The CSA Gazette
CSA GazetteVolume 2 · Number 96 Oct 2026CSA/G2-9

Circular · SSC(CIR)/02/PLC/11

ސަލާދީބު ކޮންގްރެސް އެކުލަވާލުމާއި ހިންގުމުގެ އުސޫލު

މި އުސޫލާއި ގުޅޭ ލިޔެކިޔުންތަކާއި މި ލިޔެކިޔުން ނަންބަރު: SSC(CIR)/02/PLC/11 ވާނީ ދިވެހިރާއްޖޭގެ ސަރުކާރުގެ ގެޒެޓުގައި ޤާނޫނީ ގޮތުން ގެޒެޓު ކުރެވިފައެވެ. އެހެންކަމުން، ގެޒެޓު ކުރުމާއި ގުޅިގެން މި ލިޔެކިޔުމަށް ޤާނޫނީ ގޮތުން ބާރު ލިބިގެންދާނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީންނެވެ.

ސަލާދީބު ސަލާމަތީ ކައުންސިލުގެ ދަފްތަރު ⁦registrar@ssc.mv.csa⁩ ⁦(960) 330 1232⁩

ސަލާދީބު ސަލާމަތީ ކައުންސިލް ސާކިއުލާ ދަފްތަރު: 02 އާންމު އިޢުލާންތަކާއި އުސޫލުތައް އަދަދު: 11 25 ރަބީޢުލް އާޚިރު 1448 06 އޮކްޓޫބަރު 2026

ތަޢާރަފާއި އުސޫލުގެ މަޤުޞަދު

1.

މި އުސޫލަކީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލިސް އިފްތިތާޙު ކުރުމާއި ގުޅިގެން، މި މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި މި ކައުންސިލުގެ އެގްޒެކެޓިވް ޑިރެކްޓަރު އާމިނަތު މަސްއޫދާގެ ލަފައެއްގެ ދަށުން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ފާތިމަތު ޖަލާލްގެ ނިންމެވުމެއްގެ ދަށުން އުފައްދަން ނިންމި، "ސަލާދީބު ކޮންގްރެސް" ހިންގުމުގަޔާއި އުފެއްްދުމުގައި ގެންގުޅެންޖެހޭ ޤަވާއިދުތަކާއި އުސޫލު ބަޔާންކުރެއްވުމަށް އުފައްދަވާފައިވާ އުސޫލެކެވެ.

ކޮންގްރެސް އުފެއްދުން

2.

(ހ)

މި އުސޫލުގެ ދަށުން، މި އުސޫލުގެ 3 ވަނަ މާއްދާގައިވާ މަޤުޞަދުތައް ޙާސިލުކުރެއްވުމަށް "ސަލާދީބު ކޮންގްރެސް"ގެ ނަމުގައި ކޮންގްރެސް ނުވަތަ މަޖިލީހެއް އުފައްދާ، ސަލާދީބު ސަލާމަތީ ކައުންސިލަށް ބޭނުންވާ ހުރިހާ ކަންކަން މި އުސޫލުގެ މަތިން ހަމަޖެއްސޭނެއެވެ.

(ށ)

މި ކޮންގްރެސްގެ ނަމަކީ "ސަލާދީބު ކޮންގްރެސް" އެވެ. އިނގިރޭސިން ދަންނަވާނަމަ "Salaadheeb Congress" އެވެ.

ކޮންގްރެސްގެ މަޤުޞަދުތައް

3.

ކޮންގްރެސް އުފެއްދުމުގެ މަޤުޞަދުތައް ތިރީގައި މިވަނީއެވެ.

(ހ)

ކޮންގްރެސްގައި އެކުލެވިގެންވާ ދާއިރާތަކަށް އަސަރުކުރާ ނިންމުންތަކުގައި ހުރިހާ ދާއިރާއެެއް ބައިވެރިކޮށް އެ ދާއިރާއެއްގެ މަންދޫބުގެ އަޑު އެ ނިންމުމެއްގައި ހިމެނުން

(ށ)

ރައްޔިތުންނާއި ދިވެހި ދައުލަތައް އަސަރުކުރާ ނިންމުންތަކުގައި އެ ފަރާތްތަކުގެ އަޑު ހިމެނުން

(ނ)

ދިވެހިރާއްޖެއައް ހިންގާ އީޖާދީ މަޝްރޫޢުތަކަށް ލަފާދިނުމާއި މިފަދަ މަޝްރޫޢުތައް ހުށަހެޅުމުގެ ފުރުސަތު ކޮންގްރެސްއަށް ދިނުން

ކޮންގްރެސްގެ ޙައިސިއްޔަތު

4.

ކޮންގްރެސް އުފެދިގެންވަނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ އިދާރީ އޮނިގަނޑުގެ ދަށުން، މަހަލްތީ ކޮމިޓީ ނުވަތަ ކައުންސިލުގެ ހިންގާ ކޮމިޓީގެ ގޮއްޕެއްެގެ ގޮތުގައެވެ. ހިންގާ ކޮމީޓީގެ ގޮއްޕެއްގެ ގޮތުގައި ކޮންގްރެސް އުފެދިގެންދިޔަ ނަމަވެސް، ކޮމިޓީގެ ވެރިކަން ކޮންގްރެސްއަށް ނުހިންގޭނެއެވެ. ކޮންގްރެސްގެ ވެރިކަމަކީ މިނިވަން ވެރިކަމެކެވެ. ކޮންގްރެސްގެ ޙައިސިއްޔަތަކީ ކައުންސިލަށް ލަފާދިނުމާއި ނަޒަރުދާރީ ހިންގުން އެކަންޏެވެ.

ކޮންގްރެސްގެ ވާޖިބުތައް

5.

ކޮންގްރެސް އުފެދި، ކޮންގްރެސް އަދާކުރަންޖެހޭ ވާޖިބުތައް ތިރީގައި މިވަނީއެވެ.

(ހ)

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތް ބަލަހައްޓާ ފަރާތްތަކަށް އެކަމުގެ ލަފާދިނުމުގައި ކައުންސިލުން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުން

(ށ)

މަހަލްތީ ކޮމީޓީއަށް ކޮންގްރެސްގެ ހުރިހާ ނިންމުންތަކަކާއި ލަފާތައް ހުށަހެޅުން

(ނ)

ކައުންސިލުގެ ސެކްޜަންތަކަށް ބަލާ، އެ ސެކްޜަންތަކުން ބަލަހައްޓާ ދާއިރާތަކަށް އީޖާދީ މަޝްރޫޢުތައް ހުށަހެޅުން

(ރ)

ކައުންސިލުން ހިންގާ ސަލާމަތީ ކަންކަމުގައި ނަޒަރުދާރީވުން

ކޮންގްރެސްގެ ބާރުތައް

6.

(ހ)

ޤަރާރުގެ ގޮތުގައި ކޮންގްރެސްއިން ނިންމާ ލަފާތައް ކައުންސިލަށް ހުށަހަޅާ ފާސްކުރުން

(ށ)

ކޮންގްރެސްއަށް ތިންވަނަ ފަރާތަކުން ފޮނުވާ ކަންތައް ޤަބޫލުކޮށް އެކަންކަން ރައްދުކޮށް، ކޮންގްރެސްގެ ޖަލްސާތަކުގައި އެކަންކަމަށް ބަހުސްކުރުމަށް މަންދޫބުންނަށް ފުރުސަތު ހުޅުވާލައްވާ، އެ ކަންކަންކަން އިސްލާޙުކުރުން

ކޮންގްރެސްއިން ދެއްވާ ލަފާތަކުގެ ދަރަޖަ

7.

ކޮންގްރެސްއިން ކައުންސިލަށް ދެއްވާ ލަފާތަކަކީ މަޖުބޫރު ލަފައެއްނޫނެވެ. މި ލަފާތައް ވެގެންދާނީ ކައުންސިލުން ނިންމާ ނިންމުންތަކަށް ލިބިގެންދާ ދިރާސާތަކަށެވެ. ހަމަމިއާއެކު، މި ލަފާތައް ކައުންސިލަށް ބާޠިލު ކުރެވޭނެއެވެ. ނަމަވެސް، ކައުންސިލުންނާއި، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީންނާއި ދިވެހި ސަރުކާރުން ކޮންގްރެސްއަށް ދެއްވާ އިރުޝާދުތައް ނުވަތަ ލަފާތަކަށް ފުރިހަމައަށް ތަބައުވާން ކޮންގްރެސްއަށް މަޖުބޫރުވެގެންވެއެވެ.

ސުވާލުކުރުމާއި ހާޒިރުކުރުން

8.

(ހ)

ކޮންގްރެސްއިން ކައުންސިލަށް ދެއްވާ ލަފާތަކަށް ދިރާސާ ކުރުމުގެ ގޮތުން ކައުންސިލުގެ ނުވަތަ ސީ.އެސް.އޭގެ ނުވަތަ ދިވެހި ސަރުކާރުގެ ނުވަތަ ދިވެހި ދައުލަތުގެ މީހަކު ނުވަތަ މަސްއޫލުވެރިން ޙާޒިރުކުރުމުގެ ބާރު ކޮންގްރެސްއަށް ލިބިގެންވެއެވެ.

(ށ)

މި މާއްދާގެ (ހ) ގައިވާ މަސްއޫލުވެރިނަަށް ރިޕޯޓު ނުވަތަ ބަޔާން ހުށަހެޅުމަށް އެދުމުގެ ބާރު ކޮންގްރެސްއަށް ލިބިގެންވެއެވެ.

(ނ)

މި މާއްދާގެ (ހ) ގައިވާ މަސްއޫލުވެރިނަށް ބަސްބުނެ ނުވަތަ ލިޔުމުން ސުވާލުކުރުމުގެ ބާރު ކޮންގްރެސްއަށް ލިބިގެންވެއެވެ.

(ރ)

މި މާއްދާގެ (ހ) (ށ) އަދި (ނ) ގައިވާ ޙާޒިރުކުރުން، ރިޕޯޓުތަށް ނުވަތަ ބަޔާންތައް، އަދި ލިޔުމުގެ ސުވާލުތައް ޝާއިޢުކުރުމުގެ ބާރު ކޮންގްރެސްއަށް ލިބިގެންވެއެވެ.

ޢަރުޟުތައް ބަލައިގަތުން

9.

ކޮންގްރެސްއިން ހިންގާ ހުރިހާ ދިރާސާތަކަށް ލިބޭ ޢަރުޟުތައް ބަލައިގަތުމަކީ ކޮންގްރެސްގެ ވާޖިބެކެވެ.

ކޮންގްރެސްގެ މެމްބަރުން

10.

ކޮންގްރެސްގެ މެމްބަރުން އެކުލެވިގެންވާނީ ތިރީގައި ބަޔާންކޮށްގައިވާ ގޮތުގެ މަތިންނެވެ.

(ހ)

ކޮންގްރެސްގެ މެމްބަރުންނަށް ދާއިރާތަކަށް ޙާއްސަ 50 ގޮނޑި އާއި އަދަދު ކަނޑައައަޅުއްވާފައިނުވާ މިނިވަން ގޮނޑި ކަނޑައަޅުއްވާފައިވެއެވެ.

(ށ)

ކޮންގްރެސްގެ މެމްބަރުންނަށް ދެވިފައިވާ ނަމަކީ "ސަލާދީބު ކޮންގްރެސްގެ މަންދޫބު" އެވެ. އިނގިރޭސިން ދަންނަވާނަމަ "Salaadheeb Congress Delegate" އެވެ.

(ނ)

ދާއިރާތަކަށް ޙާއްސަ ގޮނޑިތަކުގައި އާންމު ގޮނޑި، ސިޓީތަކަށް ޙާއްސަ ގޮނޑި އަދި އަންހެނުންނަށް ޙާއްސަ ގޮނޑި ހިމެނިގެންވެއެވެ.

(ރ)

ދާއިރާ ގޮނޑިތަކުގެ މަޤާމުގެ ނަމުގެ މިސާލު މިވަނީއެވެ. މިސާލަކަށް ދަންނަވާނަމަ އުތުރުގެ ގޮނޑިތަކުން ކުޅުދުއްފުށި ސިޓީއަށް ޚާއްސަ ގޮނޑީގެ މަޤާމު އަދާކުރައްވާ ބޭފުޅަކުގެ މަޤާމުގެ ނަމަކީ "އުތުރު ކުޅުދުއްފުށި ސިޓީގެ ކޮންގްރެސް މަންދޫބު" ނުވަތަ "ކޮންގްރެސް މަންދޫބު – އުތުރު ކުޅުދުއްފުށި ސިޓީގެ ދާއިރާ" އެވެ. އިނގިރޭސިން ދަންނަވާނަމަ "Northern Kulhudhuffushi City’s Congress Delegate" ނުވަތަ “Congress Delegate of Northern Kulhudhuffushi City Constituency” އެވެ. މި ގޮނޑިތަކާއި މަޤާމުގެ ނަންތަކުގެ ފުރިޙަމަ ތަފުސީލު ޖަދުވަލު 1 ގައިވާނެއެވެ.

(ބ)

ދާއިރާތަކަށް ޙާއްސަ ގޮނޑިތަކަކަކީ މިނިވަން ގޮނޑިތަކަށް ވުރެ މަތީ ދަރަޖައެއްގެ ގޮނޑިތަކެކެވެ.

(ޅ)

މިނިވަން މަންދޫބުންނަކީ އެއްވެސް ދާއިރާއެއް ތަމްސީލުނުކުރާ، ކޮންގްރެސްގެ ނިންމުންތަކަށް ޚިޔާލު ހުށަހެޅުމުގެ މަޤުސަދުގައި އިންތިޚާބުވެގެންދާ މަންދޫބުންނެވެ. މި މަންދޫބުންގެ މަޤާމަށް ކިޔާނެ ނަމަކީ "މިނިވަން ކޮންގްރެސް މަންދޫބު" ނުވަތަ އިނގިރޭސިން ދަންނަވާނަމަ "Independent Congress Delegate" އެވެ.

ކޮންގްރެސްގެ މެންބަރުންނަށް ލަފާދޭ މާހިރުން

11.

މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބުވެގެންދާ ކޮންގްރެސް މަންދޫބުންގެ ދަށުގައި މަސައްކަތް ކުރާނެ މާހިރުން، އެ މެންބަރަކަށް އައްޔަން ކުރެވޭނެއެވެ. މި މާހިރުންނަށް ކޮންގްރެސްގެ ނިންމުންތަކުގައި ވޯޓު ލުމުގެ ޙައްޤު ލިބިގެން ނުވެއެވެ. ނަމަވެސް، އެ މާހިރަކު މަސައްކަތް ކުރާ މަންދޫބުގެ ޚިޔާލަށް ލަފާ ދިނުމަށް މަސައްކަތް ކުރެވޭނެއެވެ. މި އުސޫލުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތިން މަންދޫބެއް، މާހިރަކު އައްޔަން ކުރި ނަމަ، އެ މަންދޫބަކަށް އިނާޔަތެއްގެ ގޮތުގައި ވަކި އިންސައްތައެއް ލިބިގެންދާނެއެވެ. މި އިންސައްތައަކީ މަންދޫބުގެ ޚިޔާރުން މާހިރަށް ދޭން މަޖުބޫރު އިނާޔަތެކެވެ.

މަންދޫބަކަށްވުމުގެ ޝަރުޠުތައް

12.

(ހ)

ސަލާދީބު ކޮންގްރެސްގެ މަންދޫބަކަށް ވުމަށް ތިރީގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވާން ޖެހެއެވެ.

(1)

ދިވެހި ރަައްޔިތަކަށްވުން (އެހެން ޤައުމެއްގެ ރައްޔިތެއްކަމުގައި ނުވުން).

(2)

18 އަހަރު ފުރިފައިވުން.

(3)

ބުއްދި ސަލާމަތުން ހުރުން.

(4)

ދިވެހި ރައްޔިތުކަން ލިބި 5 އަހަރުވެފައިވުން

(ށ)

ސަލާދީބު ކޮންގްރެސްގެ ދާއިރާތަކުގެ ގޮނޑިތަކަށް ކުރިމަތިލައްވާ ހުރިހާ މެމްބަރުން ތިރީގައިވާ ޝަރުޠުތައް ފުރިހަމަ ވާންޖެހެއެވެ. ތިރީގައިވާ ޝަރުޠުތައް ފުރިހަމަތޯ ބެލެވޭނީ މި މާއްދާގެ (ހ) ގައިވާ ޝަރުޠުތައް ފުރިހަމަތޯ ބެލުމަށް ފަހުންނެވެ.

(1)

އެ ދާއިރާއަކަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވުން؛ ނުވަތަ އެ ދާއިރާއަކަށް ވޯޓުލުމުގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން ނެރޭ "ވޯޓުލުމުގެ ދާއިރާ ތަކުގެ ރަޖިސްޓަރީ ލިސްޓު" ގައި އެ ދާއިރާއަކަށް ރަޖިސްޓަރީ ވެފައިވުން.

(2)

މުއައްސަސާއެއް ތަމްސީލު ކުރާ ދާއިރާއިން (ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ، ވަޒީރުންގެ މަޖިލިސް، ވަޒީރުންގެ ލަފާދޭ ބޯޑު) އެ މުއައްސަސާއެއް ހިންގާ ވެރިޔާގެ ސޮޔާއި އެކީ ލިޔުމުން، އެ ވެރިއެއްގެ ސޮޔާއި އެކީ ކުރިމަތިލުމުގެ ހުއްދަ އެ މީހަކަށް ލިބިފައިވުން.

(3)

އަންހެނުންގެ ޚާއްސަ ގޮނޑިއަށް ކުރިމަތިލައްވާ ނަމަ، އަންހެނެއް ކަމުގައިވުން.

(4)

މިނިވަން ގޮނޑިތަކަށް މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ނުހިނގާނެ.

(ނ)

އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ސަލާދީބު ކޮންގްރެސްގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ކޮންގްރެސްއަށް ހޮވިފައިވާ މެމްބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ކޮންގްރެސްގެ މަންދޫބުކަމުން ވަކިވާނެއެވެ.

(1)

އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.

(2)

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.

(3)

ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.

(4)

ދައުލަތުގެ ޝަރުޢީ ދާއިރާގެ މަޤާމެއްގައިވުން.

(ރ)

މި އުސޫލުގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ސަލާދީބު ކޮންގްރެސްގެ މެމްބަރަކު އެ މަޤާމުގައި ހުރެ އަންނަނިވި ވަޒީފާތަކުންކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ.

(1)

މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަޤިއްލު މަޤާމެއް.

(2)

ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ، ނުވަތަ ސަރުކާރުން ހިންގާ، ކުންފުންޏެއްގެ ވަޒީފާއެއް.

(3)

ސިފައިންގެ ވަޒީފާއެއް (ކޮންގްރެސްގެ ރިޔާސަތުން ލިޔުމުން ހުއްދަ ނުދެއްވާ ހިނދުގައި).

(4)

ފުލުހުންގެ ވަޒީފާއެއް (ކޮންގްރެސްގެ ރިޔާސަތުން ލިޔުމުން ހުއްދަ ނުދެއްވާ ހިނދުގައި).

(5)

ސަލާދީބު ކޮންގްރެސްގެ މަންދޫބެއްގެ ޙައިޘިއްޔަތުން އަދާކުރާންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް.

