޫބު (ދިވެހިރާއްޖޭގެ ބިނާރާ އާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު)

  • •

    މުޙައްމަދު ޒާހިރު ދިވެހިރާއްޖޭގެ ދެކުނު ފުވައްމުލައް ސިޓީ ކޮންގްރެސް މަންދޫބު

ވައިސް ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ކުރިމަތިލި މަންދޫބުން

  • •

    އަހުމަދު ޝަމީމް ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ ހުޅުމާލެ ސިޓީ ކޮންގްރެސް މަންދޫބު

  • •

    މަރިޔަމް ޝިޒްނާ ދިވެހިރާއްޖޭގެ ދެކުނު އަައްޑޫ ސިޓީ ކޮންގްެރެސް މަންދޫބު

  • •

    ޢަބްދުﷲ ރަޝީދު ދިވެހިރާއްޖޭގެ އުތުރު ކޮންގްެރެސް މަންދޫބު

  • •

    ޙައްވާ ނިޝާ ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު

  • •

    އިސްމާޢީލް ނަޢީމް ދިވެހިރާއްޖޭގެ ދެކުނު ތިނަދޫ ސިޓީ ކޮންގްރެސް މަންދޫބު

އިންތިޚާބުގެ ވޯޓުގެ އަދަދުން ނަތީޖާ އާންމު ކުރެވިގެން ނުދާނެ ވާހަކަ ދަންނަވަމެވެ.

ރިޔާސަތުގެ ޕެނަލުގެ އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރުން

މަޤާމުހޮވުނު މެންބަރުން
ގަވަރުނަރުޢަލީ ރިޟްވާން، ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ މާލެ ސިޓީ ކޮންގްެރެސް މަންދޫބު
ޑެޕިއުޓީ ގަވަރުނަރުއިބްރާހީމް ފައިސަލް، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ކޮންގްރެސް މަންދޫބު
ޢާއިޝަތު ނަޝްވާ، ދިވެހިރާއްޖޭގެ އުތުރު ކުޅުދުއްފުށި ސިޓީ ކޮންގްރެސް މަންދޫބު
ވައިސް ޑެޕިއުޓީ ގަވަރުނަރުއަހުމަދު ޝަމީމް، ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ ހުޅުމާލެ ސިޓީ ކޮންގްރެސް މަންދޫބު
މަރިޔަމް ޝިޒްނާ، ދިވެހިރާއްޖޭގެ ދެކުނު އަައްޑޫ ސިޓީ ކޮންގްެރެސް މަންދޫބު
ޢަބްދުﷲ ރަޝީދު، ދިވެހިރާއްޖޭގެ އުތުރު ކޮންގްެރެސް މަންދޫބު

ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލް ކަނޑައެޅުން

ކޮންގްރެސްގައި އެކުލެވިގެން ދިޔަ ސަލާދީބު ސަލާމަތީ ކައުންސިލުގެ ރިޔާސީ ޕެނަލުން (އުސޫލު ނަންބަރު 11 ގެ 23 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޕެނަލްގެ މެންބަރުން) 1 ވަނަ ސަލާދީބު ކޮންގްރެސްއަށް ކޮންގްެރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލްގައި ހިމެނިވަޑައިގަންނަވާނެ 5 ސެކްރެޓަރީ ޖެނެރަލުން ކަނޑައެޅުއްވިއެވެ. މި މަޝްވަރާ ކުރިޔަށް ގެންދިޔަައީ މައިކު ނުޖައްސާ ޖަލްސާއަށް އަޑު ނުއިވޭނެ ފަދައިންނެވެ.

ސެކްރެޓަރީ ޖެނެރަލުން ކަނޑައަޅުއްވާ ނިމުމުން، އެކަން އިޢުލާން ކުރެވިގެން ދިޔައެވެ. އިޢުލާންކޮށް ނިމުމުން ސަލާދީބު ކޮންގްެރެސްގެ ފުރަތަމަ އަދި ދެވަނަ ދަޢުރުގައި ކޮންގްރެސްގެ އިދާރާ އާއި ހަވާލުވެ ހުންނަވާނެ ސެކްރެޓަރީ ޖެނެރަލްވެސް ކަނޑައެޅުއްވިއެވެ.

ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލާއި އިދާރާގެ ސެކްރެޓަރީ ޖެނެރަލް އިޢުލާން ކުރުން

ހޮވުނު ބޭފުޅުންމަޤާމު
ޝަހުނާޒް އަލީސަލާދީބު ކޮންގްރެސްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް
ޢަބްދުއްރަޙްމާން ޙަލީމްސެކްރެޓަރީ ޖެނެރަލް
އަހުމަދު އިރުޝާދު
ފާތިމަތު ސަމާ
ޙަސަން ޒިޔާދު

ކޮންގްރެސްގެ އިސް-ކޮމިޓީތައް އިޢުލާން ކުރުން

1 ވަނަ ސަލާދީބު ކޮންގްރެސްގެ އިސް-ކޮމިޓީތަކަކީ ޒުވާނުންގެ ބާރު (Youth Wing) އަދި އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލް (National Women’s Empowerment Council) ކަމަށް ކަނޑައަޅާ އިޢުލާން ކުރެވިގެން ދިޔައެވެ.

ޒުވާނުންގެ ބާރުގެ ހިންގާ ކޮމިޓީ އައްޔަނުކުރުމާއި އިންތިޚާބު ކުރުން

ޒުވާނުންގެ ބާރުގެ މެންބަރުންގެ ނަންތައް ކޮންގްރެސްއަށް އާންމުކޮށް އިޢުލާން ކުރެވިގެން ދިޔައެވެ. މި ނަންތައް އިޢުލާން ކުރެއްވީ ޔުނައިޓެޑް ކޮންޓިނެންޓްސްގެ އިންޓަރނޭޝަނަލް ޔޫތް އެމްޕަވަރމަންޓު އޯރގަނައިޒޭޝަނުގެ 3 މަންދޫބުން ނުވަތަ ރެޕްރެޒެންޓޭޓިވުންގެ ހާޒިރުގައެވެ. އިޢުލާންކޮށް ނިމުމުން އައިޔޯގެ ތަމްސީލުވެރިޔާ ޔޫތު ވިންގަށް އައްޔަނުކުރެވުނެވެ.

ޔޫތު ވިންގަށް އައިޔޯގެ ތަމްސީލުވެރިޔާ އައްޔަނުކޮށް ނިމުމުން، އެ މެންބަރު ވިންގަށް ރައީސް އައްޔަނު ކުރިއެވެ. އަދި އެ ރައީސް، ނައިބު ރައީސަކު އައްޔަނު ކުރިއެވެ.

ދެން، ޔޫތު ވިންގުގެ މީޓިންގ ޗެމްބަރަށް މެންބަރުން ހާޒިރުކޮށް، ޔޫތު ވިންގުގެ ފުރަތަމަ ޖަލްސާ ފެށިގެންދިޔައެވެ. މި ޖަލްސާގައި ޔޫތު ވިންގުގެ އެގްޒެކެޓިވް އެސޯސިއެޓު، އެސޯސިއޭޓު ޖެނެރަލް އަދި ޑެޕިއުޓީ އެސޯސިއޭޓު ޖެނެރަލްގެ އިންތިޚާބު މެންބަރުންގެ މެދުގައިކޮށް ސިއްރު ވޯޓެއް ނަގައި، އެ މަޤާމުތަކަށް މެންބަރުން އައްޔަނު ކުރިޔެވެ.

އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ ހިންގާ ކޮމިޓީ އައްޔަނުކުރުމާއި އިންތިޚާބު ކުރުން

އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ ހިންގާ ކޮމިޓީއަށް ޗެއާރވުމަން ކަނޑައެޅުއްވީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުގެ އަންހެން މެންބަރުންގެ މަޝްވަރާކުރުމެއް ފަހުގައެވެ. ޗެއާރވުމަން އައްޔަނުކޮށް ނިމުމުން، ޑެޕިއުޓީ ޗެއާރވުމަން އައްޔަނު ކުރީ އެ ބޭފުޅާއެވެ. ދެން، ކޮންގްރެސް ހިންގުމުގެ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންގެ މަޤާމުތަކަށް މެންބަރުންނަށް ވޯޓު ދިނުމުގެ ކަންތައް، ކައުންސިލުގެ ފުރަތަމަ ޖަލްސާގައި ކުރިޔަށްގެންދިޔައެވެ.

އިސް ކޮމިޓީތަކުގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ނަންތައް އާންމު ޖަލްސާގައި އިޢުލާން ކުރުން

