The CSA Gazette
CSA GazetteVolume 2 · Number 811 Sept 2026CSA/G2-8

Press release · SSC(PR)/02/PLC/08

ނޫސް ބަޔާން

މި ކައުންސިލުގެ ޕަބްލިކް ޓްރާންސްޕޭރެންސީ ކެމްޕެއިންގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް އާންމު ކުރުމާއި ގުޅޭ

ސަލާދީބު ސަލާމަތީ ކައުންސިލުން ކުރިޔަށް ގެންދަމުންދާ ޕަބްލިކް ޓްެރާންސްޕޭރެންސީ ކެމްޕެއިނުގެ ދަށުން، މި ކައުންސިލުގެ ހިންގާ ކޮމިޓީގެ ނިންމުމަކާއި ގުޅިގެން މި ކައުންސިލުން ފޯރުކޮށްދެމުންދާ އޮންލައިން ނުވަތަ ސުމޭކީ (Digital) ޚިދުމަތްތަކަށް ބަދަލު ތަކާއި އައު ޚިދުމަތްތައް އިފްތިތާޙު ކުރުމާއި ގުޅޭ ގޮތުން މި ބަޔާން ނެރެމެވެ.

މި ކައުންސިލުގެ ވަޒީރުންގެ ލަފާދޭ ބޯޑުގެ ލަފަޔަކާއި ގުޅިގެން، މި ކައުންސިލުގެ މާލީ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ތިރީގައިވާ މަޝްރޫޢުތަކަށް ވަނީ ބަޖެޓު ކަނޑައަޅާ އިންސައްތައިން ކޮންމެ މަޝްރޫޢުއަކަށް ބަޖެޓު ފާސްކޮށްފައެވެ. މި އިންސައްތަ ނަގާފައިވާނީ މި ކައުންސިލުގެ ބަޖެޓުގެ ވަކި އިންސައްތަޔަކުން މި އިދާރާގެ މުޖުތަމަޢުގެ ގުޅުންތަކާއި ވިލަރެސް ޑިވިޜަންއަށް ކަނޑައަޅުއްވާ، މި ޑިވިޜަންގެ އެގްޒެކެޓިވް މެމްބަރުގެ ލަފަޔާއި އެކީ "މުޖުތަމަޢުގެ ގުޅުންތަކާއި ވިލަރެސް ފަންޑް"އަށް ފުދޭނެ ވަރަކަށެވެ. މި ދެންނެވި އިންސައްތަ އާންމު ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ކެމްޕެއިނުގެ ދަށުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތައް

  • 1.

    ކައުންސިލުގެ ވެބްސައިޓް ރީބްރޭންޑްކޮށް މައިސަލާދީބް (MySalaadheeb) ގެ ނަމުގައި ޕޯޓަލް އެއް އުފެއްދުން

  • 2.

    ކައުންސިލުން އާންމު ކުރާ އިޢުލާންތަކާއި ނޫސް ބަޔާންތައް ފަސޭޙަކަމާއި އެކީ ހޯދޭނެ ނިޒާމު އައު ވެބްސައިޓުން ފޯރުކޮށްދިނުން

  • 3.

    ކައުންސިލުގެ އެޑްމިނިސްޓްރޭޝަން ސިސްޓަމް ބަދަލުކޮށް "ވެހި" ނަމުގައި މި ކައުންސިލުގެ އަމިއްލަ ސިސްޓަމެއް ތަޢާރަފު ކުރުން

  • 4.

    ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުގެ އެންމެހާ ބޭފުޅުންނަށް ނޫސް ބަޔާން ވަކި ޓެމްޕްލޭޓް އަކަށް ޖެނެރޭޓް ވެވޭނެ ނިޒާމު "ވެހި"ގައި އުފެއްފުން

  • 5.

    ކައުންސިލުގެ ހިއުމަން ރިސޯސަސް ޑިވިޜަން އިން މުވައްޒަފުން ބެލެހެއްޓުމަށް ފަސޭޙަ ވާނޭހެން ވެހިގެ މޮޑިއުލް އެއް އުފެއްދުން

  • 6.

    މައިސަލާދީބުން އާންމު ފަރުދުންނަށް ދިވެހިރާއްޖޭގެ ވަންގޮވް ނުވަތަ އީފާސް މެދުވެރިކޮށް ތަފާތު އެޕްލިކޭޝަން ތަކާއި ޕޯޓަލްތައް ބޭނުން ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުން (ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ، މޯލްޑިވްސް ޑިޖިޓަލް ސާވިސް އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ގުޅިގެން ހިންގާ މަޝްރޫޢުއެއް)

  • 7.

    ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީގެ އޮންލައިން ޚިދުމަތްތައް އިފްތިތާޙުކޮށް އެ ޚިދުމަތްތައް މައިސަލާދީބުން ފޯރުކޮށްދިނުން

  • 8.

    ސީއެސްއޭގެ ބަޔާންތަކާއި އިޢުލާންތަކާއި ނިއުސްލެޓާތަކަަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މައިސަލާދީބުން ފޯރުކޮށްދިނުން

  • 9.

    މައިސަލާދީބު އެޕްލިކޭޝަން ތަޢާރަފު ކުރުންް

  • 10.

    ކައުންސިލުގެ ފަންނިއްޔާތާއި އާންމު ހާމަކުރުންތަކާއި އަދާއިހަމަ ކުރުމުގެ ސިޔާސަތާއި ޤަވާއިދު އުފެއްދުން

މަތީގައި ދަންނަވާފައިވާ ހުރިހާ މަޝްރޫޢުތަކަކީ މި ކައުންސިލުގެ ތިރީގައިވާ ސެކްޝަންތަކާއި އެ ސެކްޝަންތަކުގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވުންގެ ލަފަޔާއި އެކީ ކުރިޔަށް ގެންދާ މަޝްރޫޢުތަކެވެ.

ޙުސައިން ނިޔާޒް ޢަބްދުﷲ، ޑިޖިޓަލް ނިޒާމުތަކާއި އީޖާދުތެރިކަމާއި ބެހޭ ސެކްޝަން ޢަބްދުﷲ ފަޔާޟް ޔޫސުފް، ޙައްސާސް ބިނާރާއި ޚިދުމަތްތައް ދެމެހެއްޓުމާއި ބެހޭ ސެކްޝަން ޙަސަން މުއާޛް ޒާހިރު، ވެރިކަން ހިންގުމާއި މުއައްސަސާތަކުގެ ސާބިތުކަމާއި ބެހޭ ސެކްޝަން

މި ބަޔާނުގައި އެއްވެސް މައްސަލައެއް ނުވަތަ ތިޔަ ފަރާތުގެ އެއްވެސް ޝަކުވާއެއްވާނަމަ publicrelations@ssc.mv.csa އަށް މެއިލް ކުރައްވާ ޝަކުވާ ހުށަހެޅެއްވުމަށް ދަންނަވަމެވެ.

29 ރަބީޢުލް އައްވަލް 1448 11 ސެޕްޓެމްބަރު 2026

އާދަމް ޞާލިޙް ރަޝީދު

އެގްޒެކެޓިވް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސީނިޔާރ މެނޭޖުމަންޓު ޓީމު، ސަލާދީބު ސަލާމަތީ ކައުންސިލް