(ބ)

ސަލާދީބު ކޮންގްރެސްއަށް ހޮވިފައިވާ މަންދޫބަކަށް އަންނަނިވި ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ކޮންގްރެސްގެ މަންދޫބުކަމުން ވަކިވާނެެއެވެ.

(1)

ވަކި ދާއިރާއެއްގެ ފަރާތުން ވާދަކޮށްގެން ކޮންގްރެސްއަށް އިންތިޚާބުވުމަށްފަހު، އެ މަންދޫބަކު ކޮންގްރެސްއަށް އިންތިޚާބުވި ކޮންގްރެސްގެ ޢުމުރުގެ ތެރޭގައި، އެ މަންދޫބަކު ތަމްސީލުކުރާ ދާއިރާއަކުން އެހެން ދާއިރާއަކަށް ރަޖިސްޓަރީވުން ނުވަތަ އެ މުއައްސަސާއަކުން ވަކިވުން ނުވަތަ ވަކިކުރުން.

(2)

މި މާއްދާގެ (ނ) އަދި (ރ) ގައިވާ ކަމެއް މެދުވެރިވުން.

(3)

މަރުވުން

(4)

ރިޔާސަތުގެ ޕެނަލަށް އިންތިޚާބުވުން

(5)

އިސްތިޢުފާ ދިނުން

މަންދޫބުން ހޮވުމުގެ އިންތިޚާބު

13.

(ހ)

ސަލާދީބު ކޮންގްރެސްގެ މަންދޫބުން ހޮވިގެންދާނީ އިންތިޚާބަކުންނެވެ. މި އިންތިޚާބަށް ކިޔާނީ "ސަލާދީބު ކޮންގްރެސްގެ އިންތިޚާބު" އެވެ.

(ށ)

މި މާއްދާގެ (ހ) ގައިވާ އިންތިޚާބު ހިންގާނީ ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ނުވަތަ އިންތިޚާބުތަކާއި ބެހޭ ކޮމިޝަން، ކޮމީޓީ، ކައުންސިލް ނުވަތަ އެފަދަ މުއައްސަސާ އަކުންނެވެ. މި އިންތިޚާބު ހިންގާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުގެ ނަޒާރުދާރީގެ ދަށުންނެވެ.

(ނ)

މި އިންތިޚާބަކީ ދިވެހި ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓެކެވެ.

(ރ)

މި އިންތިޚާބުގައި ކޮންމެ ދާއިރާއަކަށް ކާމިޔާބުވާނީ އެ ދާއިރާއަކުން އެންމެ ގިނައިން ވޯޓު ލިބޭ މީހެކެވެ.

(ބ)

މުއައްސަސާއެއް ތަމްސީލު ކުރާ ދާއިރާއަކަށް ކުރިމަތިލައިފާވާ މީހަކަށް، އިންތިޚާބުގައި ވޯޓުލެވޭނީ އެ މުއައްސަސާއެއްގެ މުވައްޒަފުންނަށް އެކަންޏެވެ.

(ޅ)

ސަލާދީބު ކޮންގްރެސްގެ އިންތިޚާބުގެ ޤަވާޢިދާއި އުސޫލުތައް ޢާންމު ކުރާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މި ޤަވާޢިދު އުފެދެންޖެހޭނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ އިލްތިމާސް އާއި އެކު މި އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

މަންދޫބުންގެ ހުވާ

14.

ސަލާދީބު ކޮންގްރެސްގެ މަންދޫބުކަމަށް އިންތިޚާބުވާ މީހަކު، މަންދޫބުކަމުގެ މަޤާމް ފުރާން ފެށުމުގެ ކުރީން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ކުރިމަތީގައި ނުވަތަ އުއްތަމަފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެއްގެ ކުރިމަތީގައި، މި އުސޫލުގެ ޖަދުވަލު 2 ގައިވާ ސަލާދީބު ކޮންގްރެސްގެ މަންދޫބުންގެ ހުވައިކޮށް، އެ ހުވައިގެ އިޤްރާރުގައި ސޮއިކުރާން ޖެހޭނެއެވެ.

ކޮންގްރެސްގެ މުއްދަތު

15.

(ހ)

ސަލާދީބު ކޮންގްރެސްގެ އާންމު މުއްދަތަކީ 5 އަހަރެވެ. 5 އަހަރު ގުނަން ފަށާނީ ކޮންގްރެސްގެ ގަވަރުނަރު ހޮވާ، ގަވަރުނަރުގެ ރިޔާސަތުގެ ދަށުން ބޭއްވޭ އެންމެ ފުރަތަަމަ ޖަލްސާއިން ފެށިގެންނެވެ.

(ށ)

އެއް ސަލާދީބު ކޮންގްރެސްގެ ދަޢުރު ގުނާނީ ކޮންމެ 6 މަހަކުން 6 މަހަކަށެވެ. އެހެންކަމުން، 5 އަހަރުގެ ތެރޭގައި 10 ދަޢުރު އޮންނާނެއެވެ.

(ނ)

ކުރިޔަށް އޮތް ސަލާދީބު ކޮންގްރެސްގެ އިންތިޚާބު އޮންނާނީ، ހިނގަމުންދާ ކޮންގްރެސް ނިމުމުގެ 30 ދުވަސް ކުރިންނެވެ. 30 ދުވަސް ކުރިން އިންތިޚާބުގެ ހުރިހާކަމެއް ނިމެން ޖެހޭނެއެވެ.

ކޮންގްރެސްގެ މުއްދަތު އިތުރުކުރުން

16.

(ހ)

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ސަލާދީބު ކޮންގްރެސްގެ މަންދޫބުންގެ އިންތިޚާބު ބޭއްވުމަށް ދަތިވެއްޖެނަމަ، ކޮންގްރެސްގެ ޢުމުރު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމުގެ ޤަރާރެއް ކޮންގްރެސްއިން ފާސްކުރެވިދާނެއެވެ.

(ށ)

މި މާއްދާގެ (ހ) ގައިވާ ޤަރާރު ފާސްވާނީ ރިޔާސަތުގެ ޕެނަލުން ކަނޑައަޅާ އަޣުލަބިއްޔަތަކުންނެވެ.

(ނ)

މި މާއްދާގެ (ހ) ގެ ދަށުން ކޮންގްރެސްގެ މުއްދަތު އިތުރުކޮށްފައިވަނިކޮށް، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަށް ނެރުނު ޤަރާރު އުވައިލުމަށްފަހު ނުވަތަ އެ ޤަރާރުގެ މުއްދަތު ހަމަވުމަށްފަހު، ކޮންގްރެސް ފަސްދޮޅަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްގެނެއް ނުވާނެއެވެ. އެ ފަސްދޮޅަސް ދުވަހުގެ ތެރޭގައި އާ ކޮންގްރެސްއަކަށް މަންދޫބުން ހޮވުމުގެ ހުރިހައި ކަމެއްކޮށް ނިންމާންވާނެއެވެ.

(ރ)

ކޮންގްރެސްގެ މުއްދަތު ހަމަވާއިރު، ކުރިއަށް ގެންދަމުންދާ ނުވަތަ ބަޙުޘްކުރަމުންދާ މައްސަލައެއް ނުވަތަ ލަފައެއް ނުނިމި ހުރިނަމަ، ކޮންގްރެސްގެ މުއްދަތު 1 (އެއް) ހަފްތާއަށް އިތުރުކުރެވިދާނެއެވެ. އެ ބަޙުޘް ނިންމަންވާނީ އެ ހަފްތާގެ ތެރޭގައެވެ.

(ބ)

މި މާއްދާގެ (ރ) ގެ ދަށުން އިތުރުކުރާ ހަފްތާގެ ތެރޭގައި، ސެކްރެޓޭރިއޭޓުގެ ނުވަތަ އިދާރާގެ އެޖެންޑާގެ ޝެޑިއުލްގައި އިތުރު މައްސަލަތަކެއް ހުރިނަމަ، އެ މައްސަލަތަކާ ބެހޭ ޚުލާޞާ ލަފާ ކައުންސިލުގެ ހިންގާ މަޖިލީހަށް ހުށަހަޅައި، އިދާރާގެ ޝެޑިއުލް ހުސްކޮށް ނިންމަންވާނެއެވެ.

(ޅ)

މި އުސޫލުގެ 15 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން ހިނގަމުންދާ ކޮންގްރެސް ނިމުމަށް 30 (ތިރީސް) ދުވަސް ބާކީ ހުރުމުން، އިންތިޚާބު ފަށަންވާނެއެވެ. މި މާއްދާގެ (ރ) ގެ ދަށުން އިތުރުކުރާ ހަފްތާގެ ތެރޭގައިވެސް އިންތިޚާބު ފަށަންވާނެއެވެ.

(ކ)

އިންތިޚާބާއި ކޮންގްރެސްގެ ޖަލްސާތައް ފުށުނާރާނޭހެން ކުރިއަށް ގެންދިއުމަކީ ރިޔާސަތާއި ގަވަރނިންގ ބޮޑީގެ މަސްއޫލިއްޔަތެކެވެ.

މަންދޫބުން އިސްތިޢުފާ ދިނުން

17.

ސަލާދީބު ކޮންގްރެސްގެ މަންދޫބުން ނުވަތަ މެމްބަރުން އިސްތިޢުފާ ދޭންވާނީ ހިނގަމުންދާ ކޮންގްރެސްގެ ގަވަރުނަރަށް ލިޔުމުންނެވެ. ގަވަރުނަރަށް ލިޔުން ލިބުމުން މަންދޫބުކަމުން ވަކިވީއެވެ.

ހުސްވާގޮނޑިތައް ފުރުން

18.

(ހ)

މި މާއްދާގެ (ށ) ގައިވާ ޙާލަތު ފިޔަވައި، ސަލާދީބު ކޮންގްރެސްގެ މަންދޫބަކު މަންދޫބުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް، އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މަންދޫބަކު އިންތިޚާބުކުރާންވާނެއެވެ. ނަމަވެސް މަންދޫބުކަމުގެ ގޮނޑި ހުސްވި ތާރީޚާއި ކުރިއަށް އޮތް ސަލާދީބު ކޮންގްރެސްގެ މަންދޫބުންގެ އިންތިޚާބާ ދެމެދު އޮތީ ހަ މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ، އެ ހުސްވި ގޮނޑިއަކަށް މަންދޫބަކު އިންތިޚާބު ކޮށްގެނެއް ނުވާނެއެވެ.

(ށ)

ސަލާދީބު ކޮންގްރެސްގެ މަންދޫބަކު ރިޔާސަތުގެ ޕެނަލަށް އިންތިޚާބުވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް މަންދޫބަކު ޢައްޔަނުކުރާނީ ރިޔާސަތުގެ ޕެނަލުގެ އެ މެންބަރެކެވެ.

މަންދޫބުކަމާއި ބެހޭ ޚިލާފު ނިންމުން

19.

ސަލާދީބު ކޮންގްރެސްގެ މަންދޫބުކަމާއި ބެހޭ ޚިލާފު ނިންމުންތައް ނިންމާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުންނެވެ.

ގަވަރނިންގ ބޮޑީ އެކުލެވިގެންވާ ގޮތް

20.

(ހ)

ސަލާދީބު ކޮންގްރެސްގެ ގަވަރނިންގ ބޮޑީ އެކުލެވިގެންވަނީ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.

(ށ)

ކޮންގްރެސްގެ ގަވަރނިންގ ބޮޑީގައި އެކުލެވިގެންވަނީ ކޮންގްރެސްގެ ގަވަރުނަރާއި، 2 (ދެ) ޑެޕިއުޓީ ގަވަރުނަރުންނާއި، 3 (ތިން) ވައިސް ޑެޕިއުޓީ ގަވަރުނަރުންނެވެ. މި 3 މަޤާމު އަދި 6 ބޭފުޅުން ހިމެނޭ ޕެނަލަށް ކިޔާނީ "ރިޔާސަތުގެ ޕެނަލް" އެވެ. ރިޔާސަތުގެ ޕެނަލުގެ މެންބަރުން ހޮވާނީ ކޮންގްރެސްގެ މަންދޫބުންގެ ތެރެއިންނެވެ.

(ނ)

5 (ފަސް) ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގްރޫޕަށް ކިޔާނީ "ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލް" އެވެ. ސެކްރެޓަރީ ޖެނެރަލުންނަކީ ކޮންގްރެސްގެ މަންދޫބުން ނޫނެވެ. އެއީ ސަލާދީބު ސަލާމަތީ ކައުންސިލުން ޢައްޔަނުކުރާ މަސްއޫލުވެރިންނެވެ.

ރިޔާސަތުގެ ޕެނަލް

21.

(ހ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ރިޔާސަތުގެ ޕެނަލުންނެވެ.

(ށ)

ޖަލްސާއަށް ހުށަހަޅާ މައްސަލަތައް ބަޙުޘްކުރާނީ ނުވަތަ ބަޙުޘްކުރުމަށް ހުޅުވައިލާނީ ރިޔާސަތުގެ ޕެނަލުންނެވެ.

(ނ)

ރިޔާސަތުގެ ޕެނަލުގައި އެންމެ ބޮޑު ބާރު ލިބިގެންވަނީ ގަވަރުނަރަށެވެ. އޭގެ ފަހުން ޑެޕިއުޓީ ގަވަރުނަރުންނަށާއި، ދެން ވައިސް ޑެޕިއުޓީ ގަވަރުނަރުންނަށެވެ.

(ރ)

ތިރީގައިވާ ކަންކަން ކަނޑައަޅާނީ ރިޔާސަތުގެ ޕެނަލުންނެވެ. ނަމަވެސް، ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލުގެ ޙާއްސަ އަމުރެއްގެ ދަށުން ތިރިގައިވާ ކަންކަން ކަނޑައެޅުމަށް ރިޔާސަތުގެ ޕެނަލަށް ނުވަތަ ރިޔާސަތުގެ ޕެނަލުގެ މީހަކަށް ހުރަސް އެޅިދާނެއެވެ.

(1)

ޚާއްޞަ އަޣުލަބިއްޔަތެއް ބޭނުންވާ ކަންކަން؛

(2)

ޚާއްޞަ ޖަލްސާ ބޭއްވުން؛

(3)

ސެކްރެޓޭރިއޭޓު ބަލަހައްޓާ ސެކްރެޓަރީ ޖެނެރަލް ޢައްޔަނުކުރުން؛

(4)

ކޮންގްރެސްގެ ބަޖެޓު ފާސްކުރާއިރު ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުގެ ޖަލްސާގައި ކޮންގްރެސް ތަމްސީލުކުރުން.

ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލް

22.

(ހ)

ކޮންގްރެސްގެ ކޮންމެ ޖަލްސާއެއްގެ އިދާރީ ކަންކަން ބަލަހައްޓާނީ ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލްގެ ސެކްރެޓަރީ ޖެނެރަލުންނެވެ.

(ށ)

ކޮންމެ ޖަލްސާއެއްގައި އިދާރީ މޭޒު ހުންނަންވާނެއެވެ. އަދި، އިދާރީ މޭޒުގައި ކުރިޔަށްދާ ސަލާދީބު ކޮންގްރެސްގެ އެ އަހަރަށް އައްޔަނުކޮށްފައިވާ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ފާހަނގަވާނެ ހެން މަޤާމުގެ ބޯޑު ބަހައްޓާފައިވާން ޖެހޭނެއެވެ.

(ނ)

ސަލާދީބު ކޮންގްރެސްގެ ސެކްރެޓޭރިއޭޓު ނުވަތަ އިދާރާ ބަލަހައްޓާނީ، ކޮންމެ އަހަރަކަށް ރިޔާސަތުގެ ޕެނަލުން ޢައްޔަނުކުރާ 1 (އެއް) ސެކްރެޓަރީ ޖެނެރަލެކެވެ. މި ސެކްރެޓަރީ ޖެނެރަލުގެ ފުރިހަމަ މަޤާމަކީ "ސަލާދީބު ކޮންގްރެސްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް" ނުވަތަ "ސެކްރެޓަރީ ޖެނެރަލް – ސަލާދީބު ކޮންގްރެސްގެ އިދާރާ" އެވެ. އިނގިރޭސިންނަމަ "Secretary General of the Salaadheeb Congress Secretariat” ނުވަތަ “Secretary General – Salaadheeb Congress Secretariat” އެވެ.

(ރ)

ސަލާދީބު ކޮންގްރެސްގެ 5 (ފަސް) އަހަރުގެ މުއްދަތުގެ ތެރޭގައި ހުރިހާ ސެކްރެޓަރީ ޖެނެރަލުން ސެކްރެޓޭރިއޭޓަށް ޢައްޔަނުކުރުމާއި ނުކުރުމަކީ ރިޔާސަތުގެ ޕެނަލުގެ އިޚްތިޔާރެކެވެ. އެއް ސެކްރެޓަރީ ޖެނެރަލަކު ޖެހިގެންވާ އަހަރުތަކަށް، ނުވަތަ މުޅި 5 އަހަރަށް ޢައްޔަނުކުރެވިދާނެއެވެ.

ރިޔާސަތުގެ ޕެނަލް އިންތިޚާބުކުރުން

23.

(ހ)

ރިޔާސަތުގެ ޕެނަލުގެ މެންބަރުން ހޮވާނީ ކޮންގްރެސްގެ ފުރަތަމަ ދަޢުރުގެ ފުރަތަމަ ޖަލްސާގައި، މަންދޫބުންގެ ސިއްރު ވޯޓަކުންނެވެ.

(ށ)

މި މާއްދާގެ (ހ) ގައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް، އެގްޒެކެޓިވް ޑިރެކްޓަރު އަދި ކައުންސިލުގެ ޑިރެކްޓަރެއްގެ ޕެނަލަކުންނެވެ.

(ނ)

މި ޖަލްސާގައި އިންތިޚާބުވެގެންދާ ރިޔާސަތުގެ ޕެނަލާއި އެކު ކޮންގްރެޝަނަލް ސެކްެރެޓަރީ ޖެނެރަލް ކައުންސެލް އަދި އިދާރާ އާއި ހަވާލުވެ ހުންނަވަން އައްޔަން ކުރެވުނު ސެކްރެޓަރީ ޖެނެރަލްގެ ނަންތައް ރިޔާސަތުން އިއްވަންޖެހޭނެއެވެ.

ރިޔާސަތުގެ ޕެނަލުގެ މުއްދަތާއި ޕެނަލުން އިސްތިޢުފާ ދިނުން

24.

(ހ)

ރިޔާސަތުގެ ޕެނަލުގެ މެންބަރުންގެ މުއްދަތަކީ 5 (ފަހެއް) އަހަރެވެ.

(ށ)

ގަވަރުނަރު އިސްތިޢުފާ ދޭންވާނީ ޑެޕިއުޓީ ގަވަރުނަރުންނަށް ސިޓީއަކުންނެވެ. ޑެޕިއުޓީ ގަވަރުނަރުންނަށް އެ ސިޓީ ލިބުމުން ގަވަރުނަރު އިސްތިޢުފާ ދިނީއެވެ.

(ނ)

ޑެޕިއުޓީ ގަވަރުނަރަކު ނުވަތަ ވައިސް ޑެޕިއުޓީ ގަވަރުނަރަކު އިސްތިޢުފާ ދޭންވާނީ ގަވަރުނަރަށް ސިޓީއަކުންނެވެ. ގަވަރުނަރަށް އެ ސިޓީ ލިބުމުން އިސްތިޢުފާ ދިނީއެވެ.