ޒުވާނުންގެ ބާރުގެ ހިންގާ ކޮމިޓީ
މަޤާމުހޮވުނު މެންބަރުން
ރައީސްއިބްރާހީމް އައިމަން، ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ ކޮންގްެރެސް މަންދޫބު
ނައިބު ރައީސްހައްވާ ޔުސްރާ، ދިވެހިރާއްޖޭގެ އުތުރު ކޮންގްެރެސް މަންދޫބު
އެގްޒެކެޓިވް އެސޯސިއޭޓްމުޙައްމަދު ރައްޔާން، ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
އެސޯސިއޭޓް ޖެނެރަލްޝައިމާ އިބްރާހީމް، ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ ކޮންގްރެސް މަންދޫބު
ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލްއިބްރާހީމް ފަހުމީ، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ކޮންގްރެސް މަންދޫބު
އައިޔޯގެ ތަމްސީލުވެރިޔާމުހައްމަދު ޝަހީމް، އެސޯސިއޭޓު ޑިރެކްޓަރ ފޯ ޔޫތު އިންވޯލްވްމަންޓް އިން އެގްޒެކެޓިވް އޯރގަނައިޒޭޝަންސް، އިންޓަރނޭޝަނަލް ޔޫތް އެމްޕަވަރމަންޓު އޯރގަނައިޒޭޝަން، ޔުނައިޓެޑް ކޮންޓިނެންޓްސް
އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ ހިންގާ ކޮމިޓީ
މަޤާމުހޮވުނު މެންބަރުން
ޗެއާރވުމަންސާރާ ޙުސައިން، ދިވެހިރާއްޖޭގެ އުތުރު އަންހެނުންނަށް ޚާއްސަ ކޮންގްެރެސް މަންދޫބު
ޑެޕިއުޓީ ޗެއާރވުމަންނާޒިމާ ރަޝީދު، ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ އަންހެނުންނަށް ޚާއްސަ ކޮންގްެރެސް މަންދޫބު
އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުފާތިމަތު ޝިފާނާ، ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ޙައްވާ ނިޝާ، ދިވެހިރާއްޖޭގެ މެދުރާއްޖެތެރޭ އަންހެނުންނަށް ޚާއްސަ ކޮންގްެރެސް މަންދޫބު

ޖަލްސާގައި ނިންމި އެހެން ނިންމުންތައް

  • (ހ)

    ބާކީ ހުރި ކޮމިޓީތަކަށް މަންދޫބުން ޚިޔާރުކުރުމުގެ ޑިޖިޓަލް ފޯމު ފުރިހަމަކޮށް، ކޮންގްެރެސްގެ އިދާރާއަށް ވަނީ ހުށަހަޅުއްވާފަ.

  • (ށ)

    ކޮންގްރެސްގެ ފުރަތަމަ ދަޢުރުގެ ދެވަނަ ޖަލްސާގައި އެ މަންދޫބަކު ޚިޔާޔާރުކުރި (ހ)ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް އައްޔަނުކުރުމަށް ގަވަރނިންގ ބޮޑީއަށް ފެންނަނަމަ، އެ މަންދޫބަކު އައްޔަނު ކުރާނެއެވެ. އަދި މި ނަންތަކާއި އެ ކޮމިޓީތަކުގެ ރައީސްގެ ނަންތައް ޢާންމުކޮށް ކޮންގްރެސްއަށް އިޢުލާން ކުރެވިގެންދާނެއެވެ.

  • (ނ)

    ކޮންގްރެސްގެ ފދ ދޖގެ ރިޔާސަތު ބަލަހައްޓަވާނީ ކޮންގްރެސްގެ ފދ ފޖ ގައި އައްޔަނު ކުރެވުނު ރިޔާސަތުގެ ޕެނަލުންނެވެ.

ޖަލްސާގައި ހުރިހާ މަންދޫބުންގެ މެދުގައި ނުވަތަ ވަކި މަންދޫބުންތަކެއްގެ މެދުގައި ނެންގެވި ވޯޓުތައް

  • (ހ)

    ރިޔާސަތުގެ ޕެނަލް އިންތިޚާބު ކުރުމަށް ނެންގެވި ވޯޓު

  • (ށ)

    އިސް-ކޮމިޓީތަކުގެ ހިންގާ ކޮމީޓީގެ މެންބަރުން އިންތިޚާާބު ކުރުމަށް ނެންގެވި ވޯޓު

ޖަލްސާ ނިމުން

وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ސަލާދީބު ކޮންގްރެސްގެ ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާ ނިމުނީ.

⁦********⁩

މި އިޢުލާނާއި ގުޅިގެން ތިޔަ ބޭފުޅާގެ އެއްވެސް ޝަކުވާއެއް ނުވަތަ އެއްވެސް ސުވާލެއްވާނަމަ secretariat@congress.ssc.mv މެއިލް ކުރައްވާ ނުވަތަ ކޮންގްރެސްގެ އިދާރާގެ ފޯނު ނަންބަރ 3301300 އަށް ގުޅުއްވާ ޝަކުވާ ނުވަތަ ސުވާލު ހުށަހެޅެއްވުމަށް ދަންނަވަމެވެ.

29 ރަބީޢުލްއާޚިރު 1448 10 އޮކްޓޫބަރު 2026

ޝަހުނާޒް ޢަލީ

އިދާރާގެ ސެކްރެޓަރީ ޖެނެރަލް ސަލާދީބު ކޮންގްރެސް