(ރ)

ގަވަރުނަރުގެ މަޤާމު ހުސްވެއްޖެނަމަ، ކޮންގްރެސްގެ ބާކީ ހުރި މުއްދަތަށް އާ ގަވަރުނަރަކު އިންތިޚާބުކުރަންވާނެއެވެ. މި އިންތިޚާބު ބާއްވާނީ މަންދޫބުންގެ ސިއްރު ވޯޓަކުން، މި އުސޫލުގެ 23 ވަނަ މާއްދާގެ (ށ) ގައިވާ ޕެނަލުގެ ރިޔާސަތުގައެވެ.

(ބ)

ގަވަރުނަރުގެ މަޤާމު ހުސްވެއްޖެނަމަ، މި މާއްދާގެ (ރ) ގެ ދަށުން އާ ގަވަރުނަރަކު އިންތިޚާބުވަންދެން ރިޔާސަތާއި ހަވާލުވާނީ، ޑެޕިއުޓީ ގަވަރުނަރުންގެ ތެރެއިން އެންމެ ގިނަ ދުވަހަށް މަންދޫބުކަން ކޮށްފައިވާ ބޭފުޅާއެވެ. އެ މުއްދަތު އެއްވަރުވެއްޖެނަމަ، ރިޔާސަތާއި ހަވާލުވާނީ ޢުމުރުން އެންމެ ދުވަސްވީ ޑެޕިއުޓީ ގަވަރުނަރެވެ.

(ޅ)

މި މާއްދާގެ (ބ) ގެ ދަށުން ރިޔާސަތާއި ހަވާލުވާ ޑެޕިއުޓީ ގަވަރުނަރު، ގަވަރުނަރުގެ ހުރިހާ ޒިންމާތަކާއި ބާރުތަކާ ހަވާލުވެ ހުންނާނެއެވެ. އެ މުއްދަތުގައި އެ ބޭފުޅާގެ މަޤާމަށް ކިޔާނީ "ޤާއިމުމަޤާމު ގަވަރުނަރު" އެވެ. އިނގިރޭސިން ދަންނަވާނަމަ "Acting Governor" އެވެ.

(ކ)

ޑެޕިއުޓީ ގަވަރުނަރަކު ޤާއިމުމަޤާމު ގަވަރުނަރުގެ ގޮތުގައި ހުންނަ މުއްދަތުގައި، އެ ބޭފުޅާގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް މީހަކު އިންތިޚާބެއް ނުކުރެވޭނެއެވެ.

(އ)

ތިރީގައިވާ ސަބަބަކާ ހުރެ ޑެޕިއުޓީ ގަވަރުނަރެއްގެ ނުވަތަ ވައިސް ޑެޕިއުޓީ ގަވަރުނަރެއްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމަށް މި މާއްދާގެ (ރ) ގައިވާ ގޮތަށް އާ މީހަކު އިންތިޚާބުކުރަންވާނެއެވެ.

(1)

އިސްތިޢުފާދިނުން؛

(2)

މި އުސޫލުގެ 25 ވަނަ މާއްދާގެ ދަށުން ވަކިކުރުން؛ ނުވަތަ

(3)

ޑެޕިއުޓީ ގަވަރުނަރަކު މި މާއްދާގެ (ރ) ގެ ދަށުން ގަވަރުނަރުކަމަށް އިންތިޚާބުވުން.

ރިޔާސަތުގެ ޕެނަލުގެ މެންބަރުން ވަކިކުރުން

25.

(ހ)

ގަވަރުނަރު، ޑެޕިއުޓީ ގަވަރުނަރަކު ނުވަތަ ވައިސް ޑެޕިއުޓީ ގަވަރުނަރަކު މަޤާމުން ވަކިކުރެވޭނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

(1)

ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނިންމަވައިގެން؛ ނުވަތަ

(2)

ޤަރާރަށް ވޯޓުނަގާ ޖަލްސާގައި ހާޒިރުވެ ތިބި މަންދޫބުންގެ %95 (ނުވަދިހަ ފަހެއް އިންސައްތަ) ގެ ތާއީދާއެކު ފާސްކުރާ ޤަރާރަކުން.

(ށ)

މި މާއްދާގެ (ހ) (2) ގެ ދަށުން ޤަރާރެއް ހުށަހަޅާނަމަ، ޤަރާރާ ބެހޭ ބަހުސް ފެށުމުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، އެ މެންބަރަށް ލިޔުމުން އަންގަންވާނެއެވެ.

(ނ)

މި މާއްދާގެ (ހ) (2) ގެ ދަށުން ވަކިކުރުމާ ބެހޭ ބަހުސްގައި، އެ މެންބަރަށް ޖަލްސާގެ ރިޔާސަތު ނުކުރެވޭނެއެވެ. އަދި އެ ޤަރާރަށް ވޯޓު ނުދެވޭނެއެވެ. ނަމަވެސް، އެ ބަހުސްގައި ބައިވެރިވެ ދިފާޢުކުރުމުގެ ޙައްޤު އެ މެންބަރަށް ލިބިގެންވެއެވެ.

(ރ)

ގަވަރުނަރު ވަކިކުރުމުގެ ޤަރާރާ ބެހޭ ބަހުސްގެ ރިޔާސަތު ބަލަހައްޓާނީ، މި އުސޫލުގެ 24 ވަނަ މާއްދާގެ (ބ) ގައިވާ ތަރުތީބުންނެވެ.

(ބ)

ގަވަރުނަރު ވަކިކުރެވިއްޖެނަމަ، މި އުސޫލުގެ 24 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އަދި (އ) ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ. ޑެޕިއުޓީ ގަވަރުނަރަކު ނުވަތަ ވައިސް ޑެޕިއުޓީ ގަވަރުނަރަކު ވަކިކުރެވިއްޖެނަމަ، 24 ވަނަ މާއްދާގެ (އ) ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.

ކޮންގްރެސްގެ ޖަލްސާތައް ބޭއްވުން

26.

(ހ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ ދަޢުރެއްގައި މަދުވެގެން 5 (ފަސް) ޖަލްސާ ބާއްވަންވާނެއެވެ. ބާއްވާ ޖަލްސާގެ އަދަދަށް މަތީ ޙައްދެއް ނެތެވެ.

(ށ)

ސަލާދީބު ކޮންގްރެސްގެ ޢާންމު ޖަލްސާތައް ބާއްވާނީ، ސަލާދީބު ކޮންގްރެސްގެ ސެކްރެޓޭރިއޭޓުން (އިދާރާއިން) ކަނޑައަޅާ ޝެޑިއުލްގެ މަތިންނެވެ. ކޮންމެ ހަފްތާއެއްގެ ޖަލްސާތަކުގެ ޝެޑިއުލް، އެ ހަފްތާ ފެށުމުގެ 3 (ތިން) ހަފްތާ ކުރިން ސެކްރެޓޭރިއޭޓުން ޝާއިޢުކުރަންވާނެއެވެ.

(ނ)

ޝެޑިއުލަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލު ޝާއިޢުކުރަންވާނީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ކުރިން ނުވަތަ އެ ދުވަހުއެވެ. ޝެޑިއުލާއި ޝެޑިއުލަށް ގެންނަ ބަދަލުތަކާ މެދު ބާޚަބަރުވެ ހުރުމަކީ ކޮންމެ މަންދޫބެއްގެ ޒިންމާއެކެވެ.

(ރ)

ޝެޑިއުލާއި ޝެޑިއުލަށް ގެންނަ ބަދަލުތައް ސެކްރެޓޭރިއޭޓުން މަންދޫބުންނަށް އަންގާނީ އީމެއިލް، ފޯނު، އެސް.އެމް.އެސް އަދި ބޭރުގެ އެޕްލިކޭޝަންތައް ފަދަ ވަސީލަތްތަކުންނެވެ. ނަމަވެސް، އަންގާނެ ވަސީލަތްތައް މިއަށް މަޙްދޫދެއް ނުވެއެވެ.

(ބ)

ސަލާދީބު ކޮންގްރެސްގެ ޖަލްސާތަކުގެ އެޖެންޑާ ތައްޔާރުކުރާނީ ސެކްރެޓޭރިއޭޓުން، ނުވަތަ ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލްގެ ސެކްރެޓަރީ ޖެނެރަލުން ގުޅިގެންނެވެ. އެގޮތުން ތައްޔާރުކުރާ އެޖެންޑާ ފާސްކުރާނީ ސެކްރެޓޭރިއޭޓު ބަލަހައްޓާ ސެކްރެޓަރީ ޖެނެރަލެވެ.

(ޅ)

ސަލާދީބު ކޮންގްރެސްގެ ޚާއްޞަ ޖަލްސާއަށް ގޮވާލާނީ ރިޔާސަތުގެ ޕެނަލުންނެވެ. ސަލާދީބު ކޮންގްރެސްގެ ޖުމްލަ މަންދޫބުންގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ތާއީދުކޮށް ޚާއްޞަ ޖަލްސާއަކަށް އެދިއްޖެނަމަ، ސެކްރެޓޭރިއޭޓާ ގުޅިގެން ރިޔާސަތުގެ ޕެނަލުން އެ ޖަލްސާއަށް ގޮވާލަންވާނެއެވެ.

(ކ)

ޚާއްޞަ ޖަލްސާއެއް ބާއްވާކަން މަންދޫބުންނަށް އަންގަންވާނީ އެ ޖަލްސާ ބޭއްވުމުގެ 1 (އެއް) ހަފްތާ ކުރިންނެވެ. ނަމަވެސް، ކުއްލި ޙާލަތެއްގައި ބާއްވާ ޚާއްޞަ ޖަލްސާއެއްނަމަ، އެކަން އަންގަންވާނީ ޖަލްސާ ބާއްވާ ދުވަހުގެ ކުރިން ނުވަތަ އެ ދުވަހުއެވެ.

(އ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ އަހަރެއްގެ ފުރަތަމަ ޖަލްސާގައި، ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކޮންގްރެސްއަށް ތަޤްރީރެއް ކުރައްވާނެއެވެ. އެ ޖަލްސާގައި ހިމެނޭ އެހެން ކަންކަން ކަނޑައަޅާނީ ސެކްރެޓޭރިއޭޓުން ނުވަތަ ރިޔާސަތުގެ ޕެނަލުންނެވެ.

(ވ)

ސަލާދީބު ކޮންގްރެސްގެ ޖަލްސާއެއް ބޭއްވޭނީ، އެ ޖަލްސާގައި މަދުވެގެން 40 (ސާޅީސް) މަންދޫބުން ހާޒިރުވެ ތިބިނަމައެވެ.

(މ)

ސަލާދީބު ކޮންގްރެސްގެ ނިންމުންތައް ނިންމާނީ ޖަލްސާގައި ހާޒިރުވެ ތިބި މަންދޫބުންގެ އަޣުލަބިއްޔަތުންނެވެ. ޚާއްޞަ އަޣުލަބިއްޔަތެއް ބޭނުންވާ ކަންކަމާއި، އެ އަޣުލަބިއްޔަތު ކަނޑައަޅާނީ ރިޔާސަތުގެ ޕެނަލުންނެވެ.

(ފ)

މަންދޫބުންގެ ވޯޓު އެއްވަރުވެއްޖެނަމަ، ނިންމާނީ ރިޔާސަތުގެ ޕެނަލުންނެވެ. ރިޔާސަތުގެ ޕެނަލުގައިވެސް ވޯޓު އެއްވަރުވެއްޖެނަމަ، ފައިސަލާކުރާ ވޯޓު ދޭނީ ގަވަރުނަރު ނުވަތަ ޤާއިމުމަޤާމު ގަވަރުނަރެވެ.

ބަޙުޘްކުރުމުގެ އުސޫލު

27.

(ހ)

ސަލާދީބު ކޮންގްރެސްގެ ޖަލްސާތަކުގައި މަންދޫބުންނަށް ވާހަކަދެއްކުމުގެ ފުރުޞަތު ދޭނީ ޖަލްސާގެ ރިޔާސަތުން ނުވަތަ ގަވަރުނަރެވެ. މިކަމުގައި ރިޔާސަތުގެ ޕެނަލުން ލަފާ ދެވިދާނެއެވެ.

(ށ)

ވާހަކަދެއްކުމުގެ ތަރުތީބުގައި، ދާއިރާތަކުގެ މަންދޫބުންނާއި މިނިވަން މަންދޫބުންނާ ދެމެދު އެއްވެސް ތަފާތެއް ކޮށްގެން ނުވާނެއެވެ.

(ނ)

ބޭނުންވާނަމަ، މަންދޫބަކަށް ވާހަކަދެއްކޭނެ ވަގުތުގެ ޙައްދު ކަނޑައަޅާނީ ރިޔާސަތުގެ ޕެނަލުންނެވެ.

(ރ)

ވާހަކަ ހުއްޓުވަންޖެހޭ ސަބަބެއް ނުވަތަ އެހެން ސަބަބެއް ހުރިނަމަ، ވާހަކަދައްކަމުންދާ މަންދޫބެއްގެ ވާހަކަ ހުއްޓުވުމުގެ ބާރު ގަވަރުނަރަށާއި ރިޔާސަތުގެ ޕެނަލަށް ލިބިގެންވެއެވެ.

(ބ)

ޖަލްސާގެ އަދަބުވެރިކަމާ ޚިލާފަށް ޢަމަލުކުރާ މަންދޫބަކު ޖަލްސާއިން ނެރެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(1)

ޖަލްސާގެ ރިޔާސަތުން އެ މަންދޫބުގެ ނަން 3 (ތިން) ފަހަރު އިއްވަންވާނެއެވެ.

(2)

3 ފަހަރު ނަން އިއްވުމަށްފަހުވެސް އެ މަންދޫބަކު ތަބާނުވެއްޖެނަމަ، އެ މަންދޫބުގެ ނަން އިދާރީ މޭޒަށް ފޮނުވަންވާނެއެވެ.

(3)

އިދާރީ މޭޒުން ލަފާ ދިނުމަށްފަހު، އެ މަންދޫބު ޖަލްސާއިން ނެރުމުގެ ނިންމުން ނިންމާނީ ރިޔާސަތުގެ ޕެނަލުންނެވެ.

ޖަލްސާތައް ޢާންމުންނަށް ހުޅުވާލުން

28.

(ހ)

ސަލާދީބު ކޮންގްރެސްގެ ޖަލްސާތައް ބާއްވާނީ ޢާންމުންނަށް ހުޅުވާލެވިފައިވާ ޖަލްސާތަކެއްގެ ގޮތުގައެވެ.

(ށ)

ޖަލްސާއެއް ހުޅުވާލާނީ ޖަލްސާ ބްރޯޑްކާސްޓްކުރުމުން، ނުވަތަ ޢާންމުންނަށް ޖަލްސާއަށް ހާޒިރުވުމުގެ ފުރުޞަތު ދިނުމުން، ނުވަތަ މި ދެގޮތުންވެސްއެވެ. މިކަން ކަނޑައަޅާނީ ޖަލްސާ ބޭއްވުމުގެ ކުރިން ރިޔާސަތުގެ ޕެނަލުން ނުވަތަ ސަލާދީބު ކޮންގްރެސްގެ ސެކްރެޓޭރިއޭޓުންނެވެ.

(ނ)

ޤައުމީ ސަލާމަތާ ގުޅުންހުރި އެއްވެސް ޖަލްސާއެއް ޢާންމުންނަށް ހުޅުވައިގެން ބާއްވައިގެން ނުވާނެއެވެ.

(ރ)

ޖަލްސާއަކީ ހުޅުވާލެވިފައިވާ ޖަލްސާއެއްތޯ ނުވަތަ ބަންދު ޖަލްސާއެއްތޯ، ޖަލްސާ ބޭއްވުމުގެ ކުރިން މަންދޫބުންނަށް އަންގަންވާނެއެވެ.

(ބ)

ޖަލްސާ ހުޅުވާލުމާ ގުޅުންހުރި އިދާރީ ކަންކަން ބަލަހައްޓާނީ ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލުންނެވެ. މީގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.

(1)

ޖަލްސާ ބްރޯޑްކާސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން؛

(2)

ޢާންމުން ޖަލްސާއަށް ހާޒިރުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން؛

(3)

ޖަލްސާއަކީ ހުޅުވާލެވިފައިވާ ނުވަތަ ބަންދު ޖަލްސާއެއްކަން މަންދޫބުންނަށް އެންގުން.

ޔައުމިއްޔާ، ނިންމުންތައް ފޮނުވުމާއި ޝާއިޢުކުރުން

29.

(ހ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަކީ ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލްގެ މަސްއޫލިއްޔަތެކެވެ.

(ށ)

ކޮންމެ ޖަލްސާއެއް ނިމުމަށްފަހު ދެވަނަ ދުވަހު، އެ ޖަލްސާގެ ޔައުމިއްޔާއާއި ޖަލްސާގައި ނިންމި ނިންމުންތައް، ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލުން ސަލާދީބު ސަލާމަތީ ކައުންސިލުގެ މަހަލްތީ ކޮމިޓީއަށް ފޮނުވަންވާނެއެވެ.

(ނ)

މި މާއްދާގެ (ށ) ގައިވާ ލިޔެކިޔުންތައް ފޮނުވާނީ، މަހަލްތީ ކޮމިޓީގެ އޮފީސް މެއިލް ނުވަތަ އިދާރީ މެއިލް ކަމުގައިވާ mahalthee@ssc.mv.csa އަށް އީމެއިލް ކުރުމުންނެވެ.

(ރ)

މި މާއްދާގެ (ނ) ގައިވާ މެއިލް ބަދަލުވެއްޖެނަމަ، އާ މެއިލް ފޯރުކޮށްދޭނީ ސަލާދީބު ސަލާމަތީ ކައުންސިލުންނެވެ.

(ބ)

ސަލާދީބު ކޮންގްރެސްގެ ޔައުމިއްޔާއާއި ނިންމުންތައް ޝާއިޢުކުރާނީ ސަލާދީބު ސަލާމަތީ ކައުންސިލުގައެވެ. ނަމަވެސް، ބަންދު ޖަލްސާތަކުގެ ސިއްރު މަޢުލޫމާތު ޝާއިޢު ނުކުރެވޭނެއެވެ.

(ޅ)

މި މާއްދާގެ (ށ) ގެ ދަށުން ލިޔެކިޔުންތައް ފޮނުވުމުގެ ކުރިން، އެ ލިޔެކިޔުންތަކުގައި ޖަލްސާގައި ނިންމި ގޮތް ރަނގަޅަށް ހިމެނިފައިވާކަން ކަށަވަރުކުރުމަކީ ރިޔާސަތުގެ ޕެނަލުގެ މަސްއޫލިއްޔަތެކެވެ.

ކޮންގްރެސްގެ ކޮމީޓީތައް އެކުލަވާލުން

30.

(ހ)

ސަލާދީބު ކޮންގްރެސްގެ ކޮމިޓީތައް އެކުލަވާލަންވާނީ، ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްޜަންތަކަށް ބަލައި، އެ ސެކްޜަންތަކާ ގުޅުންހުރި ކޮމިޓީތަކެއްގެ ގޮތުގައެވެ.

(ށ)

ސަލާދީބު ކޮންގްރެސްގެ ކޮމިޓީތަކުގެ ތެރޭގައި ތިރީގައިވާ ކޮމިޓީތައް ހިމެނެންވާނެއެވެ.

(1)

ޤައުމީ އަދި ބައިނަލްއަޤުވާމީ ސަލާމަތާ ބެހޭ ކޮމިޓީ؛

(2)

އިޤްތިޞާދީ ކަންތައްތަކާ ބެހޭ ކޮމިޓީ؛

(3)

ޑިޖިޓަލް ނިޒާމުތަކާ ބެހޭ ކޮމިޓީ؛

(4)

ތަޢުލީމާ ބެހޭ ކޮމިޓީ؛

(5)

ޞިއްޙީ ކަންތައްތަކާ ބެހޭ ކޮމިޓީ؛

(6)

ބިނާރާއާ ބެހޭ ކޮމިޓީ؛

(7)

ކަނޑުގެ ކަންތައްތަކާ ބެހޭ ކޮމިޓީ؛

(8)

ތިމާވެށްޓާ ބެހޭ ކޮމިޓީ؛

(9)

ވެރިކަން ހިންގުމާ ބެހޭ ކޮމިޓީ؛

(10)

ޚާރިޖީ ކަންތަކާ ބެހޭ ކޮމިޓީ؛

(11)

ޒުވާނުންގެ ބާރު؛

(12)

އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލް.

(ނ)

މި މާއްދާގެ (ށ) ގައިވާ ކޮމިޓީތަކަށް އިތުރުކޮށް، ބޭނުންވާ ޙާލަތްތަކުގައި ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލުން އިތުރު ކޮމިޓީތައް އެކުލަވާލެވިދާނެއެވެ.

(ރ)

ސަލާދީބު ކޮންގްރެސްގެ ޒުވާނުންނާ ބެހޭ ކޮމިޓީއަށް ކިޔާނީ "ޒުވާނުންގެ ބާރު" އެވެ. އިނގިރޭސިން ދަންނަވާނަމަ "Youth Wing" އެވެ.

(ބ)

ސަލާދީބު ކޮންގްރެސްގެ އަންހެނުންނާ ބެހޭ ކޮމިޓީއަށް ކިޔާނީ "އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލް" އެވެ. އިނގިރޭސިން ދަންނަވާނަމަ "National Women's Empowerment Council" އެވެ.

(ޅ)

ޒުވާނުންގެ ބާރާއި އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ އޮނިގަނޑަކީ، ސަލާދީބު ކޮންގްރެސްގެ އެހެން ކޮމިޓީތަކުގެ އޮނިގަނޑާ ތަފާތު އޮނިގަނޑެކެވެ. ޒުވާނުންގެ ބާރުގެ އޮނިގަނޑު ޤާއިމުކުރަންވާނީ މި އުސޫލުގެ ޖަދުވަލު 5 ގައިވާ ގޮތަށެވެ. އަދި އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ އޮނިގަނޑު ޤާއިމުކުރަންވާނީ މި އުސޫލުގެ ޖަދުވަލު 6 ގައިވާ ގޮތަށެވެ.

(ކ)

ސަލާދީބު ކޮންގްރެސްގެ ކޮމިޓީތަކުގެ މެންބަރުކަން ލިބިގެންވަނީ ސަލާދީބު ކޮންގްރެސްގެ މަންދޫބުންނަށް އެކަންޏެވެ.

(އ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ މަންދޫބަކަށް، އެ މަންދޫބަކު ބައިވެރިވާން ބޭނުންވާ ކޮމިޓީއެއް ހޮވުމުގެ ޙައްޤު ލިބިގެންވެއެވެ. ނަމަވެސް، ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލަށް އެ ހޮވުން ބާޠިލުކޮށް، އެ މަންދޫބަކު އެހެން ކޮމިޓީއަކަށް ބަހައްޓާލެވިދާނެއެވެ.

(ވ)

މި މާއްދާގެ (ޅ) ގައިވާ ކޮމިޓީތައް ފިޔަވައި، ސަލާދީބު ކޮންގްރެސްގެ ކޮންމެ ކޮމިޓީއެއްގެ ވެރިޔާއަކީ "ކޮމިޓީގެ ރައީސް" އެވެ. ކޮމިޓީގެ ރައީސްކަމާ ހަވާލުވާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސަނަދުތަކުގެ ތެރެއިން، އެ ކޮމިޓީގެ މެންބަރުންގެ ތެރޭގައި އެންމެ މަތީ ފެންވަރުގެ ސަނަދު ޙާޞިލުކޮށްފައިވާ މެންބަރެވެ. އެ ފެންވަރުގެ ސަނަދު ޙާޞިލުކޮށްފައިވާ މެންބަރުން އެކަކަށްވުރެ ގިނަނަމަ، ކޮމިޓީގެ ރައީސްކަމާ ހަވާލުވާނީ އެ މެންބަރުންގެ ތެރެއިން ޢުމުރުން އެންމެ ދުވަސްވީ މެންބަރެވެ.

ކޮމިޓީތަކުގެ ބާރު

31.

ސަލާދީބު ކޮންގްރެސްގެ ކޮމިޓީތަކަށް ތިރީގައިވާ ބާރުތައް ލިބިގެންވެއެވެ.

(ހ)

ސަލާދީބު ކޮންގްރެސްއިން ކޮމިޓީއާ ހަވާލުކުރާ މަސައްކަތްތައް ކުރުން.

(ށ)

ސަލާދީބު ކޮންގްރެސްގެ ޖަލްސާތައް ކުރިއަށް ދާ ވަގުތު، ކޮމިޓީގެ ފަރާތުން ކޮށްފައިވާ ދިރާސާތައް ޖަލްސާއަށް ހުށަހެޅުން.

(ނ)

ކޮމިޓީގެ މަސައްކަތާ ގުޅުންހުރި ޢަރުޟުތައް ބަލައިގަތުން.

(ރ)

ކޮމިޓީގެ މަސައްކަތާ ގުޅިގެން، ސަލާދީބު ސަލާމަތީ ކައުންސިލުގެ، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ، ދިވެހި ސަރުކާރުގެ ނުވަތަ ދިވެހި ދައުލަތުގެ މީހަކު ނުވަތަ މަސްއޫލުވެރިއަކު ކޮމިޓީއަށް ހާޒިރުކުރުން.

ކޮމިޓީތަކުގެ ޖަލްސާ

32.

(ހ)

ސަލާދީބު ކޮންގްރެސްގެ ކޮމިޓީތަކުގެ ޖަލްސާތައް ބާއްވާނީ، ސަލާދީބު ކޮންގްރެސްގެ ސެކްރެޓޭރިއޭޓުން ކަނޑައަޅާ ޝެޑިއުލްގެ މަތިންނެވެ. ކޮމިޓީގެ ޖަލްސާއެއް ސަލާދީބު ކޮންގްރެސްގެ ޖަލްސާއަކާ ފުށުއަރާ ގޮތަށް ނުބޭއްވޭނެއެވެ.

(ށ)

ކޮމިޓީގެ ޖަލްސާއެއް ބާއްވާކަން، ޖަލްސާ ބޭއްވުމުގެ މަދުވެގެން 3 (ތިން) ދުވަސް ކުރިން ސެކްރެޓޭރިއޭޓުން ކޮމިޓީގެ މެންބަރުންނަށް އަންގަންވާނެއެވެ.

(ނ)

ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިޓީގެ ރައީސެވެ.

(ރ)

ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނީ، އެ ކޮމިޓީގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބިނަމައެވެ.

(ބ)

ކޮމިޓީގެ ނިންމުންތައް ނިންމާނީ ޖަލްސާގައި ހާޒިރުވެ ތިބި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވޯޓު އެއްވަރުވެއްޖެނަމަ، ފައިސަލާކުރާ ވޯޓު ދޭނީ ކޮމިޓީގެ ރައީސެވެ.

(ޅ)

ކޮމިޓީތަކުގެ ޖަލްސާތައް ބާއްވާނީ ޢާންމުންނަށް ހުޅުވާލެވިފައިވާ ޖަލްސާތަކެއްގެ ގޮތުގައެވެ. ނަމަވެސް، ޤައުމީ ސަލާމަތާ ގުޅުންހުރި އެއްވެސް ޖަލްސާއެއް ޢާންމުންނަށް ހުޅުވައިގެން ބާއްވައިގެން ނުވާނެއެވެ.

(ކ)

ކޮމިޓީގެ ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމަކީ ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލްގެ މަސްއޫލިއްޔަތެކެވެ.

(އ)

ކޮމިޓީއިން ކުރާ ދިރާސާތަކާއި ނިންމާ ނިންމުންތައް، ރިޕޯޓެއްގެ ގޮތުގައި ސަލާދީބު ކޮންގްރެސްއަށް ހުށަހަޅަންވާނެއެވެ.

(ވ)

ޒުވާނުންގެ ބާރުގެ ޖަލްސާތައް ބާއްވާނީ މި އުސޫލުގެ ޖަދުވަލު 5 ގައިވާ ގޮތުގެ މަތިންނެވެ. އަދި އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ ޖަލްސާތައް ބާއްވާނީ މި އުސޫލުގެ ޖަދުވަލު 6 ގައިވާ ގޮތުގެ މަތިންނެވެ. އެ ޖަދުވަލުތަކުގައި ބަޔާންކޮށްފައި ނުވާ ކަމެއްގައި ޢަމަލުކުރާނީ މި މާއްދާގައިވާ ގޮތަށެވެ.

މަންދޫބުންގެ ޒިންމާ

33.

(ހ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ މަންދޫބަކު، މަންދޫބުކަމުގެ ވާޖިބުތައް އަދާކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއަށް ބަހައްޓައިގެންނެވެ.

(ށ)

ސަލާދީބު ކޮންގްރެސްގެ މަންދޫބަކު ތަމްސީލުކުރަނީ، އެ މަންދޫބަކު އިންތިޚާބުވި ދާއިރާ އެކަނި ނޫނެވެ. ކޮންމެ މަންދޫބަކު، މުޅި ދިވެހިރާއްޖޭގެ މަޞްލަޙަތަށް ބަލައިގެން މަސައްކަތްކުރަން ޖެހޭނެއެވެ.

(ނ)

ސަލާދީބު ކޮންގްރެސްގެ މަންދޫބަކު، މަންދޫބުކަމުގެ މަޤާމު ނުވަތަ އެ މަޤާމުގެ ސަބަބުން ލިބޭ މަޢުލޫމާތު ބޭނުންކޮށްގެން، އަމިއްލަ ނަފްސަށް ނުވަތަ އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިގެން ނުވާނެއެވެ.

(ރ)

ސަލާދީބު ކޮންގްރެސްގެ މަންދޫބަކު، އެއްވެސް ބާވަތެއްގެ ކޮރަޕްޝަނުގެ ޢަމަލެއްގައި ބައިވެރިވެގެން ނުވާނެއެވެ.

(ބ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ މަންދޫބަކު، މަންދޫބުކަމުގެ ވާޖިބުތައް އަދާކުރަން ޖެހޭނީ ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއެކުއެވެ.

މުދަލާއި ފައިސާގެ ބަޔާން

34.

(ހ)

ސަލާދީބު ކޮންގްރެސްގެ ކޮންމެ މަންދޫބަކު، ކޮންމެ އަހަރަކު އެ މަންދޫބުގެ މުދަލާއި ފައިސާގެ ބަޔާން ލިޔުމުން ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލަށް ހުށަހަޅަން ޖެހޭނެއެވެ. އެ ބަޔާނުގައި މަންދޫބުގެ މުދަލާއި، ފައިސާއާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، ދަރަނިތައް ހިމެނެން ޖެހޭނެއެވެ.

(ށ)

މި މާއްދާގެ (ހ) ގެ ދަށުން ލިބޭ ބަޔާންތައް، ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލުން ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހަށް ފޮނުވަން ޖެހޭނެއެވެ.

މަޞްލަޙަތު ފުށުއެރުން

35.

(ހ)

ސަލާދީބު ކޮންގްރެސްގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއަކަށް ހުށަހެޅޭ ކަމަކާ ގުޅިގެން، މަންދޫބެއްގެ އަމިއްލަ މަޞްލަޙަތާ ފުށުއަރާ ޙާލަތެއް އުފެދިފައިވާކަން އިޢުލާނުކުރާނީ، ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލުން ނުވަތަ ގަވަރނިންގ ބޮޑީންނެވެ.

(ށ)

މަޞްލަޙަތު ފުށުއަރާ ޙާލަތެއް އުފެދިފައިވާ މަންދޫބަކަށް، އެ ކަމަކާ ބެހޭ ގޮތުން ނަގާ ވޯޓެއްގައި ވޯޓު ނުދެވޭނެއެވެ.

(ނ)

މަޞްލަޙަތު ފުށުއަރާ ޙާލަތެއް ދިމާވެފައިވާކަން މަންދޫބަކަށް އަމިއްލައަށް އެނގިއްޖެނަމަ، އެ މަންދޫބަކު އެކަން ރިޔާސަތުގެ ޕެނަލަށް ހާމަކުރުން ލާޒިމުވެގެންވެއެވެ.

މަންދޫބުންގެ ޚާއްޞަ ޙައްޤުތައް

36.

ސަލާދީބު ކޮންގްރެސްގެ ޖަލްސާތަކާއި ސަލާދީބު ކޮންގްރެސްގެ ކޮމިޓީތަކުގެ ޖަލްސާތަކުގައި، ކޮންމެ މަންދޫބަކަށް މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އެ ޖަލްސާތަކުގައި މަންދޫބަކު ބުނާ ބަހަކާއި، ފާޅުކުރާ ޚިޔާލަކާއި، ދޭ ވޯޓަކާ ގުޅިގެން، އެ މަންދޫބަކާ މެދު އެއްވެސް ޝަރުޢީ ފިޔަވަޅެއް، ތަޙުޤީޤެއް ނުވަތަ އިދާރީ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. ނަމަވެސް، މި ޙައްޤު ލިބިގެންވަނީ އިސްލާމްދީނުގެ އުޞޫލުތަކާއި، ޖަލްސާތަކުގެ އަދަބުވެރިކަމާއި، ސިއްރު މަޢުލޫމާތު ރައްކާތެރިކުރުމާ ޚިލާފުނުވާ ޙައްދުގެ ތެރޭގައެވެ.

ސިއްރު މަޢުލޫމާތު

37.

ސަލާދީބު ކޮންގްރެސްގެ މަންދޫބުކަމުގެ ސަބަބުން، ނުވަތަ ސަލާދީބު ކޮންގްރެސްގެ ބަންދު ޖަލްސާތަކާއި ކޮމިޓީތަކުގެ ބަންދު ޖަލްސާތަކުގެ ސަބަބުން ލިބޭ ސިއްރު މަޢުލޫމާތު، ސަލާދީބު ކޮންގްރެސްގެ ކޮންމެ މަންދޫބަކާއި ގަވަރނިންގ ބޮޑީގެ ކޮންމެ މެންބަރަކު ރައްކާތެރިކުރަން ޖެހޭނެއެވެ. ސަލާދީބު ކޮންގްރެސްއަށް ލިބޭ މަޢުލޫމާތުގެ ސިއްރުކަމުގެ ދަރަޖަ ކަނޑައަޅަން ޖެހޭނީ މި އުސޫލުގެ ޖަދުވަލު 4 ގައިވާ ދަރަޖަތަކާ އެއްގޮތަށެވެ. އެ ދަރަޖަތަކުގެ ތެރެއިން ސިއްރު ދަރަޖައެއްގައިވާ މަޢުލޫމާތެއް، ޤާނޫނަކުން ނުވަތަ ކޯޓު އަމުރަކުން ލާޒިމުކުރާ ޙާލަތެއް ފިޔަވައި، ހުއްދަ ނުލިބޭ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. މަންދޫބުކަމުގެ ނުވަތަ މެންބަރުކަމުގެ މުއްދަތު ހަމަވުމަށްފަހުވެސް މި ވާޖިބު ދެމިއޮންނާނެއެވެ.

އަޚްލާޤާ ގުޅޭ ފިޔަވަޅު އެޅުން

38.

(ހ)

ސަލާދީބު ކޮންގްރެސްގެ މަންދޫބުންގެ އަޚްލާޤާ ގުޅޭ މައްސަލަތަކުގައި ފިޔަވަޅު އަޅާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުންނެވެ. މި މާއްދާގެ ބޭނުމަށްޓަކައި ހިންގާ މަޖިލީހަށް ކިޔާނީ "ޑިސިޕްލިނަރީ ބޯޑު" އެވެ.

(ށ)

މަންދޫބެއްގެ އަޚްލާޤާ ގުޅޭ މައްސަލައެއް ފުރަތަމަ ބަލައިގަންނާނީ ސަލާދީބު ކޮންގްރެސްގެ ސެކްރެޓޭރިއޭޓުންނެވެ. ސެކްރެޓޭރިއޭޓުން އެ މައްސަލަ ބެލުމަށްފަހު، މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ފޮނުވަން ޖެހޭނެއެވެ.

(ނ)

ސެކްރެޓޭރިއޭޓަށް ލިބޭ ހުރިހާ މައްސަލައެއް ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަން ޖެހޭނެއެވެ. ސެކްރެޓޭރިއޭޓަށް ލިބޭ އެއްވެސް މައްސަލައެއް، ބޯޑަށް ހުށަނާޅައި ހިފަހައްޓައިގެން ނުވަތަ ނިންމައިގެން ނުވާނެއެވެ.

(ރ)

ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާ މައްސަލައަކީ ސަލާދީބު ކޮންގްރެސްއާ ގުޅުންހުރި މައްސަލައެއްނަމަ، އެ މައްސަލަ ބަލާ ބައްދަލުވުންތަކުގައި ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލުގެ މެންބަރަކު، ކޮންގްރެސް ތަމްސީލުކުރަމުން ހާޒިރުވެ ހުރުން މަޖުބޫރެވެ.

(ބ)

ޑިސިޕްލިނަރީ ބޯޑުގެ އަޣުލަބިއްޔަތަކުން، ކުށްވެރިވާ މަންދޫބެއްގެ މައްޗަށް ތިރީގައިވާ އަދަބުތަކުންކުރެ އަދަބެއް ތަންފީޒުކުރުމުގެ ޙައްޤު ބޯޑަށް ލިބިގެންވެއެވެ.

(1)

ލިޔުމުން އިންޒާރު ދިނުން؛

(2)

ވަކި މުއްދަތަކަށް ސަލާދީބު ކޮންގްރެސްގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ޖަލްސާތަކުން ހުއްޓުވުން؛

(3)

މުސާރައާއި އިނާޔަތްތައް ވަކި މުއްދަތަކަށް ނުވަތަ ވަކި އަދަދަކަށް ހިފެހެއްޓުން؛

(4)

ކޮމިޓީއެއްގެ މެންބަރުކަމުން ވަކިކުރުން؛

(5)

ސަލާދީބު ކޮންގްރެސްގެ މަންދޫބުކަމުން ވަކިކުރުން.

ސަލާދީބު ކޮންގްރެސްގެ ބަޖެޓު

39.

ސަލާދީބު ކޮންގްރެސްގެ ބަޖެޓު ފާސްކުރަން ޖެހޭނީ، ސަލާދީބު ކޮންގްރެސްގެ ގަވަރނިންގ ބޮޑީގެ ތަމްސީލު ހިމެނޭ، ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުގެ ޖަލްސާއެއްގައެވެ. ބަޖެޓުން ޚަރަދުކުރުމުގެ އުޞޫލުތައްވެސް އެ ޖަލްސާގައި ފާސްކުރެވިދާނެއެވެ. ސަލާދީބު ކޮންގްރެސްއިން ޚަރަދުކުރެވޭނީ ފާސްކުރެވުނު ބަޖެޓާއި ޚަރަދުކުރުމުގެ އުޞޫލުތަކާ އެއްގޮތަށް އެކަންޏެވެ. ސަލާދީބު ކޮންގްރެސްގެ ބަޖެޓު ބަލަހައްޓަން ޖެހޭނީ، ބަޖެޓާ ހަވާލުވެ ހުންނަވާ ސެކްރެޓަރީ ޖެނެރަލްގެ ދަށުން، ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލުންނެވެ.

މަންދޫބުންގެ މުސާރައާއި އިނާޔަތްތައް

40.

ސަލާދީބު ކޮންގްރެސްގެ މަންދޫބުންގެ މުސާރައާއި އިނާޔަތްތައް ހަމަޖައްސާނީ ސަލާދީބު ކޮންގްރެސްގެ ގަވަރނިންގ ބޮޑީންނެވެ. މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމަށް ބާއްވާ ކޮންމެ ޖަލްސާއެއް ނުވަތަ ބައްދަލުވުމެއްގައި، މަންދޫބުން ތަމްސީލުކުރުމަށްޓަކައި ސަލާދީބު ކޮންގްރެސްގެ މަންދޫބަކު ހާޒިރުވެ ހުންނަން ޖެހޭނެއެވެ. ސަލާދީބު ކޮންގްރެސްގެ މަންދޫބުންގެ މުސާރައާއި އިނާޔަތްތައް ބަޔާންކޮށްފައިވަނީ މި އުސޫލުގެ ޖަދުވަލު 3 ގައެވެ. މުސާރައާއި އިނާޔަތްތަކާ ގުޅޭ ކަންކަމުގައި ޢަމަލުކުރަން ޖެހޭނީ އެ ޖަދުވަލުގައިވާ އުޞޫލުތަކާ އެއްގޮތަށެވެ.

މަންދޫބުންގެ ރައްކާތެރިކަން

41.

ސަލާދީބު ކޮންގްރެސްގެ ޖަލްސާތައް ބާއްވާ މަރުކަޒު ނުވަތަ އިމާރާތުގެ ރައްކާތެރިކަމާއި، ސަލާދީބު ކޮންގްރެސްގެ މަންދޫބުންނަށް ބޮޑީގާޑު ޚިދުމަތް ދިނުމާއި މަންދޫބުންގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ އޭޖެންޓުންނާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮފިސަރުން ތިއްބަވާނެއެވެ. މި ރައްކާތެރިކަން ހަމަޖައްސަން ޖެހޭނީ ސަލާދީބު ސަލާމަތީ ކައުންސިލުންނެވެ. ސަލާދީބު ކޮންގްރެސްގެ މަންދޫބަކަށް ރައްކާތެރިކަމުގެ އިންޒާރެއް އޮތްނަމަ، އެ މަންދޫބުގެ ރައްކާތެރިކަމަށް އިތުރު އޭޖެންޓުން ހަމަޖެއްސުމަކީ ސަލާދީބު ސަލާމަތީ ކައުންސިލުގެ އިޚްތިޔާރުގައިވާ ކަމެކެވެ.

އުސޫލަށް ބަދަލު ގެނައުން

42.

މި އުސޫލަށް ބަދަލު ގެނެވޭނީ، ސަލާދީބު ކޮންގްރެސްގެ ޖަލްސާއެއްގައި ނަގާ ވޯޓަކުން ފާސްކުރާ ޤަރާރަކުންނެވެ. އެ ބަދަލު ފާސްވުމަށް ބޭނުންވާ އަޣުލަބިއްޔަތު ކަނޑައަޅާނީ ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލުންނެވެ. މި އުސޫލަށް ގެންނަ ކޮންމެ ބަދަލެއް، ދިވެހިރާއްޖޭގެ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހޭނެއެވެ.

ތަފްސީރުކުރުން

43.

މި އުސޫލުގެ އެއްވެސް މާއްދާއެއް ތަފްސީރުކުރުމުގައި ސުވާލެއް އުފެދިއްޖެނަމަ، އެ މާއްދާ ތަފްސީރުކުރާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުންނެވެ. ހިންގާ މަޖިލީހުން ކުރާ ތަފްސީރަކީ، އެ މައްސަލައެއްގައި ނިމުމެއްގެ ގޮތުގައި ބެލެވޭ ތަފްސީރެކެވެ.

ޖަދުވަލަކީ އުސޫލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން

44.

މި އުސޫލުގައިވާ ޖަދުވަލުތަކަކީ، މި އުސޫލުގެ ބައެއްކަމުގައި ބެލެވޭނެއެވެ. އަދި ވަކި ކަމެއްގައި ޢަމަލު ކުރައްވަން ޖެހޭ ގޮތް ޖަދުވަލުގައި ބަޔާންކޮށްފައިވާނަމަ އެ ގޮތަށް ޢަމަލުކުރަންޖެހޭނެއެވެ.

މި އުސޫލަށް ޢަމަލުކުރަން ފެށުން

45.

މި އުސޫލު ތަންފީޒުކުރަން ފަށާނީ، މި އުސޫލު ދިވެހިރާއްޖޭގެ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

މި އިޢުލާނުގައި އެއްވެސް މައްސަލައެއްވާނަމަ ނުވަތަ ތިޔަ ފަރާތުގެ އެއްވެސް ޝަކުވާއެއްވާނަމަ secretariat@congress.ssc.mv އަށް މެއިލް ކުރައްވާ ޝަކުވާ ހުށަހެޅެއްވުމަށް ދަންނަވަމެވެ.

25 ރަބީޢުލް އާޚިރު 1448 06 އޮކްޓޫބަރު 2026

-އިދާރާ-

ޖަދުވަލު 1

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 11ގެ 10 ވަނަ މާއްދާގަައި ބަޔާންކޮށްފައިވާ ދާއިރާތަކާއި ގޮނޑިތަކާއި މަޤާމުގެ ނަންތައް

ދާއިރާތަކާއި ގޮނޑިތަކުގެ އަދަދު

ދާއިރާއާންމު ގޮނޑިސިޓީގެ ގޮނޑިއަންހެނުންނަށް ޚާއްސަ ގޮނޑިޖުމްލަ ގޮނޑި
މުއައްސަސާތަކަށް ޚާއްސަ ގޮނޑިތައް
ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީ⁦3⁩⁦-⁩⁦-⁩⁦3⁩
ވަޒީރުންގެ މަޖިލީސް / ދިވެހި ސަރުކާރުގެ ކެބިނެޓު⁦3⁩⁦-⁩⁦-⁩⁦3⁩
ސަލާދީބު ސަލާމަތީ ކައުންސިލުގެ ވަޒީރުންގެ ލަފާދޭ ބޯޑު / މިނިސްޓޭރިއަލް އެޑްވައިޒަރީ ބޯޑު⁦1⁩⁦-⁩⁦-⁩⁦1⁩
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ނުވަތަ ސަރަހައްދުތަކަށް ޚާއްސަ ގޮނޑި
އުތުރު⁦5⁩⁦1⁩⁦3⁩⁦9⁩
މެދުރާއްޖެތެރެ⁦10⁩⁦2⁩⁦6⁩⁦18⁩
ދެކުނު⁦8⁩⁦3⁩⁦5⁩⁦16⁩
ޖުމްލަ ގޮނޑިތަކުގެ އަދަދު⁦30⁩⁦6⁩⁦14⁩⁦50⁩

ސިޓީތަކުގެ ގޮނޑިތައް

ދާއިރާސިޓީގެ ގޮނޑިތަކުގެ އަދަދުސިޓީގެ ނަން
އުތުރު⁦1⁩ކުޅުދުއްފުށި ސިޓީ
މެދުރާއްޖެތެރެ⁦2⁩މާލެ ސިޓީ
ހުޅުމާލެ ސިޓީ
ދެކުނު⁦3⁩ތިނަދޫ ސިޓީ
ފުވައްމުލައް ސިޓީ
އައްޑޫ ސިޓީ

ގޮނޑިއާއި މަޤާމުގެ ނަންތައް

ދާއިރާގޮނޑި ނުވަތަ މަޤާމުގެ ނަންއިނގިރޭސި ނަން
މުއައްސަސާތަކަށް ޚާއްސަ ގޮނޑިތައް
ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ކޮންގްރެސް މަންދޫބު⁦Congress Delegate of Continental Security Agency⁩
ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ކޮންގްރެސް މަންދޫބު
ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ކޮންގްރެސް މަންދޫބު
ވަޒީރުންގެ މަޖިލީސް / ދިވެހި ސަރުކާރުގެ ކެބިނެޓުވަޒީރުންގެ މަޖިލީހުގެ ކޮންގްރެސް މަންދޫބު⁦Congress Delegate of the Cabinet of the Government of Maldives⁩
ވަޒީރުންގެ މަޖިލީހުގެ ކޮންގްރެސް މަންދޫބު
ވަޒީރުންގެ މަޖިލީހުގެ ކޮންގްރެސް މަންދޫބު
ސަލާދީބު ސަލާމަތީ ކައުންސިލުގެ ވަޒީރުންގެ ލަފާދޭ ބޯޑު / މިނިސްޓޭރިއަލް އެޑްވައިޒަރީ ބޯޑުވަޒީރުންގެ ލަފާދޭ ބޯޑުގެ ކޮންގްރެސް މަންދޫބު⁦Congress Delegate of the Ministerial Advisory Board⁩
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ނުވަތަ ސަރަޙައްދުތަކަށް ޚާއްސަ ގޮނޑި
އުތުރުދިވެހިރާއްޖޭގެ އުތުރު ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives North⁩
ދިވެހިރާއްޖޭގެ އުތުރު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ އުތުރު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ އުތުރު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ އުތުރު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ އުތުރު ކުޅުދުއްފުށި ސިޓީ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Northern Kulhudhuffushi City⁩
ދިވެހިރާއްޖޭގެ އުތުރު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives North Women’s Special Bloc⁩
ދިވެހިރާއްޖޭގެ އުތުރު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ އުތުރު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
މެދުރާއްޖެތެރެދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Central⁩
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ މާލެ ސިޓީ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Central Malé City⁩
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ ހުޅުމާލެ ސިޓީ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Central Hulhumale City⁩
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Central Women’s Special Bloc⁩
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ މެދުރާއްޖެތެރެ އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދެކުނުދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives South⁩
ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު ތިނަދޫ ސިޓީ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Southern Thinadhoo City⁩
ދިވެހިރާއްޖޭގެ ދެކުނު ފުވައްމުލައް ސިޓީ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Southern Fuvahmulah City⁩
ދިވެހިރާއްޖޭގެ ދެކުނު އައްޑޫ ސިޓީ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives Southern Addu City⁩
ދިވެހިރާއްޖޭގެ ދެކުނު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު⁦Congress Delegate of Maldives South Women’s Special Bloc⁩
ދިވެހިރާއްޖޭގެ ދެކުނު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
ދިވެހިރާއްޖޭގެ ދެކުނު އަންހެނުންނަށް ޚާއްސަ ކޮންގްރެސް މަންދޫބު
މިނިވަން މަންދޫބުން
މިނިވަންމިނިވަން ކޮންގްރެސް މަންދޫބު⁦Independent Congress Delegate⁩

ޝުކުރިއްޔާ.

26 ރަބީޢުލް އާޚިރު 1448 07 އޮކްޓޫބަރު 2026

ޖަދުވަލު 2

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 11ގެ 14 ވަނަ މާއްދާގަައި ބަޔާންކޮށްފައިވާ ސަލާދީބު ކޮންގްރެސް މަންދޫބުންގެ ހުވާ

ސަލާދީބު ކޮންގްރެސް މަންދޫބުންގެ ހުވާ

"އަހުރެން ............. (އެމީހެއްގެ ނަން ކިޔުން)، އިސްލާމްދީނަށް އިޙްތިރާމްކުރާނޭ ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށާއި، ސަލާދީބު ކޮންގްރެސްގެ ޤަވާޢިދުތަކަށާއި އުސޫލުތަކަށް ތަބާވާނޭ ކަމަށާއި، ސަލާދީބު ކޮންގްރެސްގެ މަންދޫބެއްގެ ވާޖިބުތައް، ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއަށް ބަހައްޓައި، މުޅި ދިވެހިރާއްޖޭގެ މަޞްލަޙަތަށް ބަލައިގެން، ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރާނޭ ކަމަށާއި، މަންދޫބުކަމުގެ މަޤާމު ނުވަތަ އެ މަޤާމުގެ ސަބަބުން ލިބޭ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނުހޯދާނޭ ކަމަށާއި، ކޮރަޕްޝަނުގެ އެއްވެސް ޢަމަލެއްގައި ބައިވެރިނުވާނޭ ކަމަށާއި، މަންދޫބުކަމުގެ ސަބަބުން ލިބޭ ސިއްރު މަޢުލޫމާތު ރައްކާތެރިކުރާނޭ ކަމަށް، ﷲ ގަންދީ ހުވައިކުރަމެވެ."

ހުވައިގެ އިޤުރާރުގައި ސޮއި ކުރަށްވާނީ ހުވާ ކުރި މަންދޫބާއި ހުވައި ލާދިން އުއްތަމަފަނޑިޔާރެވެ. މި އިޤުރާރު ތައްޔާރު ކުރާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުގެ އިދާރާއިންނެވެ.

ޝުކުރިއްޔާ.

26 ރަބީޢުލް އާޚިރު 1447 07 އޮކްޓޫބަރު 2026

ޖަދުވަލު 3

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 11ގެ 11 އަދި 40 ވަނަ މާއްދާގަައި ބަޔާންކޮށްފައިވާ ސަލާދީބު ކޮންގްރެސްގެ މަންދޫބުންނާއި ރިޔާސަތުގެ ޕެނަލުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް

މި ޖަދުވަލުގައި ބަޔާންކޮށްފައިވަނީ، ސަލާދީބު ކޮންގްރެސްގެ މަންދޫބުންނާއި ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލުގެ މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތައް ހިސާބުކުރާނެ ގޮތެވެ. މި މުސާރައާއި އިނާޔަތްތައް ދޫކުރަން ޖެހޭނީ މަހުން މަހަށެވެ.

އަސާސީ މުސާރަ ހިސާބުކުރަން ޖެހޭނީ، 61,000 (ފަސްދޮޅަސް އެއްހާސް) ރުފިޔާ، ތިރީގައިވާ ތާވަލުގައި އެ މަޤާމަކަށް ކަނޑައެޅިފައިވާ ގުނަކުރާ އަދަދުން ގުނަކޮށްގެންނެވެ. އިނގިރޭސިން ދަންނަވާނަމަ "Base Salary" އެވެ. ސަލާދީބު ކޮންގްރެސްގެ މަންދޫބަކު ނުވަތަ ރިޔާސަތުގެ ޕެނަލުގެ މެންބަރަކު، ސަލާދީބު ކޮންގްރެސްގެ ދަޢުރެއް ފުރިހަމަކޮށް ޚިދުމަތްކޮށްފައިވާނަމަ، ހާލިހާރު ހިނގަމުންދާ ކޮންގްރެސްގައި ނުވަތަ ކުރީގެ ކޮންގްރެސްއެއްގައި ފުރިހަމަކޮށްފައިވާ ކޮންމެ ދަޢުރަކަށް، އެ ފަރާތެއްގެ ގުނަކުރާ އަދަދަށް 0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް) އިތުރުކުރަން ޖެހޭނެއެވެ.

އަސާސީ މުސާރަ = 61,000 × (ގުނަކުރާ އަދަދު + 0.05 × ފުރިހަމަކޮށްފައިވާ ދަޢުރުތަކުގެ އަދަދު)

މަޤާމުގުނަ ކުރާ އަދަދުއަސާސީ މުސާރަ (ރުފިޔާ)
މިނިވަން ކޮންގްރެސް މަންދޫބު⁦1.23⁩⁦75،030.00⁩
ދާއިރާއެއްގެ ކޮންގްރެސް މަންދޫބު⁦1.37⁩⁦83،570.00⁩
ވައިސް ޑެޕިއުޓީ ގަވަރުނަރު⁦1.59⁩⁦96،990.00⁩
ޑެޕިއުޓީ ގަވަރުނަރު⁦1.61⁩⁦98،210.00⁩
ގަވަރުނަރު⁦1.74⁩⁦106،140.00⁩

މިސާލަކަށް، ސަލާދީބު ކޮންގްރެސްގެ 2 (ދެ) ދަޢުރު ފުރިހަމަކޮށްފައިވާ ދާއިރާއެއްގެ ކޮންގްރެސް މަންދޫބެއްގެ ގުނަކުރާ އަދަދަކީ 1.47 އެވެ. އަދި އަސާސީ މުސާރައަކީ 89,670.00 ރުފިޔާއެވެ.

ކޮންމެ މަންދޫބަކަށާއި ރިޔާސަތުގެ ޕެނަލުގެ ކޮންމެ މެންބަރަކަށް، "ދިރިއުޅުމުގެ އިނާޔަތް" ގެ ގޮތުގައި އަސާސީ މުސާރައިގެ 15% (ފަނަރަ އިންސައްތަ)، ދަށަށް ރައުންޑްކޮށް ދޭން ޖެހޭނެއެވެ. އިނގިރޭސިން ދަންނަވާނަމަ "Living Allowance" އެވެ.

ސަލާދީބު ސަލާމަތީ ކައުންސިލުގެ ދަށުން ސީދާ ވަޒީފާ އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި، ކޮންމެ މަންދޫބަކަށާއި ރިޔާސަތުގެ ޕެނަލުގެ ކޮންމެ މެންބަރަކަށް، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީން ދޭ "ކޮންޓިނެންޓަލް ޚިދުމަތުގެ އިނާޔަތް" ލިބިގެންވެއެވެ. އިނގިރޭސިން ދަންނަވާނަމަ "Continental Service Allowance" އެވެ. މި އިނާޔަތަކީ އަސާސީ މުސާރައިގެ 12.5% (ބާރަ ޕޮއިންޓް ފަހެއް އިންސައްތަ) އެވެ. މި އިނާޔަތް ދޭން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. މި އިނާޔަތް ހިސާބުކުރަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ. އަދި އެ އަދަދު އެމެރިކާ ޑޮލަރަށް ބަދަލުކުރަން ޖެހޭނީ، މުސާރަ ދޫކުރާ ދުވަހު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ އެކްސްޗޭންޖް ރޭޓުންނެވެ.

ސަލާދީބު ކޮންގްރެސްގެ ޖަލްސާއަކަށް ހާޒިރުވާ ކޮންމެ ދުވަހަކަށް، "ހާޒިރީގެ އިނާޔަތް" ގެ ގޮތުގައި އަސާސީ މުސާރައިގެ 1% (އެއް އިންސައްތަ) ދޭން ޖެހޭނެއެވެ. އިނގިރޭސިން ދަންނަވާނަމަ "Attendance Allowance" އެވެ. ޖަލްސާއަށް ޝެޑިއުލްކޮށްފައިވާ ވަގުތަށްވުރެ އިތުރަށް (އޯޓީ) މަސައްކަތްކުރާ ދުވަހަކަށް، އެ ދުވަހުގެ ހާޒިރީގެ އިނާޔަތަށް އިތުރުކޮށް، އަސާސީ މުސާރައިގެ %1 (އެއް އިންސައްތަ) އިތުރަށް ދޭން ޖެހޭނެއެވެ. މި އޯޓީ ގަޑިން ގަޑިއަށް އިތުރުވާނ

ޚާއްޞަ މަޤާމުތަކުގައި ހުންނަ އަންހެނުންނަށް ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ އިޢުލާނަކުން ދޭ "އެގްޒެކެޓިވް އަންހެނުންގެ އިނާޔަތް"، އަންހެނުންނަށް ޚާއްޞަ ގޮނޑިތަކުގެ މަންދޫބުންނަށާއި ރިޔާސަތުގެ ޕެނަލުގެ އަންހެން މެންބަރުންނަށް ލިބިގެންވެއެވެ. އިނގިރޭސިން ދަންނަވާނަމަ "Executive Women's Allowance" އެވެ. މި އިނާޔަތަކީ އަސާސީ މުސާރައިގެ %15 (ފަނަރަ އިންސައްތަ)، މައްޗަށް ރައުންޑްކޮށް ލިބޭ އަދަދެވެ. ދާއިރާތަކުގެ އެހެން ޚާއްޞަ ގޮނޑިތަކަށް ވަކި އިނާޔަތެއް ނުލިބޭނެއެވެ.

ރިޔާސަތުގެ ޕެނަލުގެ ކޮންމެ މެންބަރަކަށް، "ކޮންގްރެސް އެގްޒެކެޓިވް އިނާޔަތް" ގެ ގޮތުގައި އަސާސީ މުސާރައިގެ %30 (ތިރީސް އިންސައްތަ) ދޭން ޖެހޭނެއެވެ. އިނގިރޭސިން ދަންނަވާނަމަ "Congress Executive Allowance" އެވެ.

މި އުސޫލުގެ 11 ވަނަ މާއްދާގެ ދަށުން ލަފާދޭ މާހިރަކު ޢައްޔަނުކުރާ މަންދޫބަކަށް، "ލަފާދޭ މާހިރުގެ އިނާޔަތް" ގެ ގޮތުގައި އަސާސީ މުސާރައިގެ %8 (އަށް އިންސައްތަ) ދޭން ޖެހޭނެއެވެ. އިނގިރޭސިން ދަންނަވާނަމަ "Advisor Allowance" އެވެ. މި އިނާޔަތް، އެ މަންދޫބަކު ލަފާދޭ މާހިރަށް ދޭން މަޖުބޫރެވެ.

ޒުވާނުންގެ ބާރުގެ މެންބަރުކަން ލިބިފައިވާ މަންދޫބަކަށް، "ޒުވާނުންގެ ބާރުގެ އިނާޔަތް" ގެ ގޮތުގައި މަހަކު 5,000 (ފަސްހާސް) ރުފިޔާ ދޭން ޖެހޭނެއެވެ. އިނގިރޭސިން ދަންނަވާނަމަ "Youth Wing Allowance" އެވެ. މި އިނާޔަތަކީ، ޔުނައިޓެޑް ކޮންޓިނެންޓްސްގެ އިންޓަނޭޝަނަލް ޔޫތު އެމްޕަވަރމަންޓް އޯގަނައިޒޭޝަނުން، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ޒުވާން އެގްޒެކެޓިވުންނަށް ދޭ އިނާޔަތެކެވެ.

ރިޔާސަތުގެ ޕެނަލުގެ މެންބަރުންނަށް، ލަފާދޭ މާހިރުގެ އިނާޔަތާއި ޒުވާނުންގެ ބާރުގެ އިނާޔަތް ނުލިބޭނެއެވެ.

މި ޖަދުވަލުގައި "މައްޗަށް ރައުންޑްކުރުން" ކަމަށް ބުނެފައި އެވަނީ، އަދަދެއް، އެ އަދަދުގެ ފުރަތަމަ ޑިޖިޓުގެ ދަރަޖައަށް މައްޗަށް ރައުންޑްކުރުމެވެ. "ދަށަށް ރައުންޑްކުރުން" ކަމަށް ބުނެފައި އެވަނީ، އެ ދަރަޖައަށް ދަށަށް ރައުންޑްކުރުމެވެ. މިސާލަކަށް، 4,315.50 ރުފިޔާ މައްޗަށް ރައުންޑްކުރީމާ 5,000 ރުފިޔާ ކަމުގައިވާއިރު، ދަށަށް ރައުންޑްކުރީމާ 4,000 ރުފިޔާއެވެ. އަދި 14,315.50 ރުފިޔާ މައްޗަށް ރައުންޑްކުރީމާ 20,000 ރުފިޔާ ކަމުގައިވާއިރު، ދަށަށް ރައުންޑްކުރީމާ 10,000 ރުފިޔާއެވެ.

ކޮންމެ މަންދޫބަކަށް، މުސާރަ ލިބެން ބޭނުންވަނީ ދިވެހި ރުފިޔާއިންތޯ ނުވަތަ އެމެރިކާ ޑޮލަރުންތޯ ހޮވުމުގެ ޙައްޤު ލިބިގެންވެއެވެ. ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކުރަން ޖެހޭނީ، މުސާރަ ދޫކުރާ ދުވަހު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ އެކްސްޗޭންޖް ރޭޓުންނެވެ. ކޮންޓިނެންޓަލް ޚިދުމަތުގެ އިނާޔަތް ދޭން ޖެހޭނީ، މި ހޮވުމަކަށް ނުބަލައި، ކޮންމެ ޙާލަތެއްގައިވެސް އެމެރިކާ ޑޮލަރުންނެވެ.

މަހުމުސާރަ ހިސާބުކުރަން ޖެހޭނީ ތިރީގައިވާ ގޮތަށެވެ.

މަހުމުސާރަ = އަސާސީ މުސާރަ + ދިރިއުޅުމުގެ އިނާޔަތް + ކޮންޓިނެންޓަލް ޚިދުމަތުގެ އިނާޔަތް + ހާޒިރީގެ އިނާޔަތް + އެ ފަރާތަކަށް ލިބިގެންވާ އެހެން އިނާޔަތްތައް

މިސާލަކަށް، ސަލާދީބު ކޮންގްރެސްގެ ފުރަތަމަ ދަޢުރުގައި ޚިދުމަތްކުރާ، އަންހެނުންނަށް ޚާއްޞަ ގޮނޑިއެއްގެ މަންދޫބަކު، މަހެއްގެ ތެރޭގައި 20 ދުވަހު ޖަލްސާއަށް ހާޒިރުވެ، އެއިން 1 ދުވަހު އޯޓީ ކޮށް، ލަފާދޭ މާހިރަކު ޢައްޔަނުކޮށްފައިވާނަމަ، އެ މަންދޫބުގެ މަހުމުސާރަ ހިސާބުކުރާނީ ތިރީގައިވާ ގޮތަށެވެ.

ރުފިޔާ
އަސާސީ މުސާރަ (61,000 × 1.37)⁦83,570.00⁩
ދިރިއުޅުމުގެ އިނާޔަތް (12,535.50، ދަށަށް)⁦10,000.00⁩
ކޮންޓިނެންޓަލް ޚިދުމަތުގެ އިނާޔަތް (%12.5، ރުފިޔާއިން ހިސާބުކޮށް ޑޮލަރުން ދޭ)⁦10,446.25⁩
ހާޒިރީގެ އިނާޔަތް (20 ދުވަސް × 835.70)⁦16,714.00⁩
އޯޓީ (1 ދުވަސް × 835.70)⁦835.70⁩
އެގްޒެކެޓިވް އަންހެނުންގެ އިނާޔަތް (12,535.50، މައްޗަށް)⁦20,000.00⁩
ލަފާދޭ މާހިރުގެ އިނާޔަތް (%8)⁦6,685.60⁩
ޖުމްލަ⁦148,251.55⁩

މި ޖުމްލައިގެ ތެރެއިން 6,685.60 ރުފިޔާ، އެ މަންދޫބަކު ލަފާދޭ މާހިރަށް ދޭން ޖެހޭނެއެވެ.

ކޮންމެ މަހަކު، ކޮންމެ މަންދޫބަކަށާއި ރިޔާސަތުގެ ޕެނަލުގެ ކޮންމެ މެންބަރަކަށް، މުސާރައާއި އިނާޔަތްތައް ހިސާބުކުރި ގޮތް ބަޔާންކުރާ "މުސާރަ ޝީޓު" ދޫކުރަން ޖެހޭނެއެވެ. އިނގިރޭސިން ދަންނަވާނަމަ "Pay Slip" އެވެ. މުސާރަ ޝީޓު ތައްޔާރުކުރަން ޖެހޭނީ ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލުންނެވެ. އަދި އެ ޝީޓު ތައްޔާރުކުރަން ޖެހޭނީ، މި ޖަދުވަލުގެ ނިމުމުގައި ހިމަނާފައިވާ "މުސާރަ ޝީޓުގެ ނަމޫނާ" އާ އެއްގޮތަށެވެ. މުސާރަ ޝީޓުގެ މަތީގައި، ދިވެހި ދައުލަތުގެ ނިޝާނާއި، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ ނިޝާނާއި، ސަލާދީބު ސަލާމަތީ ކައުންސިލުގެ ނިޝާނާއި، ސަލާދީބު ކޮންގްރެސްގެ ނިޝާން ހިމެނެން ޖެހޭނެއެވެ. މުސާރަ ޝީޓުގައި ތިރީގައިވާ ކަންކަން ހިމެނެން ޖެހޭނެއެވެ.

  • (1)

    މަންދޫބުގެ ނުވަތަ ރިޔާސަތުގެ ޕެނަލުގެ މެންބަރުގެ ނަމާއި، މަޤާމާއި، ދާއިރާއާއި، ގުނަކުރާ އަދަދާއި، ފުރިހަމަކޮށްފައިވާ ދަޢުރުތަކުގެ އަދަދު؛

  • (2)

    މުސާރަ ދޫކުރާ މަހާއި ތާރީޚު، މުސާރަ ލިބޭ ފައިސާ، އަދި ބޭނުންކުރި އެކްސްޗޭންޖް ރޭޓު؛

  • (3)

    ޖަލްސާއަށް ހާޒިރުވި ދުވަސްތަކާއި އޯޓީ ދުވަސްތައް؛

  • (4)

    އަސާސީ މުސާރައާއި ކޮންމެ އިނާޔަތެއް ހިސާބުކުރި ގޮތާއި، ރުފިޔާއިން އަދި ޑޮލަރުން ދޫކުރާ އަދަދު؛

  • (5)

    ހިފަހައްޓާ އަދަދެއް ހުރިނަމަ، އެ އަދަދު؛

  • (6)

    ލަފާދޭ މާހިރަށް ދޭން ޖެހޭ އަދަދު؛

  • (7)

    މުސާރަ ޝީޓު ތައްޔާރުކުރި ފަރާތާއި، ބަޖެޓާ ހަވާލުވެ ހުންނަވާ ސެކްރެޓަރީ ޖެނެރަލްގެ ސޮއިއާއި ސިއްކަ.

މި ޖަދުވަލުގެ ނިމުމުގައިވާ "މުސާރަ ޝީޓުގެ ނަމޫނާ" ތައްޔާރުކޮށްފައިވަނީ، މި ޖަދުވަލުގައިވާ މިސާލުގެ މަތިންނެވެ. އެ ނަމޫނާގައި ބޭނުންކޮށްފައިވާ އެކްސްޗޭންޖް ރޭޓަކީ މިސާލަކަށް ދައްކާފައިވާ ރޭޓެކެވެ.

ޝުކުރިއްޔާ.

26 ރަބީޢުލް އާޚިރު 1448 07 އޮކްޓޫބަރު 2026

ސަލާދީބު ކޮންގްރެސް

މުސާރަ ޝީޓު | Pay Slip

ނަމޫނާ

ނަންނަމޫނާ ނަންމަޤާމުދާއިރާއެއްގެ ކޮންގްރެސް މަންދޫބު
ދާއިރާމެދު (އަންހެނުންނަށް ޚާއްޞަ ގޮނޑި)ގުނަކުރާ އަދަދު⁦1.37⁩
މުސާރަ ދޫކުރާ މަސްސެޕްޓެމްބަރު 2026ދޫކުރާ ތާރީޚު25 ރަބީޢުލް އާޚިރު 1448 / 06 އޮކްޓޫބަރު 2026
މުސާރަ ލިބޭ ފައިސާދިވެހި ރުފިޔާއެކްސްޗޭންޖް ރޭޓު1 ޑޮލަރު = 15.42 ރުފިޔާ
ހާޒިރުވި ދުވަސް⁦20⁩އޯޓީ ދުވަސް⁦1⁩
ތަފްސީލުހިސާބުރުފިޔާޑޮލަރު
އަސާސީ މުސާރަ⁦61,000 × 1.37⁩⁦83,570.00⁩⁦—⁩
ދިރިއުޅުމުގެ އިނާޔަތް15% (12,535.50) ދަށަށް⁦10,000.00⁩⁦—⁩
ކޮންޓިނެންޓަލް ޚިދުމަތުގެ އިނާޔަތް12.5% (10,446.25 ރ.) ÷ 15.42⁦—⁩⁦677.45⁩
ހާޒިރީގެ އިނާޔަތް1% × 20 ދުވަސް⁦16,714.00⁩⁦—⁩
އޯޓީ1% × 1 ދުވަސް⁦835.70⁩⁦—⁩
އެގްޒެކެޓިވް އަންހެނުންގެ އިނާޔަތް15% (12,535.50) މައްޗަށް⁦20,000.00⁩⁦—⁩
ކޮންގްރެސް އެގްޒެކެޓިވް އިނާޔަތް⁦30%⁩⁦—⁩⁦—⁩
ލަފާދޭ މާހިރުގެ އިނާޔަތް⁦8%⁩⁦6,685.60⁩⁦—⁩
ޒުވާނުންގެ ބާރުގެ އިނާޔަތް⁦5,000⁩⁦—⁩⁦—⁩
ޖުމްލަ ލިބޭ އަދަދު⁦137,805.30⁩⁦677.45⁩
ހިފަހައްޓާ އަދަދު⁦0.00⁩⁦0.00⁩
ޖުމްލަ ދޫކުރާ އަދަދު⁦137,805.30⁩⁦677.45⁩

ޖުމްލަ ދޫކުރާ އަދަދު ރުފިޔާއިން (ޑޮލަރު ހިމަނައިގެން): 148,251.55

ލަފާދޭ މާހިރަށް ދޭން ޖެހޭ އަދަދު: 6,685.60 ރުފިޔާ

ތައްޔާރުކުރީފާސްކުރީ
ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލްބަޖެޓާ ހަވާލުވެ ހުންނަވާ ސެކްރެޓަރީ ޖެނެރަލް
ނަން:ނަން:
ސޮއި:ސޮއި:
ތާރީޚު:ތާރީޚު:

ސިއްކަ:

ސަލާދީބު ކޮންގްރެސް | ސަލާދީބު ސަލާމަތީ ކައުންސިލް | secretariat@congress.ssc.mv

ޖަދުވަލު 4

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 11ގެ 30 އަދި 32 ވަނަ މާއްދާގަައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ ސިއްރުކަމުގެ ދަރަޖަތައް

މި ޖަދުވަލުގައި ބަޔާންކޮށްފައިވަނީ، ސަލާދީބު ކޮންގްރެސްއަށް ލިބޭ ނުވަތަ ސަލާދީބު ކޮންގްރެސްގައި އުފެދޭ މަޢުލޫމާތުގެ ސިއްރުކަމުގެ ދަރަޖަތަކާއި، އެ ދަރަޖަތައް ކަނޑައަޅާނެ ގޮތާއި، އެ މަޢުލޫމާތަށް ވާޞިލުވުމުގެ ހުއްދަ ދޭނެ ގޮތާއި، އެ މަޢުލޫމާތު ބަލަހައްޓަން ޖެހޭނެ ގޮތެވެ.

ސަލާދީބު ކޮންގްރެސްގެ މަޢުލޫމާތުގެ ސިއްރުކަމުގެ ދަރަޖަތަކަކީ ތިރީގައިވާ 4 (ހަތަރެއް) ދަރަޖައެވެ.

ދަރަޖަނަންސިފައިންގެ ނަންއިނގިރޭސި ނަންތަފްޞީލު
⁦1⁩ޢާންމުޣައިރު ސިއްރީ⁦Public⁩ޢާންމުކޮށް ޝާއިޢުކުރެވިދާނެ މަޢުލޫމާތު
⁦2⁩ދާޚިލީމަޙްދޫދު⁦Internal⁩ސަލާދީބު ސަލާމަތީ ކައުންސިލާއި ސަލާދީބު ކޮންގްރެސްގެ ތެރޭގައި އެކަނި ބޭނުންކުރެވޭ މަޢުލޫމާތު
⁦3⁩ސިއްރުމަކްތޫމް⁦Confidential⁩ސިއްރު ދަރަޖައިގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ވާޞިލުވެވޭ މަޢުލޫމާތު
⁦4⁩ވަރަށް ސިއްރުސިއްރީ ލިލްޣާޔާ⁦Top Secret⁩ވަރަށް ސިއްރު ދަރަޖައިގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ވާޞިލުވެވޭ މަޢުލޫމާތު

މި ޖަދުވަލުގައިވާ ސިއްރުކަމުގެ ދަރަޖަތައް އިޢުލާނުކުރުމާއި، އެ ދަރަޖަތައް ހިންގުމާއި ބެލެހެއްޓުމުގެ ބާރު ލިބިގެންވަނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހަށެވެ.

ސަލާދީބު ކޮންގްރެސްގެ މަންދޫބުންނަށް، ސިއްރުކަމުގެ ކޮންމެ ދަރަޖައެއްގެ މަޢުލޫމާތަށް ވާޞިލުވުމުގެ ހުއްދަ ދިނުމާއި، އެ ހުއްދަ ބާޠިލުކުރުމުގެ ބާރު ލިބިގެންވަނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހަށެވެ. ކޮންމެ މަންދޫބަކަށް ވާޞިލުވެވޭނީ، އެ މަންދޫބަކަށް ހުއްދަ ދީފައިވާ ދަރަޖައާއި، އެއަށްވުރެ ދަށު ދަރަޖަތަކުގެ މަޢުލޫމާތަށް އެކަންޏެވެ.

ސަލާދީބު ކޮންގްރެސްއަށް ލިބޭ ހުރިހާ ލިޔުމެއް ބަލައިގަންނާނީ ސަލާދީބު ކޮންގްރެސްގެ ސެކްރެޓޭރިއޭޓުންނެވެ. ސެކްރެޓޭރިއޭޓަށް ލިބޭ ކޮންމެ ލިޔުމެއްގެ ސިއްރުކަމުގެ ދަރަޖަ ކަނޑައަޅާ އިޢުލާނުކުރަން ޖެހޭނީ ކޮންގްރެޝަނަލް ސެކްރެޓަރީ ޖެނެރަލް ކައުންސެލުންނެވެ. ދަރަޖަ ކަނޑައެޅުމަށްފަހު، އެ ލިޔުމެއް ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލަށް ފޮނުވަން ޖެހޭނެއެވެ.

ސަލާދީބު ސަލާމަތީ ކައުންސިލުން، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީން ނުވަތަ ދިވެހި ސަރުކާރުން، ސިއްރުކަމުގެ ދަރަޖައެއް ކަނޑައަޅައިގެން ސަލާދީބު ކޮންގްރެސްއަށް ފޮނުވާ މަޢުލޫމާތެއްގެ ދަރަޖަ، ސަލާދީބު ކޮންގްރެސްއަށް ދަށްކޮށްގެން ނުވާނެއެވެ.

ސަލާދީބު ކޮންގްރެސްގެ ބަންދު ޖަލްސާތަކާއި ކޮމިޓީތަކުގެ ބަންދު ޖަލްސާތަކާ ގުޅޭ ހުރިހާ މަޢުލޫމާތަކީ ސިއްރު ދަރަޖައިގެ މަޢުލޫމާތެވެ. ނަމަވެސް، ސަލާދީބު ކޮންގްރެސްއަށް ލިބޭ ނުވަތަ ސަލާދީބު ކޮންގްރެސްގައި އުފެދޭ، ޤައުމީ ސަލާމަތާ ގުޅޭ ކޮންމެ މަޢުލޫމާތަކީ ވަރަށް ސިއްރު ދަރަޖައިގެ މަޢުލޫމާތެވެ.

ދާޚިލީ، ސިއްރު ނުވަތަ ވަރަށް ސިއްރު ދަރަޖައެއް ކަނޑައަޅާފައިވާ ކޮންމެ ލިޔުމެއްގައި، އެ ދަރަޖައެއްގެ ނަން ފާހަގަކުރާ ނިޝާނެއް ނުވަތަ ސިއްކައެއް ޖަހަން ޖެހޭނެއެވެ.

ވަރަށް ސިއްރު ދަރަޖައިގެ މަޢުލޫމާތު، އެއްވެސް ކްލައުޑް ނިޒާމެއްގައި ރައްކާކޮށްގެން ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވައިގެން ނުވާނެއެވެ. އެ މަޢުލޫމާތު ބަލަހައްޓަން ޖެހޭނީ ކަރުދާހުގައި ލިޔެވިފައިވާ ލިޔުމެއްގެ ގޮތުގައެވެ. އަދި އެ ލިޔުމެއް ފޮނުވަން ޖެހޭނީ އަތުން އަތަށް ހަވާލުކުރުމުންނެވެ.

ސިއްރު ދަރަޖައިގެ މަޢުލޫމާތު ކްލައުޑް ނިޒާމެއްގައި ރައްކާކުރެވޭނީ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވޭނީ، ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުން އެކަމަށް ހުއްދަ ދީ އިޢުލާނުކޮށްފައިވާނަމައެވެ.

ސިއްރުކަމުގެ ކޮންމެ ދަރަޖައެއް ދެމިއޮންނާނެ މުއްދަތު ކަނޑައަޅާނީ ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުންނެވެ. މަޢުލޫމާތެއްގެ ސިއްރުކަމުގެ ދަރަޖަ ބަދަލުކުރުމާއި، ދަރަޖަ އުވާލުމުގެ ބާރު ލިބިގެންވަނީ ހިންގާ މަޖިލީހަށް އެކަންޏެވެ.

މި ޖަދުވަލާ ޚިލާފަށް ސިއްރު މަޢުލޫމާތު ހާމަކުރުމާއި، މަޢުލޫމާތު ބަލަހައްޓަން ޖެހޭ ގޮތާ ޚިލާފުވުމުގެ މައްސަލަތައް ބަލާނީ، ކޮންޓިނެންޓަލް ސެކިއުރިޓީ އޭޖެންސީގެ އެތެރޭގެ ތަޙުޤީޤުތަކާއި ބެހޭ ޑިޕާޓްމަންޓުންނެވެ. އިނގިރޭސިން ދަންނަވާނަމަ "Department of Internal Affairs" އެވެ. އެ ޑިޕާޓްމަންޓުން އެ މައްސަލަތައް ތަޙުޤީޤުކުރާނީ، އޭޖެންސީގެ ތަޙުޤީޤީ މިންގަނޑުތަކާއި އުސޫލާއި ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ޝުކުރިއްޔާ.

26 ރަބީޢުލް އާޚިރު 1448 07 އޮކްޓޫބަރު 2026

ޖަދުވަލު 5

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 11ގެ 37 ވަނަ މާއްދާގަައި ބަޔާންކޮށްފައިވާ ޒުވާނުންގެ ބާރުގެ އޮނިގަނޑާއި ޖަލްސާތައް

  • 1.

    މި ޖަދުވަލުގައި ބަޔާންކޮށްފައިވަނީ، ސަލާދީބު ކޮންގްރެސްގެ ޒުވާނުންނާ ބެހޭ ކޮމިޓީ ކަމުގައިވާ "ޒުވާނުންގެ ބާރު" ގެ މެންބަރުކަމާއި، އޮނިގަނޑާއި، ލީޑަރުން ޢައްޔަނުކުރާނެ ގޮތާއި، މަސައްކަތްތަކާއި، ޖަލްސާތައް ބާއްވާނެ ގޮތެވެ. އިނގިރޭސިން ދަންނަވާނަމަ "Youth Wing" އެވެ.

  • 2.

    ޢުމުރުން 18 (އަށާރަ) އަހަރާއި 30 (ތިރީސް) އަހަރާ ދެމެދުގެ ސަލާދީބު ކޮންގްރެސްގެ ހުރިހާ މަންދޫބަކީ، ޒުވާނުންގެ ބާރުގެ މެންބަރުންނެވެ. މި މެންބަރުކަމަކީ، މި އުސޫލުގެ 30 ވަނަ މާއްދާގެ ދަށުން މަންދޫބަކު ހޮވާ ކޮމިޓީއަށް އިތުރުން ލިބޭ މެންބަރުކަމެކެވެ.

  • 3.

    ޒުވާނުންގެ ބާރުގެ މެންބަރެއްގެ ޢުމުރު 30 (ތިރީސް) އަހަރު ފަހަނައަޅައިފިނަމަ، އެ މެންބަރެއްގެ މެންބަރުކަން ނިމޭނީ، ހިނގަމުންދާ ދަޢުރު ނިމުމުންނެވެ.

  • 4.

    ޒުވާނުންގެ ބާރުގެ އޮނިގަނޑު، މަތީ މަޤާމުން ފެށިގެން ތަރުތީބުން ވާނީ ތިރީގައިވާ ގޮތަށެވެ.

ތަރުތީބުމަޤާމުއިނގިރޭސި ނަންހަމަޖައްސާ ގޮތް
⁦1⁩ޒުވާނުންގެ ބާރުގެ ރައީސް⁦Chair⁩އައިޔޯއިން ޢައްޔަނުކުރުން
⁦2⁩ޒުވާނުންގެ ބާރުގެ ނައިބު ރައީސް⁦Deputy Chair⁩ރައީސް ޢައްޔަނުކުރުން
⁦3⁩އެގްޒެކެޓިވް އެސޯސިއޭޓް⁦Executive Associate⁩މެންބަރުންގެ ސިއްރު ވޯޓު
⁦4⁩އެސޯސިއޭޓް ޖެނެރަލް⁦Associate General⁩މެންބަރުންގެ ސިއްރު ވޯޓު
⁦5⁩ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލް⁦Deputy Associate General⁩މެންބަރުންގެ ސިއްރު ވޯޓު
⁦6⁩އައިޔޯގެ ތަމްސީލުވެރިޔާ⁦IYEO Representative⁩އައިޔޯއިން ކަނޑައެޅުން
⁦7⁩ޒުވާނުންގެ ބާރުގެ މެންބަރު⁦Wing Member⁩މި ޖަދުވަލުގެ 2 ވަނަ ނަންބަރުގެ ދަށުން
  • 5.

    ޒުވާނުންގެ ބާރުގައި ތިބެންވާނެ ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުންގެ އަދަދު ހިސާބުކުރަން ޖެހޭނީ، ޒުވާނުންގެ ބާރުގެ ޖުމްލަ މެންބަރުންގެ އަދަދު 10 (ދިހައިން) ބައިކޮށް، ލިބޭ އަދަދު ފުރިހަމަ އަދަދަކަށް މައްޗަށް ބުރިކޮށްގެންނެވެ. ނަމަވެސް، ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުންގެ އަދަދު 1 (އެކެއް) އަށްވުރެ ދަށް ނުވާނެއެވެ. ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުންގެ އަދަދު = ޖުމްލަ މެންބަރުންގެ އަދަދު ÷ 10 (ފުރިހަމަ އަދަދަކަށް މައްޗަށް)

ޖުމްލަ މެންބަރުންގެ އަދަދުޑެޕިއުޓީ އެސޯސިއޭޓު ޖެނެރަލުންގެ އަދަދު
⁦1-10⁩⁦1⁩
⁦11-20⁩⁦2⁩
⁦21-30⁩⁦3⁩
⁦31-40⁩⁦4⁩
  • 6.

    ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުންގެ އަދަދު ހިސާބުކުރަން ޖެހޭނީ، ކޮންމެ ދަޢުރެއް ފެށޭއިރު ހުރި ޖުމްލަ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. އެ އަދަދު އިތުރުވެއްޖެނަމަ، އިތުރު ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުން އިންތިޚާބުކުރަން ޖެހޭނީ އެ ދަޢުރުގެ ފުރަތަމަ ޖަލްސާގައެވެ. އެ އަދަދު މަދުވެއްޖެނަމަ، ހާލިހާރު މަޤާމުގައި ތިބި ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުން، އެ މީހުންގެ މުއްދަތު ހަމަވަންދެން މަޤާމުގައި ތިބޭނެއެވެ.

  • 7.

    ޒުވާނުންގެ ބާރުގެ ލީޑަރުންގެ ތެރޭގައި، ޔުނައިޓެޑް ކޮންޓިނެންޓްސްގެ އިންޓަނޭޝަނަލް ޔޫތު އެމްޕަވަރމަންޓް އޯގަނައިޒޭޝަން (އައިޔޯ) ތަމްސީލުކުރާ ތަމްސީލުވެރިއަކު ހުންނަން ޖެހޭނެއެވެ. އައިޔޯގެ ތަމްސީލުވެރިޔާއަކީ، އައިޔޯއިން ކަނޑައަޅާ، އައިޔޯގައި ވަޒީފާ އަދާކުރާ މީހެކެވެ. ޒުވާނުންގެ ބާރުގެ އޮނިގަނޑުގައި އެ ތަމްސީލުވެރިޔާގެ މަޤާމު ހުންނާނީ، ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުންގެ ދަށުގައެވެ. އައިޔޯގެ ތަމްސީލުވެރިޔާއަކީ ސަލާދީބު ކޮންގްރެސްގެ މަންދޫބެއް ނުވަތަ ޒުވާނުންގެ ބާރުގެ މެންބަރެއް ނޫނެވެ. އެ ތަމްސީލުވެރިޔާގެ ދައުރަކީ، ޒުވާނުންގެ ބާރުގެ ލީޑަރުންގެ ތެރޭގައި އައިޔޯ ތަމްސީލުކުރުމެވެ. އައިޔޯގެ ތަމްސީލުވެރިޔާއަށް، ޒުވާނުންގެ ބާރުގެ ޖަލްސާތަކުގައި ބައިވެރިވުމެއް ނުވަތަ ވޯޓުދިނުމުގެ ޙައްޤެއް ލިބިގެން ނުވެއެވެ. ނަމަވެސް، ޒުވާނުންގެ ބާރުގެ ޖަލްސާއެއްގައި އެ ތަމްސީލުވެރިޔާ ބައިވެރިކުރުން މުހިންމުކަމަށް އައިޔޯއިން ދެކިއްޖެނަމަ، ސަލާދީބު ކޮންގްރެސްގެ ގަވަރނިންގ ބޮޑީއާ ގުޅިގެން އެކަން ހަމަޖައްސަން ޖެހޭނެއެވެ.

  • 8.

    ޒުވާނުންގެ ބާރުގެ ރައީސް ޢައްޔަނުކުރާނީ، ޒުވާނުންގެ ބާރުގެ މެންބަރުންގެ ތެރެއިން، އައިޔޯގެ ތަމްސީލުވެރިޔާ މެދުވެރިކޮށް އައިޔޯއިންނެވެ. ރައީސް ޢައްޔަނުކުރުމަކީ އައިޔޯގެ އިޚްތިޔާރުގައިވާ ކަމެކެވެ.

  • 9.

    ޒުވާނުންގެ ބާރުގެ ނައިބު ރައީސް ޢައްޔަނުކުރާނީ، ޒުވާނުންގެ ބާރުގެ މެންބަރުންގެ ތެރެއިން، ޒުވާނުންގެ ބާރުގެ ރައީސް ހޮވާ މެންބަރަކަށެވެ.

  • 10.

    ޒުވާނުންގެ ބާރުގެ ރައީސާއި ނައިބު ރައީސް ޢައްޔަނުކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި، އެގްޒެކެޓިވް އެސޯސިއޭޓާއި، އެސޯސިއޭޓް ޖެނެރަލާއި، ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލުން، ޒުވާނުންގެ ބާރުގެ މެންބަރުންގެ ތެރެއިން، މެންބަރުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރަން ޖެހޭނެއެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ޒުވާނުންގެ ބާރުގެ ރައީސެވެ.

  • 11.

    މި ޖަދުވަލުގެ 10 ވަނަ ނަންބަރުގައިވާ އިންތިޚާބު ނިމުމަށްފަހު، ޒުވާނުންގެ ބާރުގެ ލީޑަރުންގެ ނަންތައް، ޒުވާނުންގެ ބާރުގެ ހުރިހާ މެންބަރުންގެ ކުރިމަތީގައި އިޢުލާނުކުރަން ޖެހޭނެއެވެ.

  • 12.

    ޒުވާނުންގެ ބާރުގެ ލީޑަރުން މަޤާމުގައި ތިބޭނީ، ސަލާދީބު ކޮންގްރެސްގެ މުޅި މުއްދަތަށެވެ. ނަމަވެސް، ތިރީގައިވާ ކަމެއް ދިމާވެއްޖެނަމަ، އެ ލީޑަރެއްގެ މަޤާމު ހުސްވާނެއެވެ.

  • (1)

    މި އުސޫލުގެ 12 ވަނަ މާއްދާގެ (ބ) ގެ ދަށުން، ސަލާދީބު ކޮންގްރެސްގެ މަންދޫބުކަމުން ވަކިވުން؛

  • (2)

    މި އުސޫލުގެ 38 ވަނަ މާއްދާގެ ދަށުން، ޑިސިޕްލިނަރީ ބޯޑުން ކޮމިޓީގެ މެންބަރުކަމުން ނުވަތަ މަންދޫބުކަމުން ވަކިކުރުން؛

  • (3)

    މި ޖަދުވަލުގެ 3 ވަނަ ނަންބަރުގެ ދަށުން، ޒުވާނުންގެ ބާރުގެ މެންބަރުކަން ނިމުން؛

  • (4)

    އިސްތިޢުފާދިނުން.

  • 13.

    ޒުވާނުންގެ ބާރުގެ ރައީސް އިސްތިޢުފާ ދޭންވާނީ، އައިޔޯގެ ތަމްސީލުވެރިޔާއަށް ސިޓީއަކުންނެވެ. ޒުވާނުންގެ ބާރުގެ އެހެން ލީޑަރުން އިސްތިޢުފާ ދޭންވާނީ، ޒުވާނުންގެ ބާރުގެ ރައީސަށް ސިޓީއަކުންނެވެ.

  • 14.

    ޒުވާނުންގެ ބާރުގެ ލީޑަރެއްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމު ފުރަން ޖެހޭނީ، އެ މަޤާމު ހަމަޖައްސާ ގޮތަށް މި ޖަދުވަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެގްޒެކެޓިވް އެސޯސިއޭޓް، އެސޯސިއޭޓް ޖެނެރަލް ނުވަތަ ޑެޕިއުޓީ އެސޯސިއޭޓް ޖެނެރަލްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމަށް މީހަކު އިންތިޚާބުކުރަން ޖެހޭނީ، ޒުވާނުންގެ ބާރުގެ ދެން ބާއްވާ ޖަލްސާގައެވެ.

  • 15.

    ޒުވާނުންގެ ބާރުގެ މަސައްކަތްތަކަކީ ތިރީގައިވާ ކަންކަމެވެ.

  • (1)

    ޒުވާނުންނާ ގުޅޭ ކަންކަމުގައި، ސަލާދީބު ކޮންގްރެސްއަށް ޚިޔާލާއި ލަފާ ހުށަހެޅުން؛

  • (2)

    ޒުވާނުންނަށް އަސަރުކުރާ ގޮތުން ސަލާދީބު ކޮންގްރެސްއަށް ހުށަހެޅޭ ކަންކަން ދިރާސާކުރުން؛

  • (3)

    ޒުވާނުންގެ ބައިވެރިވުމާއެކު ޕްރޮގްރާމުތައް ރާވައި ހިންގުން؛

  • (4)

    ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްޜަންތަކުގައި، ޒުވާނުންގެ ފަރާތުން އީޖާދީ މަޝްރޫޢުތައް ހުށަހެޅުން؛

  • (5)

    ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ހޭލުންތެރިކަން، ޒުވާނުންގެ މެދުގައި އިތުރުކުރުން؛

  • (6)

    ދާއިރާތަކުގެ ޒުވާނުންގެ ޚިޔާލު ހޯދުމަށް، ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުން؛

  • (7)

    އައިޔޯއާ ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ޕްރޮގްރާމުތަކުގައި ބައިވެރިވުން؛

  • (8)

    ކޮންމެ ދަޢުރެއް ނިމުމުން، ޒުވާނުންގެ ބާރުގެ މަސައްކަތުގެ ރިޕޯޓެއް ސަލާދީބު ކޮންގްރެސްއަށް ހުށަހެޅުން.

  • 16.

    ޒުވާނުންގެ ބާރުގެ ދައުރަކީ، ސަލާދީބު ކޮންގްރެސްއަށް ޚިޔާލާއި ލަފާ ހުށަހެޅުމެވެ. ޒުވާނުންގެ ބާރަށް، ސަލާދީބު ކޮްގްރެސްގެ ނިންމުންތައް ނިންމުމުގެ ބާރެއް ލިބިގެން ނުވެއެވެ.`

  • 17.

    ޒުވާނުންގެ ބާރުގެ ޖަލްސާތައް ބާއްވަން ޖެހޭނީ، މި އުސޫލުގެ 32 ވަނަ މާއްދާއާ އެއްގޮތަށެވެ. އެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ޒުވާނުންގެ ބާރުގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި، ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސެވެ.

  • 18.

    ޒުވާނުންގެ ބާރުގެ މެންބަރުންނަށް ލިބޭ އިނާޔަތް ދޭން ޖެހޭނީ، މި އުސޫލުގެ ޖަދުވަލު 3 އާ އެއްގޮތަށެވެ.

ޝުކުރިއްޔާ.

26 ރަބީޢުލް އާޚިރު 1448 07 އޮކްޓޫބަރު 2026

ޖަދުވަލު 6

ސަލާދީބު ސަލާމަތީ ކައުންސިލުގެ އުސޫލު ނަންބަރު 11ގެ 30 އަދި 32 ވަނަ މާއްދާގަައި ބަޔާންކޮށްފައިވާ އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ އޮނިގަނޑާއި ޖަލްސާތައް

  • 1.

    މި ޖަދުވަލުގައި ބަޔާންކޮށްފައިވަނީ، ސަލާދީބު ކޮންގްރެސްގެ އަންހެނުންނާ ބެހޭ ކޮމިޓީ ކަމުގައިވާ "އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލް" ގެ މެންބަރުކަމާއި، އޮނިގަނޑާއި، ލީޑަރުން ޢައްޔަނުކުރާނެ ގޮތާއި، ބާރުތަކާއި މަސައްކަތްތަކާއި، ޖަލްސާތައް ބާއްވާނެ ގޮތެވެ. އިނގިރޭސިން ދަންނަވާނަމަ "National Women's Empowerment Council" އެވެ.

  • 2.

    ސަލާދީބު ކޮންގްރެސްގެ ހުރިހާ އަންހެން މަންދޫބަކީ، އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ މެންބަރުންނެވެ. މި މެންބަރުކަމަކީ، މި އުސޫލުގެ 30 ވަނަ މާއްދާގެ ދަށުން މަންދޫބަކު ހޮވާ ކޮމިޓީއަށް އިތުރުން ލިބޭ މެންބަރުކަމެކެވެ. ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލުގެ މެންބަރުން، މި ކައުންސިލުގައި ބައިވެރިވެގެން ނުވާނެއެވެ.

  • 3.

    އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ އޮނިގަނޑު، މަތީ މަޤާމުން ފެށިގެން ތަރުތީބުން ވާނީ ތިރީގައިވާ ގޮތަށެވެ.

ތަރުތީބުމަޤާމުއިނގިރޭސި ނަންހަމަޖައްސާ ގޮތް
⁦1⁩ޗެއާރވުމަން⁦Chairwoman⁩ހިންގާ މަޖިލީހުގެ އަންހެން މެންބަރުން ޢައްޔަނުކުރުން
⁦2⁩ޑެޕިއުޓީ ޗެއާރވުމަން⁦Deputy Chairwoman⁩ޗެއާރވުމަން ޢައްޔަނުކުރުން
⁦3⁩އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް⁦Executive Vice President⁩މެންބަރުންގެ ވޯޓު
⁦4⁩ކައުންސިލުގެ މެންބަރު⁦Council Member⁩2 ވަނަ ނަންބަރުގެ ދަށުން

ޗެއާރވުމަނާއި، ޑެޕިއުޓީ ޗެއާރވުމަނާއި، އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުން ހިމެނޭ ކައުންސިލުގެ ލީޑަރުންނަށް ކިޔާނީ "އެގްޒެކެޓިވް ކޮމިޓީ" އެވެ. އިނގިރޭސިން ދަންނަވާނަމަ "Executive Committe " އެވެ.

  • 4.

    ކައުންސިލުގައި ތިބެންވާނެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންގެ އަދަދު ހިސާބުކުރަން ޖެހޭނީ، އެގްޒެކެޓިވް ކޮމިޓީ ހިމެނޭ ގޮތަށް ކައުންސިލުގެ ޖުމްލަ މެންބަރުންގެ އަދަދު 5 (ފަހަކުން) ބައިކޮށް، ލިބޭ އަދަދު ފުރިހަމަ އަދަދަކަށް ދަށަށް ބުރިކޮށްގެންނެވެ. ނަމަވެސް، އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންގެ އަދަދު 1 (އެކެއް) އަށްވުރެ ދަށް ނުވާނެއެވެ. އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންގެ އަދަދު = ޖުމްލަ މެންބަރުންގެ އަދަދު ÷ 5 (ފުރިހަމަ އަދަދަކަށް ދަށަށް)

ޖުމްލަ ކައުންސިލުގެ މެންބަރުންގެ އަދަދުއެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންގެ އަދަދު
⁦1-9⁩⁦1⁩
⁦10-14⁩⁦2⁩
⁦15-19⁩⁦3⁩
⁦20-24⁩⁦4⁩
⁦25-29⁩⁦5⁩
  • 5.

    އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންގެ އަދަދު ހިސާބުކުރަން ޖެހޭނީ، ކޮންމެ ދަޢުރެއް ފެށޭއިރު ހުރި ޖުމްލަ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. އެ އަދަދު އިތުރުވެއްޖެނަމަ، އިތުރު އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުން އިންތިޚާބުކުރަން ޖެހޭނީ އެ ދަޢުރުގެ ފުރަތަމަ ޖަލްސާގައެވެ. އެ އަދަދު މަދުވެއްޖެނަމަ، ހާލިހާރު މަޤާމުގައި ތިބި އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުން، އެ މީހުންގެ މުއްދަތު ހަމަވަންދެން މަޤާމުގައި ތިބޭނެއެވެ.

  • 6.

    ކައުންސިލުގެ ޗެއާރވުމަން ޢައްޔަނުކުރާނީ، ކައުންސިލުގެ މެންބަރުންގެ ތެރެއިން، ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހުގެ އަންހެން މެންބަރުންނެވެ.

  • 7.

    ކައުންސިލުގެ ޑެޕިއުޓީ ޗެއާރވުމަން ޢައްޔަނުކުރާނީ، ކައުންސިލުގެ މެންބަރުންގެ ތެރެއިން، ޗެއާރވުމަން ހޮވާ މެންބަރަކަށެވެ.

  • 8.

    ކައުންސިލުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުން އިންތިޚާބުކުރަން ޖެހޭނީ، ކައުންސިލުގެ ފުރަތަމަ ޖަލްސާގައި، ކައުންސިލުގެ މެންބަރުންގެ ތެރެއިން، މެންބަރުންގެ ވޯޓަކުންނެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ޗެއާރވުމަނެވެ.

  • 9.

    ކައުންސިލުގެ ލީޑަރުން މަޤާމުގައި ތިބޭނީ، ސަލާދީބު ކޮންގްރެސްގެ މުއްދަތު ނިމެންދެނެވެ. ނަމަވެސް، ތިރީގައިވާ ކަމެއް ދިމާވެއްޖެނަމަ، އެ ލީޑަރެއްގެ މަޤާމު ހުސްވާނެއެވެ.

  • (1)

    މި އުސޫލުގެ 12 ވަނަ މާއްދާގެ (ބ) ގެ ދަށުން، ސަލާދީބު ކޮންގްރެސްގެ މަންދޫބުކަމުން ވަކިވުން؛

  • (2)

    މި އުސޫލުގެ 38 ވަނަ މާއްދާގެ ދަށުން، ޑިސިޕްލިނަރީ ބޯޑުން ކޮމިޓީގެ މެންބަރުކަމުން ނުވަތަ މަންދޫބުކަމުން ވަކިކުރުން؛

  • (3)

    އިސްތިޢުފާދިނުން.

  • 10.

    ޗެއާރވުމަން އިސްތިޢުފާ ދޭންވާނީ، ސަލާދީބު ސަލާމަތީ ކައުންސިލުގެ ހިންގާ މަޖިލީހަށް ސިޓީއަކުންނެވެ. ކައުންސިލުގެ އެހެން ލީޑަރުން އިސްތިޢުފާ ދޭންވާނީ، ޗެއާރވުމަނަށް ސިޓީއަކުންނެވެ.

  • 11.

    ޗެއާރވުމަންގެ މަޤާމު ހުސްވެއްޖެނަމަ، އާ ޗެއާރވުމަނެއް ޢައްޔަނުކުރަން ޖެހޭނީ މި ޖަދުވަލުގެ 6 ވަނަ ނަންބަރުގައިވާ ގޮތަށެވެ. އާ ޗެއާރވުމަން ބޭނުންފުޅުވެއްޖެނަމަ، އާ ޑެޕިއުޓީ ޗެއާރވުމަނެއް ޢައްޔަނުކުރެވިދާނެއެވެ. ޑެޕިއުޓީ ޗެއާރވުމަންގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމަށް މީހަކު ޢައްޔަނުކުރަން ޖެހޭނީ ޗެއާރވުމަނެވެ. އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓެއްގެ މަޤާމު ހުސްވެއްޖެނަމަ، އެ މަޤާމަށް މީހަކު އިންތިޚާބުކުރަން ޖެހޭނީ، ކައުންސިލުގެ ދެން ބާއްވާ ޖަލްސާގައި، މެންބަރުންގެ ވޯޓަކުންނެވެ.

  • 12.

    (ހ) ސަލާދީބު ކޮންގްރެސްގެ ޖަލްސާއެއްގައި ނުވަތަ ކައުންސިލުގެ ޖަލްސާއެއްގައި، ވޯޓަށް އަހަމުންދާ، ބަޙުޘްކުރަމުންދާ ނުވަތަ ފާސްކުރަމުންދާ ބިލެއް، ޤަރާރެއް ނުވަތަ މައްސަލައަކީ، ދާއިރާއެއްގެ އަންހެނުންނަށް އަސަރުކުރާ ކަމެއްކަމަށް އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ފާހަގަކޮށްފިނަމަ، އެ މެންބަރަކަށް ތިރީގައިވާ ކަމެއް ކުރެވިދާނެއެވެ.

  • (1)

    ކައުންސިލުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް އެދުން؛

  • (2)

    ކައުންސިލާ މަޝްވަރާކުރުމަށްޓަކައި، ސަލާދީބު ކޮންގްރެސްގެ ޖަލްސާ ހުއްޓާލުމަށް ރިޔާސަތުގެ ޕެނަލަށް އެދުން؛

  • (3)

    އެ ކަމަށް ތާއީދުކުރާ ނުވަތަ ތާއީދުނުކުރާ ގޮތަށް، ކައުންސިލުގައި ވޯޓަށް އެހުން.

  • (ށ)

    މި ނަންބަރުގެ (ހ) (2) ގެ ދަށުން ޖަލްސާ ހުއްޓާލުމަށް އެދިއްޖެނަމަ، އެ ކަމަކީ އަންހެނުންނަށް އަސަރުކުރާ ކަމެއްނަމަ، ރިޔާސަތުގެ ޕެނަލުން ޖަލްސާ ހުއްޓާލަން ޖެހޭނެއެވެ. ރިޔާސަތުގެ ޕެނަލުން އެ އެދުން ރައްދުކޮށްފިނަމަ، ރިޔާސަތުގެ ޕެނަލުގެ އެ ނިންމުން ބާޠިލުކޮށް، ޖަލްސާ ހުއްޓާލުމުގެ ބާރު އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

  • (ނ)

    ސަލާދީބު ކޮންގްރެސްއިން ޤަރާރެއް ފާސްކޮށްފައިވިޔަސް، އެ ޤަރާރު ސަލާދީބު ކޮންގްރެސްގެ ސެކްރެޓޭރިއޭޓުގައި ހުއްޓި، ސަލާދީބު ސަލާމަތީ ކައުންސިލަށް ފޮނުވިފައި ނުވާނަމަ، އެ ޤަރާރަކީ ދާއިރާއެއްގެ އަންހެނުންނަށް އަސަރުކުރާ ޤަރާރެއްކަމަށް އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކު ފާހަގަކޮށްފިނަމަ، ކައުންސިލުން ނިންމުމެއް ނިންމަންދެން، އެ ޤަރާރު ފޮނުވުން ހުއްޓުވުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މި ޙާލަތުގައި، ކައުންސިލުގެ ޖަލްސާއަކަށް ގޮވާލުމުގެ ބާރުވެސް އެ މެންބަރަކަށް ލިބިގެންވެއެވެ. މިގޮތުން ޤަރާރެއް ފޮނުވުން ހުއްޓުވާ މުއްދަތުގައި، މި އުސޫލުގެ 29 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތު ނުހިނގާނެއެވެ.

  • (ރ)

    މި ނަންބަރުގެ (ހ) ނުވަތަ (ނ) ގެ ދަށުން ކައުންސިލުގައި ނަގާ ވޯޓުގައި، ކައުންސިލުގެ ހުރިހާ މެންބަރުން އެއްބަސްވެ ވީޓޯ ކުރުމަށް، ނުވަތަ އެ ކަމަށް ތާއީދުކުރުމަށް، ނުވަތަ ތާއީދުނުކުރުމަށް ވޯޓުދީފިނަމަ، ސަލާދީބު ކޮންގްރެސްއިން ފާސްކުރަމުންދާ، ބަޙުޘްކުރަމުންދާ ނުވަތަ ފާސްކޮށްފައިވާ އެ ބިލު، ޤަރާރު ނުވަތަ މައްސަލަ، ކައުންސިލުގެ ނިންމުމަށް ތާއީދުގައި ދޫކޮށްލަން ޖެހޭނެއެވެ.

  • (ބ)

    މި ނަންބަރުގެ (ރ) ގެ ދަށުން ކައުންސިލުން ނިންމައިފިނަމަ، ކައުންސިލުގެ ޗެއާރވުމަން، ޑެޕިއުޓީ ޗެއާރވުމަން ނުވަތަ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓަކު، ސަލާދީބު ކޮންގްރެސްގެ ޖަލްސާގައި ކައުންސިލުގެ ބަޔާނެއް އިއްވަން ޖެހޭނެއެވެ. އެ ބަޔާނުގައި، އެ ބިލު، ޤަރާރު ނުވަތަ މައްސަލަ ހުއްޓާލުމަށް، ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލަށް ގޮވާލަން ޖެހޭނެއެވެ.

  • (ޅ)

    މި ނަންބަރުގެ (ބ) ގައިވާ ބަޔާން ތައްޔާރުކޮށް އިއްވާން ޖެހޭނީ، މި ޖަދުވަލުގެ ނިމުމުގައި ހިމަނާފައިވާ "ކައުންސިލުގެ ބަޔާނުގެ ނަމޫނާ" އާ އެއްގޮތަށެވެ.

  • 13.

    އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ މަސައްކަތްތަކަކީ ތިރީގައިވާ ކަންކަމެވެ.

  • (1)

    ދިވެހިރާއްޖޭގެ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރުން؛

  • (2)

    ޤައުމީ ނިންމުންތަކާއި، ސަލާދީބު ސަލާމަތީ ކައުންސިލުގެ ސެކްޜަންތަކުގެ މަސައްކަތްތަކުގައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުން؛

  • (3)

    އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަށް މަސައްކަތްކުރުން؛

  • (4)

    ދާއިރާތަކުގެ އަންހެން ރައްޔިތުންގެ ޚިޔާލު ހޯދުމަށް، ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުން؛

  • (5)

    އަންހެނުންނަށް އަސަރުކުރާ ގޮތުން ސަލާދީބު ކޮންގްރެސްއަށް ހުށަހެޅޭ ކަންކަން ދިރާސާކޮށް، ކޮންގްރެސްއަށް ޚިޔާލާއި ލަފާ ހުށަހެޅުން؛

  • (6)

    އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުން؛

  • (7)

    އަންހެނުންގެ ލީޑަރޝިޕް ތަރައްޤީކުރުމަށް، ތަމްރީނުތަކާއި ޕްރޮގްރާމުތައް ރާވައި ހިންގުން؛

  • (8)

    ކޮންމެ ދަޢުރެއް ނިމުމުން، ކައުންސިލުގެ މަސައްކަތުގެ ރިޕޯޓެއް ސަލާދީބު ކޮންގްރެސްއަށް ހުށަހެޅުން.

  • 14.

    ސަލާދީބު ކޮންގްރެސްގެ ޖަލްސާތަކުގައި ކައުންސިލަށް ޚިޔާލު ފާޅުކުރެވޭނީ، ޖަލްސާގެ ރިޔާސަތުން ގޮވާލުމުން ނުވަތަ ފުރުޞަތު ދިނުމުންނެވެ. މި ޖަދުވަލުގެ 12 ވަނަ ނަންބަރުގައިވާ ޙާލަތްތައް ފިޔަވައި، ކައުންސިލުގެ މަޤާމުތަކުން، ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލުގެ ނިންމުމެއް ބާޠިލެއް ނުކުރެވޭނެއެވެ.

  • 15.

    ކައުންސިލުގެ ޖަލްސާތައް ބާއްވަން ޖެހޭނީ، މި އުސޫލުގެ 32 ވަނަ މާއްދާއާ އެއްގޮތަށެވެ. އެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ޗެއާރވުމަނެވެ. ޗެއާރވުމަން ނެތް ޙާލަތެއްގައި، ރިޔާސަތު ބަލަހައްޓަން ޖެހޭނީ ޑެޕިއުޓީ ޗެއާރވުމަނެވެ.

  • 16.

    އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ މެންބަރުކަމުގެ ސަބަބުން، މެންބަރުންނަށް ވަކި އިނާޔަތެއް ނުލިބޭނެއެވެ.

އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުން އިއްވާ ބަޔާނުގެ ނަމޫނާ

އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލް ސަލާދީބު ކޮންގްރެސް، މާލެ، ދިވެހިރާއްޖެ.

ނަންބަރު: SC-NWEP/BYN/Year/Index

ބަޔާން

ޢިއްޒަތްތެރި ގަވަރުނަރަށާއި، ޑެޕިއުޓީ ގަވަރުންނަށާއި، ވައިސް ޑެޕިއުޓީ ގަވަރުނަރުންނަށް،

ސަލާދީބު ކޮންގްރެސްގައި [ވޯޓަށް އަހަމުންދާ / ބަޙުޘްކުރަމުންދާ / ފާސްކުރަމުންދާ / ފާސްކޮށްފައިވާ] "[ބިލު، ޤަރާރު ނުވަތަ މައްސަލައިގެ ނަން]" އަކީ، [ދާއިރާގެ ނަން] ގެ އަންހެނުންނަށް އަސަރުކުރާ ކަމެއްކަމަށް، [ތާރީޚު] ގައި، އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ [މަޤާމު]، [ނަން] ފާހަގަކުރައްވާފައިވެއެވެ.

އެ ކަމާ ގުޅިގެން، [ތާރީޚު] ގައި ބޭއްވި ކައުންސިލުގެ ޖަލްސާގައި ނެގި ވޯޓުގައި، ކައުންސިލުގެ ޖުމްލަ [އަދަދު] މެންބަރުން އެއްބަސްވެ، އެ [ބިލަށް / ޤަރާރަށް / މައްސަލައަށް] [ވީޓޯ ކުރުމަށް / ތާއީދުކުރުމަށް / ތާއީދުނުކުރުމަށް] ވޯޓުދީފައިވެއެވެ.

ކައުންސިލުން މި ނިންމުން ނިންމީ، ތިރީގައިވާ ސަބަބުތަކާ ހުރެއެވެ.

  • (1)

    [ސަބަބު]؛

  • (2)

    [ސަބަބު].

މި ސަބަބުތަކަށްޓަކައި، ސަލާދީބު ކޮންގްރެސް އެކުލަވާލުމާއި ހިންގުމުގެ އުސޫލުގެ ޖަދުވަލު 6 ގެ 12 ވަނަ ނަންބަރުގެ (ރ) އާއި (ބ) ގެ ދަށުން، އެ [ބިލު / ޤަރާރު / މައްސަލަ] ހުއްޓާލައި، ކައުންސިލުގެ ނިންމުމަށް ތާއީދުގައި ދޫކޮށްލެއްވުމަށް، ސަލާދީބު ކޮންގްރެސްގެ ރިޔާސަތުގެ ޕެނަލަށް، އަންހެނުން ބާރުވެރިކުރުމުގެ ޤައުމީ ކައުންސިލުން ގޮވާލަމެވެ.

އިޚުތިރާމު ޤަބޫލުކުރެއްވުން އެދެމެވެ.

ހިޖުރީ ތާރީޚު މީލާދީ ތާރީޚު

ކައުންސިލުގެ ފަރާތުން

(ސޮއި)

ނަން މަޤާމު

(ކައުންސިލުގެ ރަސްމީ ސިއްކަ ހުރުން މަޖުބޫރު)

ޝުކުރިއްޔާ.

26 ރަބީޢުލް އާޚިރު 1448 07 އޮކްޓޫބަރު 2026